Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީހަކު ރަހީނު ކުރި މައްސަލަ

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލަ: 4 މީހުން ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި

އަހުމަދު ޒާހިދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 13:44
ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން

ހިޔާ ފްލެޓު އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހުން ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން 12 ފިރިހެނުން ހައްޔަރުކޮށްފައިވަނީ 9 ނޮވެންބަރު 2024ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން 5 މީހަކު 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، ބާކީ ތިބި 7 މީހުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބަންދުގެ މުއްދަތު އާދިއްތަ ދުވަހަށް ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ދެވަނަ ފަހަރަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ. އެގޮތުން އަހުމަދު ޒާހިދު (36އ) ދަންމަރު، ށ.ފޯކައިދޫ، 5 ދުވަހަށް، އަލްމާން އަލީ ޚާލިދު (22އ) ވެހި، ގދ.ވާދޫ، އިޒާން އަހްމަދު (18އ) ޒުނައިޓްވިލާ، ކ.ގުރައިދޫ އަދި މުހައްމަދު އިޒްކާން (18އ) މ.ހަތިކަނޑު، މާލެ 8 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ބާކީތިބި 8 މީހުން ވެސް ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމަރުކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރިކަމުގެ ރިޕޯޓު ލިބިފައިވަނީ 7 ނޮވެންބަރު 2024 ވީ ބުރާސްފަތި ދުވަހުގެ ރޭ 19:40 ހާއިރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހުރީ ހިޔާ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ކަން އެނގުމުން ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓްގެ ދޮރު ވައްޓާލައިގެން ފުލުހުން އެތަނަށް ވަދެ އެމީހާ ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރަހީނު ކުރި މީހާ ސަލާމަތްކުރި އިރު އެމީހާގެ ބޯ ބާލާފައިވާ ކަމަށާއި އަދި ސީނަށް ފުލުހުން ދިޔައިރު އޭނާގެ އިނގިލިތައް ބުރިކޮށްލުމަށް 12 މީހުންގެ ގޭންގުން ދިޔައީ ތައްޔާރުވަމުން ކަމަށެވެ. އަދި އެހެން ޖިސްމާނީ އަނިޔާއެއް ރަހީނުކޮށްފައި ހުރި މީހާއަށް ލިބިފައިވާ ކަން ފާހަގަނުވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މީހަކު ރަހީނުކުރުމުގައި އިސްކޮށް އުޅެނީ 65 މުހައްމަދު ސަލީމް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. 13 ނޮވެންބަރު 2024 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އޭނާއަކީ ކުށުގެ ރިިކޯޑު އޮންނަ މީހެކެވެ. ސްޕްރިންޑެންޓެޑް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މި މީހާއަކީ އުމުރުދުވަހަށް ޖަލަށްލާފައިވާ މީހެއް ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މަސްތުވާތަކެތީގެ ޑައިނޯމިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ދައުވާކުރެވި 17 މާރޗް 2019 ގައި ސާބިތުވާކަމަށް ކަނޑައަޅާ އުމުރުދުވަހަށް ޖަލަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހުކުމް 6 އޮކްޓޯބަރ 2022 ގައި ހައިކޯޓުން ދަމަހައްޓާފައިވާ އިރު، މި މައްސަލައިގެ ހުކުމް ތަންފީޒްކުރަމުން ދަނިކޮށް 2021 ޖުލައި 8 ވަނަ ދުވަހު މީނަވަނީ ގޭބަންދަށް ބަދަލުކުރެވުނު ކަމަށެވެ. އަދި 2023 ވަނަ އަހަރު ޑައިނޯމިކް ޓްރެފިކްކުރުމުގެ އިތުރު މައްސަލައެއްގައި ހުޅުމާލޭ ކޯޓުގައި މިހާރުވެސް ޝަރީއަތް ހިނގަމުންދާކަމަށް ނާހިދު ވިދާޅުވިއެވެ.

ހިޔާ ފްލެޓްމީހަކު ރަހީނު ކުރުން މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު