Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީގެ މައްސަލަ

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިން މައްސަލަ އޭސީސީ އަށް

ހުޅުމާލޭގެ 1.3 މިލިއަން އަކަފޫޓުގެ ލަގުޒަރީ ހައުސިން މަޝްރޫޢަށް އެކްސްޕްރެސް އޮފް އިންޓަރެސްޓު ހުށަހެޅުމަށް އެންމެ 6 ދުވަހުގެ މުހުލަތު ދިނުމުން މިއީ ވަކިބަޔަކަށް ދޫކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވިގެން އެންޓިކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި ވެ އެވެ. މިވަރުގެ ބޮޑު ޕްރޮޖެކްޓަކަށް 6 ދުވަހުގެ މުއްދަތުގައި ފަންނީ ދިރާސާތަކާއި ފައިނޭންޝަލް މޮޑެލް ތައްޔާރުކުރުމަކީ މުސްތަހީލު ކަމެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 10:12
ހޯމް މިނިސްޓްރީގެ ކުރީ ގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ހޯމް މިނިސްޓްރީގެ ކުރީ ގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ހުޅުމާލޭ ގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓު ގެ ބޮޑު ބިމެއް ގައި ލަގުޒަރީ ހައުސިން މަޝްރޫޢެއް ހިންގުމަށް، ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން އިން ހުޅުވާލާފައިވާ އިރު  ވަކިބަޔަކަށް މިމަޝްރޫޢު ދިނުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭތީ އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހުށަހަޅައިފި އެވެ. 

އެ މައްސަލަ ހުށަހެޅުއްވީ ހޯމް މިނިސްޓްރީގެ ކުރީ ގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީ ގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

Advertisement - newsAdvertisement

މިމަޝްރޫޢު ހިންގާނެ ބަޔަކު ހޯދުމު ގެ ނަމުގައި އެކްސްޕްރެސް އޮފް އިންޓަރެސްޓު ހުށަހެޅުމަށް ދީފައިވަނީ އެންމެ 6 ދުވަހު ގެ މުޙުލަތެވެ. އެހެންކަމުން 6 ދުވަހު ގެ މުޙުލަތު ގެ ސުންގަޑިއަކީ މިހިނގާ ޑިސެމްބަރ މަހު ގެ 25 ވަނަ ދުވަހު ގެ މެންދުރު 12:00 އަށެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެ އިން ލަގުޒަރީ ހައުސިން މަޝްރޫޢެއް ހިންގުމަށް ދޫކުރާ އެންމެ ބޮޑު ބިން ކަމަށް ވާއިރު މިވަރު ގެ ބޮޑު ބިމެއްގައި މިފަދަ ބިޔަ ހައުސިން މަޝުރޫޢެއް ހިންގުމަށްރު އެކަށީގެންނުވާ މުއްދަތެއް ދީފައި ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން މިއީ ދައުލަތު ގެ މުދަލަށް އިޙުމާލުވުމާއި އަދި ކޮރަޕްޝަން އެކުލެވިފައިވާކަން ދަލާލާތު ކޮށްދޭ ކަމެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

" އެހެނީ، މިފަދަ މަޝްރޫޢުތައް ހިންގާ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަމުން އެދަނީ، އެންމެ 6 ދުވަސް ތެރޭގައި މިވަރު ގެ ބޮޑު މަޝްރޫޢެއް ގެ ފަންނީ ދިރާސާތައް ހަދާ ފައިނޭންޝަލް މޮޑެލްތަކާއި އެކީ ބިޑު ޑޮކިއުމެންޓު ތައްޔާރު ކުރުމަކީ މުސްތަޚީލު ކަމަކަށް ވާތީ. މިގޮތަށް އަވަސް އަރުވާލައިގެން، މިފަދަ ކަންކަމުގައި ޢަމަލުކުރާ ޢިޖުރާއަތްތަކާއި އުޞޫލުތަކާއި ޚިލާފަށް، ހުޅުމާލޭ ގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން 1.3 މިލިއަން އަކަފޫޓު ގެ ބިމެއް ވައްކަމާއި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ދޫކުރުމުން އިޢާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ދައުލަތަށް ވޭ." ސަލީމް ވިދާޅުވި އެވެ.

 ވަކިފަރާތަކަށް މިބޮޑު ޕުރޮޖެކުޓު ގެ ފުރުސަތު ލިބުމުން، ބިމު ގެ އެންމެ އެކަށީގެންވާ އަގު ދައުލަތަށް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  މީގެ އިތުރުން، ބައިނަލްއަގުވާމީ އިންވެސްޓަރުން ރާއްޖޭގެ މާކެޓަށް އޮންނަ އިތުބާރު ގެއްލިގެން މިދަނީ ވެސް މިފަދަ ކަންކަމު ގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެެވެ.

ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަކަންތައްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، މިހާކުރު މުއްދަތެއްގައި މިވަރު ގެ ބިޔަ ހައުސިން ޕުރޮޖެކްޓެއް ކުއްލިއަކަށް އިޢުލާން ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ އެ މަޝްރޫ އަށް 6 ދުވަހު ގެ ކުރު މުއްދަތެއް ދިނުމުން، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމު ގެ މަޤުސަދު ގައި، ވަކިބަޔަކަށް މިމަޝްރޫޢު ޙަވާލުކޮށް މިކަމުން ނާޖާއިޒު ގޮތުގައި ފައިސާތަކެއް ހޯދަނީ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުން ސާފުކޮށް ފެންނާން އޮތީ ދައުލަތު ގެ މުދަލަށް ފާޅުގައި އިޙުމާލުވެ މަޤާމު ގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު މަންފާ ހޯދާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެންޓި ކޮރަޕްޝަން ކޮމިޝަންމާޒް ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

"ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިނީ ދުރާލާ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ފަހު"

"ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިނީ ދުރާލާ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ފަހު"

20 ޑިސެމްބަރު 2025
ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!

20 ޑިސެމްބަރު 2025
ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި

ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި

16 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު