Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025 | ހޯމަ 11:57

2024 ވަނަ އަހަރު 109 މިލިއަން ރުފިޔާ ގެ ގެއްލުމުގައި ނިންމައިލި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ދޭން ފަށައިފި. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން އާންމު ކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީ އަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 50 އިންސައްތަ ދަށް އަދަދެއް. އަދި މިދިޔަ އަހަރު އެޗްޑީސީ އަށް ސާފު ފައިދާ ގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 15 ޑިސެމްބަރު 2025 | ހޯމަ 11:57
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް.

އެޗްޑީސީ އޮފީސް ހުންނަ އިމާރާތް.

ނިމިދިޔަ 2024 ވަނަ އަހަރު 109 މިލިއަން ރުފިޔާ ގެ ގެއްލުމުގައި ނިންމައިލި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ދޭން ފަށައިފި އެވެ.

އެޗްޑީސީ އިން މިދިޔަ އަހަރު 10،000 ރުފިޔާ އަހަރީ ބޯނަހުގެ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންނަށް ދިނެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހަރު އެ ބޯނަސް ވަނީ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފަ އެވެ. އެގޮތުން މިފަހަރު ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ބޯނަހުގެ ގޮތުގައި 18،600 ރުފިޔާ ވަނީ ދޭން ފަށާފަ އެވެ.

Advertisement - newsAdvertisement

އެޗްޑީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެޗްޑީސީ އަށް ވަނީ 109 މިލިއަން ރުފިޔާ ގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެޗްޑީސީ އަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.5 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 50 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރު އެޗްޑީސީއަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބެ އެވެ.

މިދިޔަ އަހަރު ކުންފުނީގެ އާމްދަނީ 50 އިންސައްތަ ދަށްވެ، ގެއްލުމުގައި އަހަރު ނިންމާލި ހާލަތުގައި ބޯނަސް ދެގުނަ ބޮޑުކުރުމުން ގިނަ ފަރާތްތަކަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެޗްޑީސީ ގެ ފަރާތުން ބުނީ ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީބޯނަސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް