Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އެޗްޑީސީ

"ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް ދިނީ ދުރާލާ ވަކި ބަޔަކަށް މައުލޫމާތު ދިނުމަށް ފަހު"

ހުޅުމާލޭގެ 1.3 މިލިއަން އަކަފޫޓުގެ ބިމުގައި ލަގްޒަރީ ހައުސިން މަޝްރޫއުއަކަށް އެޗްޑީސީން ކުރި އިއުލާނަކީ ސަރުކާރުން ބޭނުންވާ ބަޔަކަށް ދިނުމަށް، ވަކި ބަޔަކަށް ދުރާލާ މައުލޫމާތު ދީގެން ކުރި ކަމެއް ކަމަށެވެ. އެޗްޑީސީން މިފަދައިން އަމަލު ކުރުމާއި އެކު ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އެޗްޑީސީ އަށް ވަނީ އަމާޒުވެފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޑިސެމްބަރު 2025 | ހޮނިހިރު 18:22
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިޔަ ބިމެއްގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރީ، ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަޝްރޫއު ދޭން މަގުފަހިކޮށް ދިނުމަށް، ދުރާލާ ވަކި ބަޔަކަށް އެ މައުލޫމާތު ދީގެން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް އެފަދައިން ވިދާޅުވީ ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހާރު ހުރިހާ މުއައްސަސާ އެއް އޮތީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ އަތްދަށުގައި ކަމަށާއި އެހެން ނަމަވެސް މުއައްސަސާތައް އަތްދަށު ލެވުމަކީ ޤައުމުގެ ކޮންޓްރޯލް ރައީސް އަށް ލިބޭނެ ކަމެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. ޔައުގޫބު ވިދާޅުވީ، އެހެން ނަމަވެސް އެޗްޑީސީ ހިންގަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށާއި ކުންފުނީގެ ހުރިހާ ރިސޯސްތަކެއް ވައްކަމަށް ދީލާލާތަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަ ރަށެއްގެ ސައިޒުގެ ބިމެއް އެޗްޑީސީ އިން އިއުލާން ކުރީ ސަރުކާރުން ބޭނުންވާ ބައެއް ނޫން އެހެން އެއްވެސް ބަޔަކަށް އެ ބިމަށް ކުރިމަތި ނުލެވޭ ގޮތަށް ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އެވަރުގެ ބޮޑު ބިމަކަށް ހުށަހަޅާ އިރު ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް މަހެއް ހާ ދުވަސް ހޭދަވާނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

"ވަކިބަޔަކަށް ބޭނުންވާ މައުލޫމާތު ދީ ހުރިހާ ކަމެއް ތައްޔާރުކޮށް ނިމުނީމަ މި އިއުލާން ކުރީ. ހަގީގަތުގައި މިއަދަކީ އޭސީސީ ޒިންމާ އަދާ ނުކޮށް ފެއިލްވީ އަނެއް ދުވަސް. އޮޑިޓަރ ޖެނެރަލް ވެސް ރަނގަޅަށް މަސައްކަތް ކުރާ ނަމަ މިކަން ހުއްޓާލަން އަންގާނެ." ޔައުގޫބް ވިދާޅުވި އެވެ. 

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މިއީ މިހާތަނަށް ހުޅުމާލެއިން ލަގްޒަރީ ހައުސިންގ މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއު އަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ.

އެޗްޑީސީން މިފަދައިން އަމަލު ކުރުމާއި އެކު  ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އެޗްޑީސީ އަށް ވަނީ އަމާޒުވެފަ އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ޔައުގޫބު އަބްދުﷲލަގްޒަރީ ހައުސިން މަޝްރޫއު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!

20 ޑިސެމްބަރު 2025
ހުޅުމާލޭ ގައި ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގާނެ ބަޔަކު ހޯދަން 6 ދުވަސް، ދައުލަތުގެ މުދަލަށް އިހުމާލުވަމުންދާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް!
16 ޑިސެމްބަރު 2025

ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި

16 ޑިސެމްބަރު 2025
ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތް ތައާރަފު ކޮށްފި
15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު