Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ރައީސް ވައުދުވި ފައިސާ ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފަޒުލް

28 ނޮވެމްބަރު 2023 | އަންގާރަ 18:00

ފަޒުލް ވިދާޅުވީ އެ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ނޮވެމްބަރު 2023 | އަންގާރަ 18:00
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ހިޔާ ފުލެޓުގެ ފިނިޝިންގ މަސައްކަތް ނިންމަން ހަރަދުކުރި ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހެއްގައި އެފައިސާ ނުދޭން ނިންމިކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް "އެކްސް" އަށް ޕޯސްޓްކުރައްވާ އަރބަންކޯ އާ އަލަށް ހަވާލުވެވަޑައިގެންނެވި އެމްޑީ ވިދާޅުވީ އެޚަބަރަކީ ދޮގު ޚަބަރެއްކަމަށެވެ. ފަޒުލު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރައްވަމުން ކޮންމެ ފްލެޓަކަށް 200،000 ރުފިޔާ ދޭން ބަޖެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ، އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ހުޅުމާލޭ ހިޔާ ސަރަހައްދުގައި ސެޕްޓެމްބަރ 13 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި އިމާރާތްތަކަށް މީހުން ވައްދަން ނިންމާފައި އޮތީ އިމާރާތް ފިނިޝިން ނިންމުމަށްފަހު އެވެ. ނަމަވެސް މި ސަރުކާރުން އެތަން ދިނީ ފިނިޝިން މަސައްކަތް ނުނިންމައެވެ. އެހެން ދިނުމުން އެތަނަށް ބަދަލުވީ މީހުން އަތުން ވަރަށް ބޮޑު ހޭދައެއް ހިނގާފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ރައީސް ކަމަށް އާދެވިއްޖެނަމަ އެ ފައިސާ އަނބުރާ ދެއްވާނެކަމަށެވެ.

"އެވްރެޖު އަގެއް، އިރާދަކުރެއްވިއްޔާ ދެ ލައްކަ ރުފިޔާ، އެހާކަށްހާވަރު ކޮސްޓުން ކަނޑައިދޭނަން،" ރައީސް އޭރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓެއް ލައިދެއްވާ އެތަނުގައި އެކި ހިދުމަތްތައް ގާއިމުކޮށްދެއްވާ، އެ ތަނަކީ އުޅެން ހިތްފަސޭހަ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

ހިޔާ ފްލެޓް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2024

ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލަ: 4 މީހުން ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި

17 ނޮވެމްބަރު 2024
ހިޔާ ޓަވަރުގައި މީހަކު ރަހީނުކުރި މައްސަލަ: 4 މީހުން ފިޔަވައި ދެން ތިބި އެންމެން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި
07 ޑިސެމްބަރު 2023

ހިޔާ ޓަވަރެއްގައި މީހަކަށް ހަމަލާދީނީ އާއިލީ މައްސަލައެއްގެ ތެރެއިން، މީހަކު ހައްޔަރުކޮށްފި

07 ޑިސެމްބަރު 2023
ހިޔާ ޓަވަރެއްގައި މީހަކަށް ހަމަލާދީނީ އާއިލީ މައްސަލައެއްގެ ތެރެއިން، މީހަކު ހައްޔަރުކޮށްފި
07 ޑިސެމްބަރު 2023

ހިޔާ ފްލެޓެއްގައި މީހަތަކަށް ތޫނު އެއްޗަކުން ހަމަލާދީފި

07 ޑިސެމްބަރު 2023
ހިޔާ ފްލެޓެއްގައި މީހަތަކަށް ތޫނު އެއްޗަކުން ހަމަލާދީފި
07 އޮކްޓޯބަރު 2023

ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

07 އޮކްޓޯބަރު 2023
 ހިޔާ ފްލެޓުން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
06 އެޕްރީލު 2023

ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

06 އެޕްރީލު 2023
ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
10 ސެޕްޓެމްބަރު 2022

ސެޕްޓެމްބަރ 29ގެ ކުރިން އެއްބަސްވުމުގައި ސޮއިނުކުރާނަމަ ހިޔާ ފްލެޓް އަތުލަނީ

10 ސެޕްޓެމްބަރު 2022
ސެޕްޓެމްބަރ 29ގެ ކުރިން އެއްބަސްވުމުގައި ސޮއިނުކުރާނަމަ ހިޔާ ފްލެޓް އަތުލަނީ
05 އޯގަސްޓު 2022

ހިޔާ ސަރަހައްދުގައި އަޅާ ޕްރީސްކޫލްގެ މަސައްކަތް މިމަހުގެ 15 އަށް ނިންމަނީ

05 އޯގަސްޓު 2022
ހިޔާ ސަރަހައްދުގައި އަޅާ ޕްރީސްކޫލްގެ މަސައްކަތް މިމަހުގެ 15 އަށް ނިންމަނީ
11 އެޕްރީލު 2022

ހިޔާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ބާރުއަޅާ މައްސަލާގައި އެޗްޑީސީގެ އިންޒާރެއް

11 އެޕްރީލު 2022
ހިޔާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ބާރުއަޅާ މައްސަލާގައި އެޗްޑީސީގެ އިންޒާރެއް
19 ޖެނުއަރީ 2022

އެންމެ ފަހުން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތުންވެސް ނެގީ ނާޖާއިޒް ފައިދާ

19 ޖެނުއަރީ 2022
އެންމެ ފަހުން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތުންވެސް ނެގީ ނާޖާއިޒް ފައިދާ
31 ޑިސެމްބަރު 2021

ހިޔާ ފްލެޓްގެ ފިނިޝިންގއަށް ދިން އިތުރު ތިން މަސް ތެރޭގައި މަސައްކަތް ނުނިމޭނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ސުހައިލް

31 ޑިސެމްބަރު 2021
ހިޔާ ފްލެޓްގެ ފިނިޝިންގއަށް ދިން އިތުރު ތިން މަސް ތެރޭގައި މަސައްކަތް ނުނިމޭނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ: ސުހައިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް