Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމަންސް ކާވާ ކަޕް

ކިރްގިސްތާން ބަލިކޮށް، އެއް ވަނައިގައި ރާއްޖެ ސެމީ ފައިނަލަށް

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ރާއްޖެ އިން ނިކުންނާނީ ބަަންގްލަދޭޝްއާ ދެކޮޅަށް. ދެ ވަނަ ސެމީ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ކިރްގިސްތާން އާއި އަފްޣާނިސްތާން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2025 | އަންގާރަ 04:12
މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ކަޕްގައި ރާއްޖެ އިން ކުޅުނު ތިން ވަނަ މެޗުގައި ކިރްގިސްތާންގެ މައްޗަށް ވެސް ކުރި ހޯދައިފި އެވެ.

ހަތަރު ޤައުމު ވާދަކުރާ މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާންގެ މައްޗަށް ވެސް ސީދާ ތިން ސެޓުން ކުރި ހޯދިއިރު، ރާއްޖެ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގު ބުރުގެ ތިން ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ރާއްޖެ އިން ނިކުތީ ކިރްގިސްތާނާ ދެކޮޅަށެވެ. ކިރްގިސްތާން އިން ވެސް ވަނީ ބަންގްލަދޭޝް އަދި އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާން އިން ކާމިޔާބު ކުރީ 25-15 އިންނެވެ. ނަމަވެސް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ޖެހިގެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު 23-25 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށް ރާއްޖެ އިން ސެޓުގެ ގޮތުން ހަމަހަމަ ކުރި އެވެ.

ޖެހިގެން ކުޅުނު ތިން ވަނަ ސެޓާއި، ހަތަރު ވަނަ ސެޓުގައި ރާއްޖެ އިން ވަނީ ހިތްވަރުކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ތިން ވަނަ ސެޓު 19-25 އަދި ހަތަރު ވަނަ ސެޓު 22-25 އިން ކާމިޔާބުކޮށް ރާއްޖެ އިން ވަނީ މެޗުން މޮޅުވެފަ އެވެ. މިއާ އެކު، މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ އިން ދަތުރު ކުރީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ރާއްޖެ އިން ނިކުންނާނީ ބަަންގްލަދޭޝްއާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ކިރްގިސްތާން އާއި އަފްޣާނިސްތާން އެވެ. 

ރާއްޖެ އިން މިފަހަރުގެ މުބާރާތާ ކުރިމަތިލީ ރަން މެޑަލް ހޯދުމުގެ އަޒުމުގަ އެވެ. އެގޮތުން ރާއްޖެ އިން މުބާރާތުގައި މިހާތަނަށް ރަނގަޅު ނަތީޖާ ތަކެއް ނެރެފައިވާއިރު، ރާއްޖެ އިން މި ވަނީ މުބާރާތުގެ ރަން މެޑަލް ހޯދުމުގެ އުންމީދު ބޮޑު ކޮށްފަ އެވެ.

ކާވާވިމަންސް ކާވާ ކަޕްޤައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

22 ޑިސެމްބަރު 2025
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

21 ޑިސެމްބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު