Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާގެ އިންތިޚާބު

ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

5 ފެބުރުއަރީ 2024 | ހޯމަ 00:42

13 ޤައުމު ބައިވެރިވި އެ ޖަލްސާގައި، ކާވާގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކުރީ ޤައުމުތަކުގެ އިއްތިފާގުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ފެބުރުއަރީ 2024 | ހޯމަ 00:42
ކާވާގެ ރައީސްކަމަށް އިންތިޚާބު ކުރި ލަތީފް

ކާވާގެ ރައީސްކަމަށް އިންތިޚާބު ކުރި ލަތީފް

ސެންޓްރަލް އޭޝިއާ ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް އަނެއްކާ ވެސް ރާއްޖޭގެ މުޙައްމަދު ލަތީފް އިންތިޚާބު ކޮށްފި އެވެ.

ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށް ދިޔަ ކާވާގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި ވަނީ ކާވާގެ މެމްބަރު 13 ޤައުމަކުން ބައިވެރިވެފަ އެވެ. 13 ޤައުމު ބައިވެރިވި އެ ޖަލްސާގައި، ކާވާގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކުރީ ޤައުމުތަކުގެ އިއްތިފާގުންނެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރި ނުވާ ޤައުމަކީ އިންޑިއާ އެވެ. އެ ޤައުމުން ބައިވެރި ނުވީ، މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުންނެވެ.

ކާވާގެ އަހަރީ އާންމު ޖަލްސާގައި ވަނީ، އެ ޖަމިއްޔާގެ އެހެނިހެން އިސް މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. އެގޮތުން ފަސްޓް ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް އިންތިޚާބު ކުރީ، އިރާންގެ ވޮލީ ބޯޅަ ފެޑެރޭޝަންގެ ސީނިއާ އެޑްވައިޒަރު ޑރ.ޑަވަރުޖަން އެވެ. އަދި ސެންޓްރަލް އޭޝިއާގެ ނަައިބު ރައީސްކަމުގެ މަޤާމަށް އުޒްބެކިސްތާންގެ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ފަރުހޫދު އަލިމޯ އިންތިޚާބު ކުރިއިރު، ސައުތު އޭޝިއާގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ ނޭޕާލް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް ޖީޗެންދްރާ އެވެ. މީގެ އިތުރުން ވަނީ ބޯޑު މެމްބަރުން ވެސް އިންތިޚާބު ކޮށްފަ އެވެ.

ލަތީފް އަކީ މީގެ ކުރިން ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަން ވެސް ކުރައްވާފައިވާ ފަރާތެވެ. ކާވާގެ ރައީސްކަމުގައި ލަތީފްގެ ފުރަތަމަ ދައުރުގައި ވަނީ ކާމިޔާބު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ.

ކާވާމުޙައްމަދު ލަތީފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2024

އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި

31 އޯގަސްޓު 2024
އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
21 ޖުލައި 2024

ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

21 ޖުލައި 2024
ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް
28 ނޮވެމްބަރު 2023

ކާވާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ލަތީފް ވާދަކުރައްވަނީ

28 ނޮވެމްބަރު 2023
ކާވާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ލަތީފް ވާދަކުރައްވަނީ
22 މެއި 2023

ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް

22 މެއި 2023
ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް
20 މެއި 2023

ކާވާ ވޮލީ މުބާރާތަށް ގައުމީ އަންހެން ޓީމު ނޭޕާލަށް

20 މެއި 2023
ކާވާ ވޮލީ މުބާރާތަށް ގައުމީ އަންހެން ޓީމު ނޭޕާލަށް
13 ޑިސެމްބަރު 2022

ކާވާ 23 އަހަރުން ދަށުގެ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ ތުއްތުކޯ

13 ޑިސެމްބަރު 2022
ކާވާ 23 އަހަރުން ދަށުގެ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ ތުއްތުކޯ
04 ޖުލައި 2022

"ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!"

04 ޖުލައި 2022
"ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!"
31 ޖެނުއަރީ 2022

ލަންކާ ބީޗް ވޮލީ މުބާރަތަކީ ރޭންކިންގައި ކުރިއަށްދާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް: ލަތީފް

31 ޖެނުއަރީ 2022
ލަންކާ ބީޗް ވޮލީ މުބާރަތަކީ ރޭންކިންގައި ކުރިއަށްދާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް