Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިމަންސް ކާވާ ކަޕް

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

މެޗަށް ފަހު ވާހަކަ ދައްކަމުން ނަދީމްބެ ބުނެފައި ވަނީ، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، މެޗުގެ ނަތީޖާ އަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޑިސެމްބަރު 2025 | އާދީއްތަ 02:07
މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ކަޕްގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ. 

ރާއްޖޭގައި މުބާރާތް ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގެ ފުރަތަމަ މެޗުގައި ނިކުތީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ރާއްޖެ އިން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ރާއްޖެ އިން ކާމިޔާބު ކުރީ 25-18، 25-12 އަދި 25-16 އިންނެވެ. މެޗުގައި ރާއްޖެ އިން ވަނީ ޖުމުލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. 

މުބާރާތުގައި ރާއްޖެ އަށް އިރުޝާދު ދެމުން އަންނަނީ ތަަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީމް (ނަދީމްބެ) އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ނަދީމްބެ ބުނެފައި ވަނީ، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، މެޗުގެ ނަތީޖާ އަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ.

މީގެ އިތުރުން ނަދީމްބެ ބުނީ ރާއްޖެ އިން ފަށާފައި ވަނީ ވަރަށް ބުރަ ދަތުރެއް ކަމަަށެވެ. އެ ދަތުރުގެ ފުރަތަމަ މަންޒިލަކީ މުބާރާތުގެ ފުރަތަމަ މެޗު ކަމަށާއި، އެ މެޗުން މޮޅުވުމަކީ ހިތްވަރެއް ކަމަށް ނަދީމްބެ ބުންޏެވެ. އިތުރަށް ނަދީމްބެ ބުނީ މެޗުގައި ފެނުނީ ރާއްޖޭގެ ކުޅުންތެރިން އެކުވެގެން، އެއް ޓީމެއްގެ ގޮތުގައި ކުޅުނު މަންޒަރު ކަމަށެވެ. 

ހަމަ އެހެންމެ ކުޅުންތެރިންގެ ހުނަރު ވެސް ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށާއި، މެޗުގެ ކުރިން ދަސް ކުރި ކަންކަން މެޗުގައި ވަރަށް ރަނގަޅަށް ބޭނުން ކުރި ކަމަށެވެ. އެހެންކަމުން، މުބާރާތުގެ ދެ ވަނަ މެޗުގައި ވެސް އެ ފެންވަރުގެ ކުޅުމެއް ދައްކައި، އެ ހިތްވަރާ އެކު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ނަދީމްބެ ބުންޏެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން މުބާރާތުގައި ވާދަ ކުރަނީ އަފްޣާނިސްތާން އާއި ކިރްގިސްތާން އެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާން އިން ވަނީ ސީދާ ތިން ސެޓުން އަފްޣާނިސްތާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މުބާރާތުގައިި ރާއްޖޭގެ ދެ ވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނިކުންނާނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ.

ކާވާވިމަންސް ކާވާ ކަޕްގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
21 ޖުލައި 2024

ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

21 ޖުލައި 2024
ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް
05 ފެބުރުއަރީ 2024

ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

05 ފެބުރުއަރީ 2024
ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!
28 ނޮވެމްބަރު 2023

ކާވާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ލަތީފް ވާދަކުރައްވަނީ

28 ނޮވެމްބަރު 2023
ކާވާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ލަތީފް ވާދަކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު