Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާގެ އިންތިޚާބު

ކާވާގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ލަތީފް ވާދަކުރައްވަނީ

ކާވާގެ އިންތިޚާބު އޮންނާނީ ފްބެރުއަރީ މަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 06:55
ކާވާގެ ރައީސް މުޙައްމަދު ލަތީފް

ކާވާގެ ރައީސް މުޙައްމަދު ލަތީފް

ސެންޓްރަލް އޭޝިޔަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް އިއުލާނުކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ ކާވާގެ ރައީސްކަމަށް ކުރިއަށް އޮތް ދައުރުގައި ވެސް ވާދަކުރައްވަން ނިންމަވާ އެކަން ކާވާގެ މެންބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ކާވާގައި ހިމެނެނީ 14 ގައުމެވެ. މި ހިނގަމުންދާ ދައުރުގައި ސާދަ ގައުމުން ވެސް ވަރަށްބޮޑު އެއްބާރުލުމެއް ދިން ކަން ކާވާގެ ރައީސް ލަތީފް ފާހަގަކުރެއްވިއެވެ. ކާވާގެ އިންްތިޚާބު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

ކާވާއިން ވަނީ ކޮންމެ އަހަރެއްގެ އަހަރީ ކަލަންޑަރުގައި ހިމަނައި މަދުވެގެން ހަތަރު މުބާރާތް ބާއްވާފައެވެ. ކާވާގެ ގައުމުތަކުގެ ތެރެއިން ޓެކްނިކަލް އޮފިޝަލުން އުފައްދައިގެން, އެ އޮފިޝަލުން ބޭނުންކޮށްގެން މުބާރާތްތައް ކުރިއަށް ގެންދަން އިސްކަންދިންކަން ލަތީފް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ރާއްޖޭގެ އޮފިޝަލުން ހިމެނެއެވެ. ކާވާގެ ރައީސްކަމުގައި ހާޞިލްކުރަން ބޭނުންވެ, މިހާތަނަށް ނުވެ އޮތްކަމަކީ ކާވާގެ ހެޑް އޮފީސް ރާއްޖޭގައި އެޅުންކަމަށް ލަތީފް ވިދާޅުވިއެވެ. 2019ން ފެށިގެން ރާއްޖޭގައި ކާވާގެ ހެޑްއޮފީސް ގާއިމްކުރުމުގެ ފުރުޞަތު ލިބިފައި އޮތަސް, އެކަން ނުވެ އޮތީ އެކިއެކި ސިޔާސީ ސަބަބުތަކާހުރެކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ހަގީގަތަަކަށް ވާނެކަމަށް ލަތީފް އުއްމީދުކުރައްވައެވެ.

ކާވާގެ އޮފީސް ރާއްޖޭގައި އެޅުމުން ރާއްޖެއަށް ގިނަ ތަމްރީނުތައް ބޭއްވުމުގެ ފުރުޞަތު ލިބޭނެ އެވެ. ކާވާގެ އޮފީސް ރާއްޖޭގެ ޤާއިމްކުރުން ވެގެންދާނީ ރާއްޖޭގެ ވޮލީއަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށެވެ.

ކާވާގެ ރައީސްކަމުގެ އިތުރުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ވެސް ލަތީފް ވަނީ ފާޅުކުރައްވާފައެވެ. އެ އިދާރާގެ ރައީސްކަން ކުރިން ވެސް ކުރެއްވި ލަތީފް ވިދާޅުވީ ބައެއް ކްލަބްތަކުން އެކަމަށް އެދޭ ކަމަށާއި ކްލަބްތަކުން އެދޭނަމަ ވާދަކުރައްވާނެ ކަމަށެވެ.

ކާވާމުޙައްމަދު ލަތީފް (ލަތީބެ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

21 ޖުލައި 2024
ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

05 ފެބުރުއަރީ 2024
ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް

ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް

22 މެއި 2023

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު