Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ އަންޑަރ 20

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

ރާއްޖެ ހަތަރު މެޗުންވެސް ބަލިވީ ސެޓެއް ނުލިބިއެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 23 ޖުލައި 2024 | އަންގާރަ 04:22
ކާވާ 20 އަހަރުން ދަށުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކާވާ 20 އަހަރުން ދަށުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަސޭހައިން ރާއްޖެ ބަލިކޮށް، ކާވާ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ސްރީލަންކާ ޖާގަ ހޯދައިފި އެވެ.

އަންހެން ޑިވިޝަން މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ސްރީލަންކާއިން ރާއްޖެ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. ތިން ސެޓްވެސް ލަންކާއިން ހޯދީ ފަސޭހަކަމާއެކު އެވެ. މެޗުގެ ސެޓްތައް ސްރީލަންކާއިން ގެންދިޔައީ 25-09, 25-08 އަދި 25-07 ނެވެ. މިމެޗުން ބަލިވިޔަސް އަދިވެސް ތިންވަނަ ހޯދުމުގެ ފުރުޞަތު ރާއްޖެ އަށް އޮންނާނެ އެވެ. ސެމީފައިނަލް ދެވަނަ މެޗުގައި ކިރުގިސްތާނާއި ނޭޕާލް ވާދަކޮށް ބަލިވާ ޓީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީފައިނަލް ދެ މެޗުން ބަލިވާ ދެޓީމްގެ މެދުގައި ތިންވަނަ ކަނޑައަޅަން ޚާއްޞަ މެޗެއް ކުޅޭނެއެވެ.

ރާއްޖެ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވީ ސެޓެއް ނުލިބިއެވެ. އެއީ ލީގު ބުރުގައި ކުޅުނު ތިން މެޗާއި, ސެމީފައިނަލް މެޗެވެ. ލީގު ބުރުގައިވެސް ލަންކާ އަތުންވެސް ތިން ސެޓުން ބަލިވިއެވެ. ސްރީލަންކާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް މެޗާއެކު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ, ރެކޯޑަކާއެކުއެވެ.

ކާވާވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު