Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިމަންސް ކާވާ ކަޕް

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

ހޯމަ ދުވަހުގެ ރޭ ތިން ވަނަ މެޗުގައި ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ނިކުންނައިރު، އެ ޓީމު ވެސް ވަނީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2025 | ހޯމަ 01:16
މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ކަޕްގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި އަފްޣާނިސްތާންގެ މައްޗަށް ވެސް ކުރި ހޯދައި، އުންމީމު ހިފަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ރާއްޖެ އިން ވަނީ ސީދާ ތިން ސެޓުން އަފްޣާނިސްތާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ރާއްޖެ އިން ކާމިޔާބު ކުރީ 25-20، 25-13 އަދި 25-12 އިންނެވެ. މެޗުގެ ތިން ސެޓުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު ބުނީ، ދެ ވަނަ މެޗަށް ނިކުތީ ފުރަތަމަ މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކުމުގެ އަޒުމުގައި ކަމަށެވެ. މިހާތަނަށް ރާއްޖެ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ޖޫޒާން ބުނީ އެއީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން އެކުވެގެން ކުރާ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޖޫޒާން ބުނީ 10 އަހަރު 12 އަހަރު ވަންދެން އެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި ދިވެހި ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ފަހު މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޖޫޒާން އެދުނީ ވީހާ ވެސް ގިނަ ބަޔަކު ޒުވާނުންގެ މަރުކަޒަށް އައިސް ޓީމަށް ސަޕޯޓުކޮށް، ހިތްވަރު ދިނުމަށެވެ. 

ރާއްޖެ އިން މިފަހަރުގެ މުބާރާތާ ކުރިމަތިލީ ރަން މެޑަލް ހޯދުމުގެ ވަރުގަދަ އަޒުމުގަ އެވެ. ހޯމަ ދުވަހުގެ ރޭ ތިން ވަނަ މެޗުގައި ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ނިކުންނައިރު، އެ ޓީމު ވެސް ވަނީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން މޮޅުވެފަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ވެސް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. 

ކާވާވިމަންސް ކާވާ ކަޕްގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

21 ޑިސެމްބަރު 2025
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
21 ޖުލައި 2024

ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

21 ޖުލައި 2024
ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް
05 ފެބުރުއަރީ 2024

ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

05 ފެބުރުއަރީ 2024
ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު