Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް

ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ރާއްޖޭ ގަޑިން އާދިއްތަ ދުވަހު އިރުއޮއްސި 18:15 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 05:58
ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު

ޤައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު

ނޭޕާލުގައި އާދިއްތަ ދުވަހު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ނުކުންނަން ރާއްޖޭގެ އަންހެން ޤައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް ޓީމުގެ ކޯޗު ތައިލެންޑުގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ އޮތީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން އޮތީ ކަޒަކިސްތާން، އުޒްބަކިސްތާން އަދި ސްރީލަންކާ އެވެ. ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ރާއްޖޭ ގަޑިން އާދިއްތަ ދުވަހު އިރުއޮއްސި 18:15 ގައެވެ. ފުރަތަމަ މެޗުގެ ކުރިން ހޮނިހިރު ދުވަހު ފަރިތަކުރުން ކުރިއަށް ގެންގޮސްފަ އެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުމަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ، ޓީމެއް ތައްޔާރު ކުރުމަށް އެންމެ މުހިންމު ކަމަކަށްވީ ފިޓްނަސް ރަނގަޅު ކުރުން ކަމަށެވެ. ކޯޗު ފާހަގަ ކުރި ގޮތުގައި ރާއްޖޭ ކުޅުންތެރިންގެ ފިިޒިކަލް އޭނާ ބޭނުންވާ ފެންވަރަށް ގެންދެވެ އެވެ. އެހެންކަމުން ދެން އޮތީ ފިޒިކަލީ އަދި މެންޓަލީ ކުޅުންތެރިން މެޗަށް ތައްޔާރު ކުރުންކަން ފާހަގަކޮށް ކޯޗު ބުނީ، މިހާރު އޭނާ އަންނަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށެވެ. މުބާރާތުގައި ރާއްޖެ އަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖުގެ ގޮތުގައި ކޯޗު ފާހަގަކުރީ އިދިކޮޅު ޓީމުގައި އިސްކޮޅު ދިގު ކުޅުންތެރިން ތިބުމެވެ. ނަމަވެސް އޭނާ ބުނީ ދިވެހި ޓީމުން މެޗުގައި ސާވިސް ރަނގަޅު ކުރުމާއި، ރިސީވް ރަނގަޅު ކުރުމަށް އިސްކަންދީފި ނަމަ ކުރި ހޯދޭނެ ކަމަށެވެ.

ކޯޗުގެ އިތުރުން ޤައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަދި ކެޕްޓަން ޙައްވާ ރާޝިދާ (ޙައްވަ) ބުނީ، ފުރަތަމަ މެޗާއި، ޖުމުލަކޮށް މުޅި މުބާރާތަށް ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. ޙައްވަ ބުނީ ކަޒަކިސްތާނު މެޗަށް ވެސް ޓީމު އިތީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، ޓީމުގެ ފަރާތުން ރަނގަޅު، މޮޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެންމެ ފަހުން ރާއްޖޭގައި ކުޅުނު ފޯ ނޭޝަންސް ކަޕަށްފަހު ޓީމަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އައި ނަމަވެސް، ޓީމު އޮތީ އެ މުބާރާތުގައި ވެސް އޮތް ރޫހުގައި ކަމަށް ޙައްވަ ބުންޏެވެ. އޭނާ ބުނީ ފޯ ނޭޝަންސް ކަޕުން ރިހި މެޑަލް ހޯދިއިރު، ކާވާ މުބާރާތުގައި ވެސް މެޑަލަކާ ހަމައަށް ދިޔުމަކީ ހުރިހާ ކުޅުންތެރިންގެ އުންމީދު ކަމަށެވެ.

މީގެ އިތުރުން ޙައްވަ ބުނީ، ކާވާ މުބާރާތަށް ކުޅުންތެރިން ކުރިމަތިލީ އެންމެ ފަހުން ފޯ ނޭޝަންސް ކަޕުގައި ސަޕޯޓަރުންގެ ފަރާތުން ދިން ސަޕޯޓުން ހިތްވަރު ލިބިގެން ކަމަށެވެ. މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގައި އޮތް ޓީމުތަކާ ގުޅޭ ގޮތުން ޙައްވަ ވާހަކަ ދައްކަމުން ޙައްވަ ބުނީ، އެ ގްރޫޕުގައި އޮތް ތިން ޓީމަކީ ވެސް ރާއްޖެ އަށް ވާދަކޮށްލެވޭނެ ފެންވަރުގެ ޓީމުތައް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ކުޅުންތެރިން ކުޑަ ހިތްވަރަކާއެކު މަސައްކަތް ކޮށްފި ނަމަ، ލަންކާގެ މައްޗަށް ވެސް ކުރި ހޯދޭނެ ކަމަށް ޙައްވަ ޤަބޫލު ކުރެ އެވެ. އެކަން ފާހަގަކޮށް ޙައްވަ ބުނީ، އަންހެން ވޮލީ ޓީމު މިހާރު އޮތީ މީގެ ދެތިން އަހަރަށް ވުރެ ކުރީގައި އޮތް ވަރަށްވުރެ ރަނގަޅަށް ކަމަށެވެ.

ތައިލެންޑުގެ ކޯޗާއެކު ރާއްޖެ އިން ވަނީ ދޮޅު މަސް ދުވަސް ވަންދެން ފަރިތަކުރުން ކުރިއަށް ގެންގޮސްފަ އެވެ. މުބާރާތުގައި ރާއްޖޭގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އެއަށްފަހު ގްރޫޕްގެ ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހު އެވެ.

ކާވާކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ޤައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

ރާއްޖެ ސެމީގައި ލަންކާއާ ދެކޮޅަށް

21 ޖުލައި 2024

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު