Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސީރިއާ

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025 | ހޮނިހިރު 07:12

ސޯޝަލް މީޑިއާގެ އެކްސް އެކައުންޓެއް ހުޅުވުމަށް ފަހު، ފުރަތަމަ ފަހަރަށް ކުރެއްވި ޕޯސްޓުގައި އަލް ޝަރާ ވަނީ އެމެރިކާ އަށް ޝުކުރު އަދާ ކުރައްވާފައި. ވީޑިއޯ މެސެޖުގައި އަލް ޝަރާ ވިދާޅުވެފައި ވަނީ، މިއަދަކީ ސީރިއާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ދަތި ކުރުން ތަކުން ސަލާމަތްވި ދުވަސް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޑިސެމްބަރު 2025 | ހޮނިހިރު 07:12
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމުމާ އެކު، ސީރިއާ އިން އެކަމަށް މަރުޙަބާ ކިޔައިފި އެވެ. 

އެމެރިކާގެ ކޮންގްރެސް އިން ވަނީ، ސީރިއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ދަތި ކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާލުމަށް ފާސްކޮށްފަ އެވެ. އެއާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤަރާރުގައި ސޮއި ކުރައްވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެއާއެކު، ސިރިއާ އަށް އަލުން އިންވެސްޓްމަންޓުގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

އެމެރިކާ އިން ސީރިއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދުގެ ވެރިކަމުގަ އެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، މިހާރުގެ ރައީސް އަޙުމަދު އަލް ޝަރާ ވެރިކަމާ ހަވާލުވެ ވަޑައިގެން ވަނީ ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވައިފަ އެވެ. 

ސީޒާ އެކްޓުގެ ސަބަބުން ސީރިއާ އަށް ބައިނަލްއަޤުވާމީ މައިދާނުގައި ވެސް އޮތީ އެތައް ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. ބައިނަލްއަޤުވާމީ މާލީ ނިޒާމު އަދި ބޭންކިންގެ ނިޒާމުން ވެސް ސީރިއާ އޮތީ އެކަހެރިވެފަ އެވެ. ވެރިކަމުގެ އެއް އަހަރު ދުވަހުގެ ތެރޭގައި އަލް ޝަރާ ވަނީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. 

ސޯޝަލް މީޑިއާގެ އެކްސް އެކައުންޓެއް ހުޅުވުމަށް ފަހު، ފުރަތަމަ ފަހަރަށް ކުރެއްވި ޕޯސްޓުގައި އަލް ޝަރާ ވަނީ އެމެރިކާ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ވީޑިއޯ މެސެޖުގައި އަލް ޝަރާ ވިދާޅުވެފައި ވަނީ، މިއަދަކީ ސީރިއާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ދަތި ކުރުން ތަކުން ސަލާމަތްވި ދުވަސް ކަމަށެވެ. އެކަމަކީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސީރިއާގެ ރައްޔިތުން ދައްކާފައިވާ ހިތްވަރުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެ ޕޯސްޓުގައި އަލް ޝަރާ ވިދާޅުވެފައި ވަނީ ސީރިއާ އާއި، އެ ޤައުމުގެ ރައްޔިތުންގެ ގޮވާލުމަށް އިޖާބަ ދެއްވި ކަމަށްޓަަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވައިފަ އެވެ. އަދި ސީރިއާ ރައްޔިތުން މިހާތަނަށް ވެފައިވާ ޤުރުބާނީ ބަލައިގަތް، އެމެރިކާ ކޮންގްރެސްގެ މެމްބަރުންނަށް ވެސް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. 

ސީރިއާގެ ފޮރިން މިނިސްޓްރީ އިން ވެސް ވަނީ ހުކުރު ދުވަހު އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ އެކަމަށް މަރުޙަބާ ކިޔައިފަ އެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ، އެއީ ސީރިއާ އަލުން އާރާސްތު ކުރުމާއި، ތަރައްޤީ ކުރުމުގެ މަރުޙަލާ އަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި ސީރިއާ އާރާސްތު ކުރުމުގެ މަސައްކަތުގައި އެންމެން ވެސް ބައިވެރިވުމަށް އެ ޤައުމުން ވަނީ ގޮވާލައިފަ އެވެ. 

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާ އިން އުވާލާފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ދެ ފަަހަރެއްގެ މަތިން ސީރިއާގެ ރައީސް އަލް ޝަރާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާދުގައި ބައްދަލު ކުރެއްވީއިރު، ދެ ވަނަ ބައްދަލު ކުރެއްވުން އޮތީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގަ އެވެ.

އެމެރިކާގެ ސެނެޓުން ވަނީ 2019 ވަނަ އަހަރު ފާސްކޮށްފައިވާ ސީޒާ އެކްޓް ބާތިލު ކުރުމުގެ ޤަރާރު ފާސްކޮށްފައި ވަނީ ހަތް ދިހަ މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ޤަރާރާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދީފައިވާއިރު، މީގެ ކުރިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވެސް ވަނީ ފާސްކޮށްފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-ސީރިއާރައީސް ޑޮނަލްޑް ޓްރަމްޕްއަޙުމަދު އަލް-ޝަރާއުސީޒަރ ގާނޫނު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި
19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
18 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

18 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި
18 ޑިސެމްބަރު 2025

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި
18 ޑިސެމްބަރު 2025

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް
17 ޑިސެމްބަރު 2025

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި
17 ޑިސެމްބަރު 2025

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް
17 ޑިސެމްބަރު 2025

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި
16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް