Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

އެމެރިކާގެ ސެނެޓުން ވަނީ 2019 ވަނަ އަހަރު ފާސްކޮށްފައިވާ ސީޒާ އެކްޓް ބާތިލު ކުރުމުގެ ޤަރާރު ފާސްކޮށްފައި ވަނީ ހަތް ދިހަ މެމްބަރުންގެ ވޯޓާ އެކު. އެ ޤަރާރާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދީފައިވާއިރު، މީގެ ކުރިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވެސް ވަނީ ފާސްކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 08:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

އެމެރިކާ އިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ދަތި ކުރުމުގެ ފިޔަވަޅުތައް ދާއިމީ ގޮތެއްގައި އުވާލަން އެމެރިކާގެ ކޮންގްރެސް އިން ފާސް ކޮށްފި އެވެ. 

އެމެރިކާގެ ކޮންގްރެސް އިން މިހެން ފާސްކޮށްފައި ވަނީ ބުދަ ދުވަހު އެވެ. އެއާ އެކު، ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާ އަލުން އާރާސްތު ކުރުމާއި، އެ ޤައުމަށް އިންވެސްޓަރުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ލުއި ކަމެއް ލިބިގެން ދާނެ އެވެ. 

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ވަގުތީ ގޮތުން ލުއި ދިނުމަށް ނިންމަވައިފަ އެވެ. ނަމަވެސް، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އެދިވަޑައިގެންފައި ވަނީ، އެ ދަތިކުރުންތައް ދާއިމީ ގޮތެއްގައި އުވާލުމަށެވެ. 

އެމެރިކާގެ ސެނެޓުން ވަނީ 2019 ވަނަ އަހަރު ފާސްކޮށްފައިވާ ސީޒާ އެކްޓް ބާތިލު ކުރުމުގެ ޤަރާރު ފާސްކޮށްފައި ވަނީ ހަތް ދިހަ މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ޤަރާރާ ދެކޮޅަށް 20 މެމްބަރަކު ވޯޓު ދީފައިވާއިރު، މީގެ ކުރިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވެސް ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން، އެމެރިކާގެ ރައީސް ޓްރަމްޕް މި އަމުރުގައި ސޮއި ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. 

ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޑިމޮކްރަޓިކް ޕާޓީގެ ލީޑަރު، ސެނެޓަރު ޖިނަ ޝަހީން ވިދާޅުވެފައި ވަނީ، އެ ޤަރާރަކީ ދިގު މުއްދަތެއް ވަންދެން، ނުވަތަ އެތައް އަހަރަކަށް ދެމިގެން ދިޔަ ތަހަންމަލު ކުރަން އުނދަގޫ އަސަރު ތަކަށް ފަހު، ސީރިއާގެ ރައްޔިތުންނަށް އަލުން ޤައުމުގެ އާރާސްތު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ. ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އިތުރުން، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެމްބަރުން ވަނީ އެކަމަށް ތާއީދު ކޮށްފަ އެވެ. 

އެމެރިކާގެ ކޮންގްރެސްގެ މި ނިންމުމަށް ސީރިއާ އިން ވަނީ މަރުޙަބާ ކިޔައިފަ އެވެ. އަދި އެއީ ބަދަލެއްގެ ފެށުމަށް ކުރާ އުންމީދުގެ ބައެއް ކަމަށް ފާހަގަ ކޮށްފަ އެވެ. ސީރިއާގެ ފޮރިން މިނިސްޓަރު އައްސަދު އަލް ޝައިބާނީ ވިދާޅުވީ، ސީރިއާގެ ރައްޔިތުންނަށް ތާއީދު ކުރައްވައި ސީޒާ އެކްޓް ބާތިލު ކުރުމަށް ވޯޓު ދެއްވި ކަމަށްޓަކައި ސެނެޓުގެ މެންބަރުންނަށް ވަރަށް ބޮޑަަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިއީ ސީރިއާ އާއި، ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ހަމަ ޖެހުން ޤާއިމު ކުރުމާއި، އައު ގުޅުންތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބުނު ހެޔޮ ފާލެއް ކަމަށެވެ. ސީރިއާގެ ވެރިކަމާ އަލް ޝަރާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އެ ޤައުމުން އަންނަނީ ދުނިޔޭގެ އެކި ޤައުމުތަކާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.  

ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދުގެ ވެރިކަމުގައި ޖަލުތަކުގައި ހިންގި ނިކަމެތި ކަމަށް ނިސްބަތްކޮށް ނަން ދީފައިވާ ސީޒާ އެކްޓުގެ ސަބަބުން، ސީރިއާ އަށް އިންވެސްޓްމަންޓުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އަދި ބައިނަލްއަޤުވާމީ ބޭންކިންގެ ނިޒާމުން ވެސް ސީރިއާ ވަނީ ވަކި ކޮށްފަ އެވެ. 

ނަމަވެސް، 2024 ވަނަ އަހަރުގެ ފަހު ކޮޅު އަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، ސީރިއާގެ ވެރިކަމަށް އަލް ޝަރާ ވަޑައިގެން ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެއްވުމަށް އިސްކަން ދެއްވާފައިވެ އެވެ. ދެ ފަހަރެއްގެ މަތިން އަލް ޝަރާ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ސައުދީގެ ވެރި ރަށް ރިޔާދުގައި ބައްދަލު ކުރެއްވީއިރު، ދެ ވަނަ ފަހަރަށް ބައްދަލު ކުރެއްވީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގަ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާ-ސީރިއާރައީސް ޑޮނަލްޑް ޓްރަމްޕްއަޙުމަދު އަލް-ޝަރާއުސީޒަރ ގާނޫނުއެމެރިކާ ކޮންގްރެސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު