Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

ޓްރަމްޕް ސަރުކާރުން ސަދަން ސްޕިއަރ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މިހާތަނަށް 99 މީހުން މަރުވެފައިވެއެވެ. ވެނެޒުއޭލާގެ ރައީސް މަދޫރޯ ވިދާޅުވީ މިއީ އެ ގައުމުގެ ސަރުކާރު ބަދަލުކޮށް ތެލުގެ ވަސީލަތްތައް ކޮންޓްރޯލްކުރަން ހިންގާ އޮޕަރޭޝަނެއް ކަމަށް.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 06:49
ކެރިބިއަން ކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކަށް އަސްކަރީ މަތިންދާ ބޯޓެއް ޖައްސަނީ

ކެރިބިއަން ކަނޑުގައި އޮތް އެމެރިކާގެ މަނަވަރަކަށް އަސްކަރީ މަތިންދާ ބޯޓެއް ޖައްސަނީ

އެމެރިކާގެ ސިފައިން ބުދަ ދުވަހު އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އިތުރު ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލާފައިވާ ކަމަށް އެމެރިކާގެ ސަދާން ކޮމާންޑުން ބުނެފިއެވެ.

"ޑިސެމްބަރު 17 ވަނަ ދުވަހު، ސެކްރެޓަރީ އޮފް ވޯ ހެގްސެތު ގެ އިރުޝާދުގެ ދަށުން، ޖޮއިންޓް ޓާސްކް ފޯސް ސަަދަން ސްޕިއާ އިން ބައިނަލްއަގުވާމީ ކަނޑުގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކުން ހިންގާ ބޯޓަކަށް މަރުގެ ހަމަލާއެއް ދީފި،" ސައުތްކޮމް އިން އެކްސްގައި ލިޔެފައިވެއެވެ.

ސައުތްކޮމް އިން އިތުރަށް ބުނީ މި ހަމަލާގައި އެމެރިކާގެ ސިފައިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ބުދަ ދުވަހުގެ ހަމަލާއަކީ މި ހަފްތާގެ ދެވަނަ ހަމަލާ އެވެ. އެމެރިކާ އިން ހޯމަ ދުވަހު އިރުމަތީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ތިން ބޯޓަކަށް ހަމަލާދީ 8 މީހުން މަރާލާފައިވެ އެވެ.

ސަދަން ސްޕިއަރ ގެ ނަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމަށް ބުނެ ޓްރަމްޕް ސަރުކާރުން ކުރިއަށް ގެންދާ މި އޮޕަރޭޝަން ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ބޯޓުތަކަށް ހަމަލާދީ މިހާތަނަށް 99 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މި ހަމަލާތަކަކީ ވެނެޒުއެލާ އަށް އަމާޒު ކޮށްގެން އެމެރިކާ އިން ހިންގާ އޮޕަރޭޝަނެއް ކަމަށާއި މީގެ ހަގީގީ މަގްސަދަކީ ވެނެޒުއޭލާގެ ސަރުކާރު ބަދަލު ކޮށް އެ ގައުމުގެ ތެލުގެ ވަސީލަތްތަކުގެ މައްޗަށް ވެރިވެގަންނަން ކުރާ ކަމެއް ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާ ސަރުކާރުން އެތައް ހާސް ސިފައިންނާއި ކެރިއާ ސްޓްރައިކް ގްރޫޕެއް ކެރިބިއަން ސަރަހައްދަށް ގެންގޮސްފައިވާއިރު، ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ ވެނެޒުއޭލާ އަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ފުރިހަމަ އަަށް ހުރަސް އަޅާފައިވާ ކަމުގައެވެ. 

އެމެރިކާވެނެޒުއޭލާޕެސިފިކް ކަނޑުނިކޮލާސް މަދޫރޯރައީސް ޓްރަމްޕްމަސްތުވާތަކެތި ޓްރެފިކްކުރުންއެމެރިކާ-ވެނެޒުއޭލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު