Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ވެނެޒުއެލާ

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

ޗައިނާއަކީ ވެނެޒުއޭލާގެ ތެޔޮ އެންމެގިނައިން ގަންނަ ގައުމަށްވެފައި، ދުވާލަކަށް 600،000 ފީފާގެ ތެޔޮ އެގައުމުން ޗައިނާ އަށް ލިބެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ގައުމުތަކުގެ ސިޔާދަތާއި ގައުމީ ޝަރަފު ރައްކާތެރިކުރުމުގައި ޗައިނާ އިން ތާއީދުކުރާކަމަށެވެ.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 07:50
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ވެނެޒުއެލާ އާއި ޗައިނާގެ ދިދަ ޓިއަނަންމެން ސްކުއަރ ގައި ނަގާފައި - 12 ސެޕްޓެމްބަރު 2023

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ވެނެޒުއެލާ އާއި ޗައިނާގެ ދިދަ ޓިއަނަންމެން ސްކުއަރ ގައި ނަގާފައި - 12 ސެޕްޓެމްބަރު 2023

އެމެރިކާ އިން ވެނެޒުއޭލާ އަށް ތާއީދު ކުރާ ކަމަށާއި އެމެރިކާ ގެ "ބުލީ ކުރުން" ކުށްވެރިކޮށް އެކަމާ ދެކޮޅު ހަދާ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާ އިން އެމެރިކާ އަށް ފާޑު ކިޔާފައި ވަނީ ވެނެޒުއެލާ އަށް ވަންނަ އަދި ނުކުންނަ ޓޭންކަރުތަކަށް ހުރަސްއެޅުމުގެ އަމުރެއް އެމެރިކާ އިން ނެރުމާ ގުޅިގެންނެވެ.

މި ހަފްތާގެ ކުރީކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާ އަށް ދަތުރު ކުރާ އަދި ވެނެޒުއޭލާ އިން ފުރާ ހުރިހާ ތެޔޮ ޓޭންކަރުތަކަކަށް ހުރަސް އެޅުމަށް އަމުރެއް ނެރުއްވާފައެވެ. އޭގެ އިތުރުން ވޮޝިންޓަނުން ވަނީ ވެނެޒުއޭލާ ސަރަހައްދަށް އެތައް ހާސް ސިފައިންނާއި އަސްކަރީ އުޅަނދުތައް ފޮނުވާފަ އެވެ.

ޗައިނާ އަކީ ވެނެޒުއެލާ ގެ ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އެއީ ޗައިނާގެ ތެލުގެ އިމްޕޯޓުގެ  4 އިން ސައްތަ އެވެ. ދުވާލަކަށް ގާތްގަނޑަކަށް އެވްރެޖްކޮށް 600،000 ފީފާ ގެ ތެޔޮ ވެނެޒުއޭލާ އިން ޗައިނާ އަށް ސަޕްލައި ކުރާ ކަމަށް ވިޔަފާރީގެ ތަޖުރިބާކާރުން ބުނެފައިވެއެވެ.

ބުދަ ދުވަހު ވެނެޒުއެލާ ގެ ޚާރިޖީ ވަޒީރު އިވާން ގިލް އާ ފޯނުން ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީ ވިދާޅުވީ، އެމެރިކާ އިން ވެނެޒުއޭލާ އަށް ހަނގާ ކުރުމާއި ދެކޮޅު ހަދާ ކަމަށާއި، ގައުމުތަކުގެ ސިޔާދަތާއި ގައުމީ ޝަރަފު ރައްކާތެރިކުރުމުގައި ޗާއިނާ އިން ތާއީދުކުރާ ކަމަށެވެ.

ޗައިނާ އިން ވެނެޒުއެލާ އަށް ފޯރުކޮށްދެވިދާނެ އެހީ އަކީ ކޮބައި ކަމެއް ވޮންގ ވިދާޅެއް ނުވެއެވެ. ޗައިނާ އިން ކުރިން ބުނެފައި ވަނީ ވެނެޒުއޭލާ އާ އެކު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމުގައެވެ.

އެމެރިކާ އިން ގެންދަނީ ޓެރަރިޒަމް އާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް ކަމަށް ބުނެ ޕެސިފިކް ސަރަހައްދުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. ވެނެޒުއޭލާ އިން ބުނަނީ އެ އޮޕަރޭޝަން ގެ ހަގީގީ މަގްސަދަކީ އެ ގައުމުގެ ވެރިކަން ބަދަލުކޮށް ތެލުގެ ވަސީލަތްތަކަށް އެމެރިކާ އިން ވެރިވެގަތުން ކަމުގައެވެ.

ޕޮލިޓިކޯ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ މަދުރޯގެ ދުވަސްތައް "އަދަދު ޖެހިފައިވާ" ކަމަށެވެ.

ވަރަށް ގިނަ އަހަރުތަކެއް ވަންދެން، ޗައިނާ އިން ވެނެޒުއެލާ އަށް ލޯނު-ފޯ-އޮއިލް ޑީލްތަކުގެ ދަށުން ކްރެޑިޓް ލައިންތައް ދީފައިވެއެވެ. މި އަހަރު މޮސްކޯ ގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރައްވައި، މަދުރޯ ޝީއަށް ވިދާޅުވީ ވެނެޒުއެލާ އިން ވިޔަފާރި އާއި ހަކަތައިގެ ދާއިރާ އިން ޗާއިނާ އާ އެކު ގުޅުން ފުޅާކުރުމަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

އެއާއެކު، ޗައިނާ އަށް އެމެރިކާ ވެފައި ވަނީ ވިޔަފާރީގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައެވެ. އޭގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތަކަށް ބުރުލެއް އެރިޔަ ނުދިނުމަށް ޗައިނާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާ އިން ބުނަނީ އދ ޗާޓަރަށް ހިލާފުވާ ނުވަތަ އެހެން ގައުމުތަކުގެ ސިޔާދަތާއި ސަލާމަތަށް އަރައިގަންނަ ކޮންމެ އަމަލަކާ ދެކޮޅު ހަދާ ކަމަށެވެ.

"ޗައިނާ އިން ގަބޫލު ކުރަނީ ބައިނަލްއަގުވާމީ މުޖުތަމައު އިން ވެނެޒުއެލާގެ ޝަރުއީ ހައްގުތަކާއި މަސްލަހަތުތައް ދިފާއުކުރުމުގައި އެ ގައުމަށް ތާއީދު ކުރާނެ ކަމަށް،" ވޮންގ ވިދާޅުވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ މަސްރަހު ފިނިކުރުމަށް ގޮވާލައްވައި، އެމެރިކާ އާއި ވެނެޒުއެލާ އިން ބައިނަލްއަގުވާމީ ގާނޫނާއި، އދ ޗާޓަރާއި އެ ސަރަހައްދުގެ ސުލްހަ ރައްކާތެރިކުރުމަށް އެކުލަވާލެވިފައިވާ އެހެނިހެން ގާނޫނީ ފްރޭމްވޯކްތަކުގެ ދަށުން ޒިންމާތައް އަދާކުރުމަށް ގޮވާލައްވާފަ އެވެ.

މެކްސިކޯއާއި ބްރެޒިލްގެ ރައީސުން ވެސް ވަނީ މަޝްވަރާތައް ކުރުމަށް ގޮވާލައްވާފައެވެ. ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، ފާއިތުވި ހަފްތާގައި މަދުރޯއާ ފޯނުން ވާހަކަދައްކަވަމުން، ގައުމުގެ ސިޔާދަތު ރައްކައުތެރިކުރުމަށް މަދޫރޯ ގެ ސަރުކާރުން ގެންގުޅޭ ސިޔާސަތައް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާ-ވެނެޒުއެލާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯޝީ ޖިންގޕިންތެލުގެ ޓޭންކަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

އެމެރިކާ ސިފައިން އިރުމަތީ ޕެސިފިކްގައި ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީ 4 މީހުން މަރާލައިފި

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު