Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިނގިރޭސިވިލާތް

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025 | ބުދަ 03:36

ރިޕޯޓުގައި ބުނެފައި ވަނީ، މިދިޔަ ހަފުތާ އިން ފެށިގެން އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2025 | ބުދަ 03:36
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އިނގިރޭސިވިލާތާ އެކު އެމެރިކާ އިން ސޮއި ކޮށްފައިވާ ޓެކްނޮލޮޖީގެ އެއްބަސްވުމަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

މިކަން ރިޕޯޓު ކޮށްފައި ވަނީ ފައިނޭންޝަލް ޓައިމްސް ނޫހުގަ އެވެ. ހޯމަ ދުވަހު ކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ، މިއަހަރުގެ ކުރީ ކޮޅު އެމެރިކާ އާއި އިނގިރޭސިވިލާތާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލީ އެމެރިކާ އިން ކަމަށެވެ. 

ދެ ޤައުމުގެ ދެ މެދުގައި ސޮއި ކޮށްފައިވާ މި އެއްބަސްވުމަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި، ކައުންޓަމް ކޮމްޕިއުޓިން އަދި ސިވިލް ނިއުކްލިއާ އެނާޖީ ދާއިރާ ތަކުގައި ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ސޮއި ކޮށްފައިވާ އެއްބަސްވުމެކެވެ. 

އެ ނޫހުން ކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ، މިދިޔަ ހަފުތާ އިން ފެށިގެން އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. ފައިނޭންޝަލް ޓައިމްސްގައި ރިޕޯޓު ކޮށްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިނގިރޭސިވިލާތަށް ބާރު އަޅަމުން އަންނަނީ ޓެކްނޮލޮޖީގެ ހަމަހަމަ ކަމަށް ބާރު އެޅުމަށެވެ. އަދި ވިޔަފާރީގެ ބައެއް ދާއިރާ ތަކުން ލުއި ތަކެއް ދިނުމަށް ވެސް އެދެމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން ފައިނޭންޝަލް ޓައިމްސްގައި ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ނޮން ޓެރިފް ބެރިއާސްގެ ކަންކަމުގައި ޙައްލު ހޯދުމަށް އެ ޤައުމުން ޝައުޤުވެރިކަން ނުދައްކާތީ އެމެރިކާ އިން ކަންބޮޑުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާބޯ ތަކެތީގެ ބާވަތްތަކާއި، ސިނާއީ ބާވަތް ތަކަށް ހަދާފައިވާ ޤަވާއިދުތަކާއި ރެގިއުލޭޝަންތައް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއާ އެކު އޮތް ގުޅުން ވަރަށް ބަދަހިކޮށް އޮތް ކަމަށާއި، އެއީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ. އިތުރަށް ވިދާޅުވެފައި ވަނީ ޓެކް ޕްރޮސްޕެރިޓީ ޑީލް ކާމިޔާބު ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ފުރިހަމަ އަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ފުރުސަތު ތަކެއް ފަހި ވެގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، މިކަމުގައި ކޮމެންޓެއް ކުރުމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ދެކޮޅު ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ. އިނގިރޭސިވިލާތާއި، އެމެރިކާއާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އެމެރިކާގެ ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. 

އެމެރިކާ އަކީ އިނގިރޭސިވިލާތުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. އެމެރިކާާގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނި ތަކުން އިނގިރޭސިވިލާތުގައި ހިންގާ އޮޕަރޭޝަން ތަކަށް އަންނަނީ އެތައް ބިލިއަން އެމެރިކާ ޑޮލަރެއް އިންވެސްޓު ކުރަމުންނެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-ބްރިޓަންރައީސް ޑޮނަލްޑް ޓްރަމްޕްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
14 ޑިސެމްބަރު 2025

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
10 ޑިސެމްބަރު 2025

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް