Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ-އެމެރިކާ

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއެލާގެ ރައީސް މަދޫރޯ ވިދާޅުވީ ޓްރަމްޕްގެ ވާހަކަ އިން ހާމަވަނީ އެމެރިކާއިން ހަގީގަތުގައި ބޭނުންވަނީ ވެނެޒުއެލާގެ ސަރަހައްދާއި ވަސީލަތްތަކަށް ވެރިވެގަތުމާއެކު އެ ގައުމުގެ ވެރިކަން ބަދަލުކުރުން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާ އިން ގާނޫނާ ހިލާފަށް އެމެރިކާގެ ހަކަތައިގެ ހައްގުތައް އަތުލާފައިވާ ކަމަށާއި އެ ހައްގުތައް އަނބުރާ ނުދޭހާ ހިނދަކު އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 05:35
ޕެނަމާގެ އެމަޑޯރ އިންޓަރނޭޝަނަލް ކްރޫޒް ޓާމިނަލްގައި އެމެރިކާގެ ނޭވީ މިސައިލް ޑިސްޓްރޯޔަރ، ބަނދަރު ކޮށްފައި - ސެޕްޓެމްބަރ 02، 2025

ޕެނަމާގެ އެމަޑޯރ އިންޓަރނޭޝަނަލް ކްރޫޒް ޓާމިނަލްގައި އެމެރިކާގެ ނޭވީ މިސައިލް ޑިސްޓްރޯޔަރ، ބަނދަރު ކޮށްފައި - ސެޕްޓެމްބަރ 02، 2025

ވެނެޒުއޭލާ އިން ވަނީ އެމެރިކާ ގެ ތެލާއި، ބިމާއި މުދާ ވަގަށް ނަގާފައި ކަމަށާއި، އެ ތަކެތި އަނބުރާ ނުލިބެނީސް އެ އަސްކަރީ ހަރަކާތްތައް ހުއްޓާ ނުލައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ މި ވާހަކަ އަށް ރައްދު ދެއްވާ ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ ބުދަ ދުވަހު ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ހަގީގީ ނިޔަތް ސާފުވެއްޖެ ކަމަށެވެ.

މަދޫރޯ ވިދާޅުވީ ޓްރަމްޕްގެ ވާހަކަ އިން ހާމަވަނީ އެމެރިކާ އިން ހަގީގަތުގައި ބޭނުންވަނީ ވެނެޒުއެލާގެ ސަރަހައްދާއި ވަސީލަތްތަކަށް ވެރިވެގަތުމާއެކު އެ ގައުމުގެ ވެރިކަން ބަދަލުކުރުން ކަމަށެވެ. މީގެ ކުރިން އެމެރިކާ އިން ބުނެފައި ވަނީ ވެނެޒުއޭލާގެ ކައިރީގައި އެމެރިކާގެ އަސްކަރީ ބާރުތައް އިތުރުކުރަމުން ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

މަދޫރޯ ބުދަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާ އިން ބޭނުން ވެގެން އުޅެނީ، ވެނެޒުއޭލާ އެމެރިކާގެ ކޮލޮނީ އަކަށް ހަދައި، ގޮނޑި ކޮއްކޮ ސަރުކާރެއް ވެނެޒުއެލާގައި އުފައްދަން ކަމަށާއި އެހެން ނަމަވެސް އެފަދަ ސަރުކާރެއް، 47 ގަޑިއިރު ވެސް ދެމި އޮންނަން ނުކެރޭނެ ކަމަށް ވިދާޅުވި އެވެ.  

އަންގާރަ ދުވަހު ޓްރަމްޕް ޓްރުތު ސޯޝަލްގައި ލިޔުއްވީ ވެނެޒުއެލާގެ ވަށައިގެން އަސްކަރީ ބާރުތައް އިތުރުކުރައްވާނެ ކަމަށާއި، އަދި އެ ގައުމުން އެމެރިކާ ގެ "ތެލާއި، ބިމާއި، އަދި އެހެނިހެން ވަސީލަތްތައް ވަގަށް ނަގާފައިވާ ކަމަށާއި، އެތަކެތި އަނބުރާ ނުދޭހާ ހިނދަކު އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

ޓްރަމްޕް ބުދަ ދުވަހު ނޫސްވެރިންނަށް ވިދާޅުވީ ވެނެޒުއެލާ އިން ގާނޫނާ ހިލާފަށް އެމެރިކާ އަށް ލިބިފައި އޮތް "ހަކަތައިގެ ހައްގުތައް" އަތުލާފައިވާ ކަމަށާއި، އެމެރިކާ ބޭނުން ވަނީ އެ ހައްގުތައް އަނބުރާ ހޯދުން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ކަމަށް ބެލޭ ވެނެޒުއެލާ އިން ވަނީ އެ ގައުމުގެ ތެލުގެ ސިނާއަތް ސަރުކާރުގެ ބާރުގެ ދަށަށް 1970 ގެ އަހަރުތަކުގައި ގެނެސްފަ އެވެ. އޭގެ ކުރިން، އެމެރިކާގެ ކުންފުނިތަކަށް އެ ގައުމުގެ ތެލުގެ ސިނާއަތުގައި ވަރަށް ބޮޑު ދައުރެއް އޮތެވެ.

ޓްރަމްޕް ވަނީ އެމެރިކާ އިން ވެނެޒުއެލާ އަށް ހަމަލާތައް ދެވިދާނެ ކަމުގެ އިންޒާރު ވަރަށް ގިނަ ފަހަރު ދެއްވާފައެވެ، އަދި އެމެރިކާ އަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކޮންމެ ގައުމަކީ "ހަމަލާ ދެވިދާނެ" ގައުމެއް ކަމަށް ވިދާޅުވެ، އަވަށްޓެރި ގައުމު ކޮލަމްބިއާ އެއީ އެފަދަ ގައުމުތަކުގެ ތެރެއިން ގައުމަކަށް ވެދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަދޫރޯ ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ކޮލަމްބިއާ އަށް ގޮވާލެއްވީ ވެނެޒުއެލާ އާ އެކު ބައިވެރިވެ، ދެ ގައުމުގެ ސިޔާދަތު ދިފާއުކުރުމަށެވެ.

މަދޫރޯ ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ފޯނުން ގުޅުއްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅުތައް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލާސް މަދޫރޯއެމެރިކާ-ވެނެޒުއޭލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު