Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

އެމެރިކާ ސިފައިންގެ ފަރާތުން ޕެސިފިކް އަދި ކެރިބިއަން ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރާ 20 އަށްވުރެ ގިނަ ބޯޓަކަށް ހަމަލާދީ، މަދުވެގެން 90 މީހުން މަރާލާފައިވެއެވެ. ބައެއް ގާނޫނީ ތަޖުރިބާކާރުން ބުނަނީ އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ހަމަލާތަކެއް ކަމަށް.

ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 10:11
ޑިސެމްބަރު 15 ވަނަ ދުވަހު، ސެކްރެޓަރީ ޕީޓް ހެގްސެތު ގެ އިރުޝާދުގެ މަތިން ޖޮއިންޓް ޓާސްކްފޯސް ސަދަން ސްޕިއާރ އިން ވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ތިން އުޅަނދަކަށް ހަމަލާދީފައި

ޑިސެމްބަރު 15 ވަނަ ދުވަހު، ސެކްރެޓަރީ ޕީޓް ހެގްސެތު ގެ އިރުޝާދުގެ މަތިން ޖޮއިންޓް ޓާސްކްފޯސް ސަދަން ސްޕިއާރ އިން ވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގައި ތިން އުޅަނދަކަށް ހަމަލާދީފައި

އެމެރިކާގެ ސިފައިން ބުނެފައިވަނީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރާ ތިން ބޯޓަކަށް ހަމަލާދީ، އަށް މީހުން މަރާލާފައިވާ ކަމަށެވެ.

އެމެރިކާގެ ސަދާން ކޮމާންޑުން ސޯޝަލް މީޑިއާގައި ހަމަލާތަކުގެ ފޮޓޯތައް ޝާއިއުކޮށް ބުނެފައިވަނީ އެ ބޯޓުތައް "މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް އެނގިފައިވާ މަގުތަކުގައި ދަތުރުކުރަމުން އައިސް... މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އުޅުނު" ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރާ ގުރޫޕުތަކާ ދެކޮޅަށް ކުރިއަށްގެންދާ ވަރުގަދަވަމުންދާ ކެމްޕޭނެއްގެ ބައެއްގެ ގޮތުން، ފަހުގެ މަސްތަކުގައި ޕެސިފިކާއި ކެރިބިއަންގައި 20 އަށްވުރެ ގިނަ ބޯޓަކަށް ހަމަލާދީ، މަދުވެގެން 90 މީހުން މަރާލާފައިވެއެވެ.

ބައެއް ތަޖުރިބާކާރުން ބުނާގޮތުގައި މި ހަމަލާތަކުން ހަނގުރާމައިގެ ހަމަތަކަށް ހުއްދަދޭ ގާނޫނުތަކަށް ފުށުއަރާނެއެވެ.

އެމެރިކާ އިން ސެޕްޓެމްބަރު 2 ގައި ދިން ފުރަތަމަ ހަމަލާ އަކީ ވަކިން ސަމާލުކަން ލިބިފައިވާ ހަމަލާއެކެވެ. އެ ދުވަހު ފުރަތަމަ ދިން ހަމަލާ އިން ސަލާމަތްވި މީހުންނަށް ދެވަނަ ހަމަލާ އެއް ދީ އެމީހުން ވަނީ މަރާލާފަ އެވެ.

ގިނަ ގާނޫނީ ތަޖުރިބާކާރުން ބުނެފައިވަނީ ވެނެޒުއެލާގެ މަސްތުވާތަކެތީގެ ބޯޓެއް ކަމަށް ބުނާ ބޯޓަކަށް އެމެރިކާގެ ސިފައިން ދިން ދެވަނަ ހަމަލާއަކީ ގާނޫނާ ޚިލާފު ހަމަލާއެއް ކަމަށާއި، އަދި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއީ ގާނޫނީ އިޖުރާއަތެއް ނެތި މީހުން މަރާލުމެއް ކަމުގައި ބެލޭނެ ކަމެއް ކަމަށެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ކުރީގެ ޗީފް ޕްރޮސެކިއުޓަރު ބީބީސީވއަށް ބުނެފައިވަނީ އެމެރިކާގެ ސިފައިންގެ ކެމްޕޭނަށް އާންމު ގޮތެއްގައި ބަލާއިރު، އެއީ އާންމުންނާ ދެކޮޅަށް ރާވައިގެން ނިޒާމީ ގޮތެއްގައި ދިން ހަމަލާއެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ވައިޓް ހައުސްއިން ބުނެފައިވަނީ، އެމެރިކާ އަށް "ޒަހަރު" ގެންނަ އަދި އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުން ހަލާކުކުރާ" ކާޓެލްތަކުން އެ ގައުމު ރައްކާތެރިކުރުމަށް ހުއްދަދޭ ގާނޫނުތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

ވެނެޒުއެލާ އިން އެމެރިކާ އަށް މަސްތުވާތަކެތި ފޮނުވާ ކަމަށް ތުހުމަތުކޮށް، މި ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ރައީސް ނިކޮލަސް މަދޫރޯ އެކަހެރި ކުރުމަށް ކުރާ މަސައްކަތް ވަރުގަދަކޮށްފައިވެއެވެ.

އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާނިކޮލާސް މަދޫރޯމަސްތުވާތަކެތި ޓްރެފިކްކުރުންޕެސިފިކް ކަނޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ދިން ހަމަލާގައި ދެ ދަރިވަރުން މަރުވެއްޖެ، ޤާތިލު ހޯދުމުގެ މަސައްކަތް ކުރިއަށް

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު