Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025 | ބުދަ 13:27

ރޭގަނޑު ދަންވަރު ވަގުތުތަކުގައި ބައެއް ބިދޭސީން އާންމު މަސްލަހަތު ގެއްލޭ ކަންކަމާއި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީ ކަމަށް ބުނެ، ބުދަ ދުވަހުން ފެށިގެން ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީގައި އުޅޭ ބިދޭސީން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ހުއްޓުވާ ސުވާލުކުރުމަށް ރައީސް މުއިއްޒު ނިންމަވައިފި. ސަރުކާރުން ބުނަނީ މިއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް، ނަމަވެސް ހަމައެކަނި ބިދޭސީންނަށް އަމާޒުކޮށްގެން މިކަން ކުރުމަކީ ދެކޮޅު ޖެހޭ ކަމެއްތޯ ގިނަ ފަރާތްތަކުން ސުވާލުކުރޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 17 ޑިސެމްބަރު 2025 | ބުދަ 13:27
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް

ރޭގަނޑު ދަންވަރު 12 އިން ފެށިގެން ހެނދުނު 6 އާ ދެމެދު އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ބުދަ ދުވަހުން ފެށިގެން ހުއްޓުވާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭ ގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ މި ފިޔަވަޅު އަޅަން ނިންމަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ގޮތުން ދަންވަރު 12 ޖަހާއިރު ފެށިގެން ހެނދުނު 6 ޖަހާއިރު ނިމެންދެން އާންމު ތަންތަނުގަ އާއި މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅު އެޅުމަށް ބުދަ ދުވަހުގެ ރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ވަގުތުތަކުގައި ރަށު ތެރޭގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

މި ފިޔަވަޅުގެ ދަށުން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލު ކުރުމުގެ އިތުރުން ޤާނޫނާއި ޚިލާފު ކަންކަން ހިނގަމުންދާ ކަމަށް ފާހަގަވާނަމަ އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަން ފަށާނެ އެވެ.

މި ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ. ނަމަވެސް ހަމައެކަނި ބިދޭސީންނަށް އަމާޒުކޮށްގެން މި ފަދަ ކަމެއް ކުރުމަކީ ދެކޮޅުޖެހޭ ކަމެއްތޯ ގިނަ ފަރާތްތަކުން ސުވާލުކުރެ އެެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުބިދޭސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި
16 ޑިސެމްބަރު 2025

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025
ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ
16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
16 ޑިސެމްބަރު 2025

އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި

16 ޑިސެމްބަރު 2025
އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަނަމަ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮންނަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި
16 ޑިސެމްބަރު 2025

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި
16 ޑިސެމްބަރު 2025

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި

16 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި
14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
14 ޑިސެމްބަރު 2025

ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

14 ޑިސެމްބަރު 2025
ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް