Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ރައްޔިތުންނަށް ދޮގުހެދުން

2 އަހަރާ ބައިވި އިރު މި ސަރުކާރުން ހެދީ ހުސް ދޮގު، ކައުންސިލް އިންތިހާބަށް ދެތު ހަދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރޭ: ނާޒިލް

ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ދޮގު ވާހަކަފުޅުކަމަށާއި ކައުންސިލް އިންތިހާބަށް ދައްކަވާ ވާހަކަތައް ތެދުކަމަށް ގަބޫލުކުރާނެ ރައްޔިތެއް ނުހުންނާނެކަމަށް. ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކުރަމުން ގެންދާކަމަށާއި އަތޮޅު ކައުންސިލުތައް ނެތިހިނގައްޖެކަމަށް ނާޒިލް ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޑިސެމްބަރު 2025 | ބުދަ 14:42
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

2 އަހަރާއި ބައި ވެގެންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޮގެއް ނޫން އެއްޗެއް ނަހަދާ ކަމަށާއި، ކައުންސިލް އިންތިހާބާ ދިމާކޮށް އިތުރަށް ތެދެއް ހެދެން އޮންނާނެ ކަމަކަށް ގަބޫލެއް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރީގައި ދެއްކެވި ހުރިހާ ވާހަކަފުޅަކީ ސާފުސީދާ ދޮގު ވާހަކަފުޅުކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފުކަމަށެވެ. އަދި މާދަމާ ނުކުމެ ކައުންސިލު އިންތިޚާބު ހޯދުމަށް ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދައްކަވާނެ ވާހަކަފުޅުތަކަކީ ތެދެއްކަމަށް ގަބޫލުކުރާނެ ދިވެހި ރައްޔިތެއް މިހާރު ހުންނާނެކަމުގައި ގަބޫލެއް ނުކުރައްވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ސާފު، އަޅުގަނޑުމެންނަށް ވަރަށް ސާފު ދޮގުހަދަމުން، ހަދަމުން، ހަދަމުންގޮސް ދެ އަހަރާއި ބަޔާ ހިސާބަށް މި ދަނީ އިތުރަށް ތެދެއް ހެދެން އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަމަ ޙަޤީޤަތުގައި ވެސް ރައްޔިތުންނަށް ސާފުކޮށް އެނގޭ، ދޮގުހަދާ މީހެއްގެ ފަރާތުން ރައްޔިތަކަށް ވާނެ ފައިދާއެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަން. އަޅުގަނޑުމެން ކުރިމަތީގައި މި އޮތީ ދެހާސް ސައްބީހުގައި ކައުންސިލު އިންތިޚާބު ރަށްރަށުގެ ރައްޔިތުންނާ ގާތުން ޚިދުމަތްކޮށްދޭން މި އެމް.ޑީ.ޕީ
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް


ނާޒިލް ވިދާޅުވީ އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ގާތުން ޚިދުމަތްކޮށްދޭނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތުން ގާނޫނެއްގެ ތެރެއިން ބާރު ހޯދާ ދިފައިވާ ކަމަށެވެ. އެ ބާރު އެކި ގޮތްގޮތަށް ހަނިކުރަމުން އައިއިރު 2026 ގައި ކުރެވޭނެ އެންމެ ކުޑަކޮށް ކައުންސިލްތަކުގެ ސައިޒު ކުޑަކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އަތޮޅު ކައުންސިލުތައް ނެތި ހިނގައްޖެ ކަމަށާއި އަތޮޅު ކައުންސިލުގެ ބާރުވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުތަކުން ކޮށްދޭން އުޅެނީ ކޮންކަމެއްކަން މި ސަރުކާރުގެ ވެރިންނަކަށް ސާފެއް ނޫން ކަމަށާއި އެއީ އެ ބޭފުޅުން ދަންނަ ނިޒާމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އަތޮޅު ކައުންސިލުގެ މުހިންމުކަން އަދި އަތޮޅު ކައުންސިލު ބާރުވެރި ކުރުވަން ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ނޭނގޭތީ އަތޮޅު ކައުންސިލު އުވާލަން ޖެހުނުކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ އަންހެން ކަނބަލުން ބާރުވެރި ކުރުވާކަށް މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ސިޔާސީ ބާރުވެރިކަމެއް އަންހެން ބޭފުޅުންނާ ދޭކަށް ބޭނުންފުޅެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީން އަންހެން ބޭފުޅުން ބާރުވެރިކުރުވުމުގެ ގޮތުން ތިރީސްތިނެއް ޕަސެންޓް ކަށަވަރުކޮށްދެއްވާފައިވާކަމަށާއި އެއަށްވުރެ ކުޑައެއް ދިނެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިބްރާހިމް ނާޒިލްކައުންސިލް އިންތިޚާބުއަތޮޅު ކައުންސިލް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު

17 ޑިސެމްބަރު 2025
ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީ ގައި އުޅޭ ބިދޭސީން ހުއްޓުވާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2025

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

17 ޑިސެމްބަރު 2025
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި
16 ޑިސެމްބަރު 2025

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025
ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ
16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު