Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް-ކެމްބޯޑިއާ

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

ދިގު މުއްދަތަކަށް ދެމިއޮތް ސަރަހައްދީ މައްސަލަ ދެ ގައުމު ދެމެދުގައި ހޫނުވީ ޖުލައި 24 ގައި، ކެމްބޯޑިއާ އިން ތައިލެންޑަށް ރޮކެޓް ހަމަލާތަކެއް ދިނުމުން، ރައްދު ގައި ތައިލެންޑުން ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން.

ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 10:53
11 ވަނަ ގަރުނުގެ ފައްޅި އެއް ގެ ސަރަހައްދު ކެމްބޯޑިއާގެ ސިފައިންގެ މީހަކު ބަލަހައްޓަނީ

11 ވަނަ ގަރުނުގެ ފައްޅި އެއް ގެ ސަރަހައްދު ކެމްބޯޑިއާގެ ސިފައިންގެ މީހަކު ބަލަހައްޓަނީ

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ވިދާޅުވިތާ ގަޑިއިރުތަކެއް ފަހުން ހޮނިހިރު ދުވަހުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދު ހަނގުރާމަ ކުރިއަށްދާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރާކުލް ވިދާޅުވީ ކެމްބޯޑިއާ އިން އެގައުމުގެ ހުރިހާ ސިފައިން އަނބުރާ ގެންގޮސް އަދި ވަޅުލާފައިވާ ހުރިހާ ލޭންޑްމައިންތައް ނެގުމުން ހަނގުރާމަ ހުއްޓާލާނެ ކަމަށް ޓްރަމްޕް އަށް ދެންނެވި ކަމަށެވެ.

ތައިލެންޑް ގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި އެ ގައުމުގެ ބިމަށާއި ރައްޔިތުންނަށް އިތުރު ގެއްލުމެއް އަދި ނުރައްކަލެއް ނުވާނެ ކަމަށް އިހްސާސްވާންދެން ސިފައިންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. 

ދެ ފަރާތުން ވެސް ހޮނިހިރު ދުވަހު ސަރަހައްދީ ބޯޑަރުގައި ބޮމުގެ ހަމަލާތަކާއި ހަތިޔާރުތަކުގެ ހަމަލާ ބަދަލުކުރުން ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ކެމްބޯޑިއާގެ ދިފާއީ ވުޒާރާ އިން ބުނީ ތައި ފައިޓާ ޖެޓްތަކުން ހޮޓަލެއްގެ އިމާރާތަށާއި ބުރިޖަކަށް ބޮމުގެ ހަމަލާ ދިން ކަމަށެވެ. އަނެއްކޮޅުން ތައިލެންޑުން ރިޕޯޓް ކުރީ ކެމްބޯޑިއާގެ ރޮކެޓް ހަމަލާއެއް ގައި ގިނަ އަދަދެއްގެ އާންމުން ޒަހަމްވި ކަމަށެވެ.

އަލުން ފެށުނު ހަނގުރާމައިގައި މަދުވެގެން 21 މީހުން މަރުވެ، ދެ ފަރާތުން 700،000 މީހުން ރައްކައުތެރި ސަރަހައްދު ތަކަށް ބަދަލުކޮށްފައިވެއެވެ.

ޓްރަމްޕް ވިދާޅުވީ ހުސްވި ހަފްތާގެ ހޯމަ ދުވަހު ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ފެށުނު ހަނގުރާމަ ފޯނު ކޯލަކުން ހުއްޓުމަކަށް ގެންނަވާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ދެ ބޮޑުވަޒީރުންނާ ވާހަކަ ދެއްކެވުމަށް ފަހު ޓްރަމްޕް ސޯޝަލް މީޑިއާ ގައި ލިޔުއްވީ ދެ ގައުމުން ވެސް "މިރެއިން ފެށިގެން ހަނގުރާމަ ހުއްޓުވުމަށް" އެއްބަސްވެ، އޮކްޓޯބަރު މަހު އެމެރިކާގެ ރައީސްގެ ހާޒިރުގައި ސޮއިކުރި އެއްބަސްވުމަށް އަނބުރާ ދާން ނިންމި ކަމަށެވެ.

"ދެ ގައުމު ވެސް ސުލްހައަށް ތައްޔާރު،" އޭނާ ލިޔުއްވިއެވެ.

ނަމަވެސް އެމެރިކާގެ ރައީސް އާ އެކު ވާހަކަ ދެއްކެވުމަށް ފަހު ތައިލެންޑް އާއި ކެމްބޯޑިއާ ގެ ވެރިން ދިން ބަޔާންތަކުގައި އެއްވެސް ފަރާތަކުން އަވަހަށް ހަނގުރާމަ ހުއްޓުވުމުގެ ވާހަކަ ދައްކާފައެއް ނުވެއެވެ.

އަނުޓިން ވިދާޅުވީ ތައިލެންޑަކީ އިސްވެ ހަމަލާދޭ ފަރާތެއް ނޫން ކަމަށް ޓްރަމްޕަށް ދެންނެވި ކަމަށާއި، ހަނގުރާމަ ހުއްޓުމަކަށް އަންނާނީ ކެމްބޯޑިއާ އިން އެގައުމުގެ ސިފައިން އަނބުރާ ގެންގޮސް އެމީހުން  ސަރަހައްދީ ބޯޑަރު ގައި ވަޅުލާފައިވާ ލޭންޑްމައިންތައް ނައްތާލިކަން ސާބިތު ކުރުމުން ކަމުގައެވެ.

ކެމްބޯޑިއާގެ ލީޑަރުން ވިދާޅުވީ އެގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ހަނގުރާމަ ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ތައިލެންޑުން އެމެރިކާ އަށް އަންގާފައި ވަނީ ހަނގުރާމަ ވިޔަފާރި އާ ނުގުޅުވުމަށެވެ.

ދިގު މުއްދަތަކަށް ދެމިއޮތް ސަރަހައްދީ މައްސަލަ ދެ ގައުމު ދެމެދުގައި ހޫނުވީ ޖުލައި 24 ގައި، ކެމްބޯޑިއާ އިން ތައިލެންޑަށް ރޮކެޓް ހަމަލާތަކެއް ދިނުމުން، ރައްދު ގައި ތައިލެންޑުން ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ދެ ގައުމުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފައިވަނީ ހަމަލާތައް ފެށި ކަމަށެވެ.

ގިނަ އަދަދެއްގެ މީހުން މަރުވި ހަމަލާތަކަކަށް ފަހު ޓްރަމްޕާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މެދުވެރިވެ "ވަގުތުން އަދި ޝަރުތެއް ނެތި ހަނގުރާމަ ހުއްޓުވުމަށް" ދެ ގައުމުން ވެސް އެއްބަސްވިއެވެ. މިކަން ރަސްމީކޮށް އިއުލާނު ކުރީ އޮކްޓޯބަރު މަހު މެލޭޝިއާގައި އެމެރިކާގެ ރައީސްގެ ހާޒިރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނަމަވެސް، ދެ ފަރާތުން ވެސް ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ހިލާފުވުމުގެ ތުހުމަތުތައް ކުރަމުން ގޮސް، ތައިލެންޑުން ކެމްބޯޑިއާގެ ސިފައިން ލޭންޑްމައިންތައް ވަޅުލަމުންދާ ފޮޓޯ ތަކެއް ޝާއިއު ކުރި އެވެ. އެ މައިންތަކުގެ ސަބަބުން ތައިލެންޑުގެ ހަތް ސިފައިންގެ އަތްފައި ގެއްލިފައިވެއެވެ. ކެމްބޯޑިއާ އިން ބުނަނީ އެ ލޭންޑްމައިން ތަކަކީ 1980 ގެ އަހަރުތަކުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ވަޅުލާފައި ނުނެގި ހުރި މައިންތަކެއް ކަމުގައެވެ.

އެއަށްފަހު، ޓެންޝަން އިތުރުވަމުން ދިޔައެވެ.

ހުސްވި ހަފްތާ ގެ އާދީއްތަ ދުވަހު ހިނގި ހަމަލާތަކުގައި ތައިލެންޑުގެ ދެ ސިފައިން ޒަހަމްވުމާ ގުޅިގެން ތައިލެންޑުން ކެމްބޯޑިއާގެ ސަރަހައްދަށް ވައިގެ ހަމަލާތައް ދިނެވެ. ކެމްބޯޑިއާ އިން ރޮކެޓް ހަމަލާތަކުން ރައްދުދީފައިވެ އެވެ. 

ދެ ގައުމު ދެމެދުގައި އޮންނަ 800 ކިލޯ މީޓަރުގެ ބޯޑަރުގެ މައްސަލަ ދިގު ދެމިގެންދާތާ 100 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ސަރަހައްދީ ބޯޑަރު އެކުލަވާލީ 1907 ގައި ފަރަންސޭސި ސަރުކާރުންނެވެ. އެ ދުވަސްވަރު ކެމްބޯޑިއާ އޮތީ ފަރަންސޭސިވިލާތުގެ އަތްދަށުގަ އެވެ.

ތައިލެންޑް-ކެމްބޯޑިއާރައީސް ޑޮނަލްޑް ޓްރަމްޕްއަނުޓިން ޗާންވިރާކުލްބޯޑަރު ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް

ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް

10 ޑިސެމްބަރު 2025
މަސްރަހު ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފި

މަސްރަހު ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފި

09 ޑިސެމްބަރު 2025
ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި

ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި

11 ނޮވެމްބަރު 2025
ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު