Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސީރިއާ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025 | އާދީއްތަ 07:32

ރޮއިޓާސް އިން ހާމަ ކޮށްފައިވާ ގޮތުގައި ހަމަލާދިން މީހަކީ ސީރިއާ ގެ ސެކިއުރިޓީ ފޯސް ގެ މެމްބަރެއް ކަމަށެވެ. ސީރިއާ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ސަރުކާރުން ހިންގާ ޓީވީ ޗެނަލަކަށް ބުނީ އެ މީހާއަކީ ސެކިއުރިޓީ ފޯސްތަކުގައި ލީޑަރޝިޕް ރޯލެއް އޮންނަ މީހެއް ނޫން ކަމަށް.

ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 07:32
އެމެރިކާ ސިފައިންނާއި ސީރިއާ ސިފައިން ގުޅިގެން ހިންގާ ތަމްރީން ތަކެއްގެ ތެރެއިން

އެމެރިކާ ސިފައިންނާއި ސީރިއާ ސިފައިން ގުޅިގެން ހިންގާ ތަމްރީން ތަކެއްގެ ތެރެއިން | އޭއެފްޕީ

ހޮނިހިރު ދުވަހު މެދުތެރޭ ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންނާއި ތަރުޖަމާނެއްގެ ގަޔަށް ބަޑިޖަހާ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އެމެރިކާ ސިފައިންގެ ގަޔަށް ބަޑި ޖެހީ އައިސިސްގެ މެމްބަރެއް ކަމަށް ބުނާ މީހެކެވެ. އޭނާ ބަޑި ޖެހީ އެމެރިކާ-ސީރިއާ ގުޅިގެން ހިންގަމުން ދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.

Advertisement - worldAdvertisement

އެމެރިކާގެ ސިފައިން މަރުވި މައްސަލައިގައި ރައީސް ޓްރަމްޕް ވަނީ  އޭނާގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ހިތާމަފާޅު ކުރައްވާފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާން ޝޯން ޕާނެލް ހާމަ ކުރި ގޮތުގައި ހާދިސާ ހިނގީ ޔުނެސްކޯގެ ލިސްޓުގައި ހިމެނޭ ޤަދީމީ، އާސާރީ ޝަހަރެއް ކަމަށްވާ ޕަލްމީރާ ގައެވެ. އެ ސަރަހައްދަކީ، އައިސިސް ގްރޫޕުން ސީރިއާގައި އެމީހުންގެ ބާރު އެންމެ ފުޅާ ކުރި ދުވަސްވަރު އެ ގްރޫޕުން ކޮންޓްރޯލް ކުރި ތަނެކެވެ.

މި ހަމަލާ އަކީ "އައިސިސްގެ މީހަކު އެކަނި އަމިއްލަ އަށް ދިން ހަމަލާއެއް" ކަމަށާއި، އޭނާ އަށް "ހަމަލާދީ މަރާލާފައިވާ" ކަމަށް އެމެރިކާ ސެންޓްރަލް ކޮމާންޑުން އެކްސްގައި ބުންޏެވެ.

ހަމަލާ ގައި އެމެރިކާގެ އިތުރު ތިން ސިފައިން ޒަޚަމްވި އެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕް ވިދާޅުވީ މިއީ "އެމެރިކާއަށާއި ސީރިއާ އަށް އައިސިސް އިން ދިން ހަމަލާ އެއް،" ކަމަށެވެ. 

މި ހާދިސާ އަކީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ސީރިއާގައި ދިގު މުއްދަތަކަށް ވެރިކަން ކުރި ބަޝާރު އަލް-އަސަދު އިދިކޮޅު ބާރުތަކުން ވެރިކަމުން ވައްޓާލުމަށްފަހު، އަދި އެ ގައުމުން އެމެރިކާ އާ ގުޅުން އަލުން ފެށުމަށްފަހު ރިޕޯޓް ކުރެވުނު މި ބާވަތުގެ ފުރަތަމަ ހާދިސާއެވެ.

ޓްރަމްޕް ވިދާޅުވީ ފާއިތުވި މަހު ވައިޓް ހައުސް އަށް ޒިޔާރަތް ކުރެއްވި ސީރިއާގެ އާ ރައީސް އަހްމަދު އަލް-ޝަރާ "މި ހަމަލާއިން ވަރަށް ބޮޑަށް ކޯފާވެ ކަންބޮޑުވެވަޑައިގެންފައިވާ" ކަމަށެވެ.

ސީރިއާގެ ޚާރިޖީ ވަޒީރު އަސާދު އަލް-ޝައިބާނީ އެކްސްގައި ޕޯސްޓް ކުރައްވައި ވިދާޅުވީ މި ޓެރަރިސްޓް ހަމަލާ ވަރަށް ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސީރިއާ ސިފައިންގެ އޮފިޝަލަކު ބުނީ ހަމަލާދިނީ "ޕަލްމީރާ ގައި ހުންނަ އަސްކަރީ ބޭސްއެއްގައި ސީރިއާ އަދި އެމެރިކާ އޮފިސަރުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް،" ކަމަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލަކު އަލް އަރަބިއްޔާ އަށް މައުލޫމާތު ދެމުން ބުނީ ބަޑީގެ އަޑު އިވުނީ އެ ބޭސް ގެ ތެރެއިން ކަމަށެވެ.

ނަމަވެސް، ޕެންޓަގަން އޮފިޝަލަކު އޭއެފްޕީ އަށް ބުނީ މި ހަމަލާ "ދިނީ ސީރިއާ ގެ ރައީސް ގެ ކޮންޓްރޯލް ނެތް ސަރަހައްދެއް ގައި" ކަމަށެވެ.

ތިން އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ ހަމަލާދިން މީހަކީ ސީރިއާ ގެ ސެކިއުރިޓީ ފޯސް ގެ މެމްބަރެއް ކަމަށެވެ. ސީރިއާ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ސަރުކާރުން ހިންގާ ޓީވީ ޗެނަލަކަށް ބުނީ އެ މީހާއަކީ ސެކިއުރިޓީ ފޯސްތަކުގައި ލީޑަރޝިޕް ރޯލެއް އޮންނަ މީހެއް ނޫން ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ސޫރިއާއައިސިސްޕަލްމީރާއަޙުމަދު އަލް-ޝަރާއުބައްޝާރު އަލް-އަސަދް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

5

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި

29 އޮކްޓޯބަރު 2026
ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި
28 އޮކްޓޯބަރު 2026

ސޫރިޔާއާއި އުރުދުން ގުޅޭ ނަޞީބު ބޯޑަރު އަލުން ހުޅުވަނީ، ވައިގެ ހަމަލާތައް ބެލުމަށް ދެ ޤައުމުން ސަލާމަތީ ކޮމިޓީއެއް އެކުލަވާލަނީ

28 އޮކްޓޯބަރު 2026
ސޫރިޔާއާއި އުރުދުން ގުޅޭ ނަޞީބު ބޯޑަރު އަލުން ހުޅުވަނީ، ވައިގެ ހަމަލާތައް ބެލުމަށް ދެ ޤައުމުން ސަލާމަތީ ކޮމިޓީއެއް އެކުލަވާލަނީ
20 އޮކްޓޯބަރު 2026

ދެކުނު ސޫރިޔާގެ އަވަށަކަށް ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވަދެގަނެ ގެއެއް ބަލައިފާސްކޮށްފި

20 އޮކްޓޯބަރު 2026
ދެކުނު ސޫރިޔާގެ އަވަށަކަށް ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވަދެގަނެ ގެއެއް ބަލައިފާސްކޮށްފި
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
09 އޮކްޓޯބަރު 2026

13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި

09 އޮކްޓޯބަރު 2026
13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި
01 އޮކްޓޯބަރު 2026

އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި

01 އޮކްޓޯބަރު 2026
އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި
30 ސެޕްޓެމްބަރު 2026

އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި

30 ސެޕްޓެމްބަރު 2026
އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި
21 ސެޕްޓެމްބަރު 2026

ސޫރިޔާގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހުން ޒަޚަމްވެއްޖެ

21 ސެޕްޓެމްބަރު 2026
ސޫރިޔާގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހުން ޒަޚަމްވެއްޖެ
18 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ

18 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
02 ސެޕްޓެމްބަރު 2026

ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި

02 ސެޕްޓެމްބަރު 2026
ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް