Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ވެނެޒުއެލާ

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުން ބޮޑު ތެޔޮ ޓޭންކަރެއް ހިފައި، މަދޫރޯގެ ސަރުކާރަށް އަމާޒުވާ ޕްރެޝަރު ވަރުގަދަ ކޮށްފައިވާއިރު، ވެނެޒުއެލާ އިން ބުނީ އެމެރިކާގެ މި އަމަލަކީ ބައިނަލް އަގުވާމީ ކަނޑުފޭރުން ކަމުގައެވެ.

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 08:55
ވެނެޒުއެލާ ކައިރިން އެމެރިކާ އިން ހިފި ތެޔޮ ޓޭންކަރު

ވެނެޒުއެލާ ކައިރިން އެމެރިކާ އިން ހިފި ތެޔޮ ޓޭންކަރު

ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުން ތެޔޮ ޓޭންކަރެއް އެމެރިކާ ސިފައިން ހިފައިފިއެވެ. އެމެރިކާ ސިފައިން ތެޔޮ ޓޭންކަރަށް އަރާ މަންޒަރު އާންމުވެފައި ވާއިރު މިކަން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އިއުލާނު ކުރައްވާފަ އެވެ. މިއީ ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާ ސަރުކާރުން ކުރަމުންދާ ކެމްޕޭން ގައި ވަރަށް ސީރިއަސް ހަރުފަތަކަށް ދިއުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަޅުގަނޑުމެން ވެނެޒުއެލާގެ ކަނޑުން ޓޭންކަރެއް ހިފައިފިން - ބޮޑު ޓޭންކަރެއް، ވަރަށް ބޮޑު، ހަގީގަތުގައި މިހާތަނަށް ހިފި އެންމެ ބޮޑު ޓޭންކަރު،" ޓްރަމްޕް ވައިޓް ހައުސް ގައި ނޫސްވެރިންނަށް ވިދާޅުވިއެވެ.

ޓޭންކަރަށް އެމެރިކާ ސިފައިން އަރާ ވީޑިއޯއެއް ރިލީޒްކުރައްވައި، އެޓާނީ ޖެނެރަލް ޕާމް ބޮންޑީ އެ ޓޭންކަރު ސިފަކުރެއްވީ "ވެނެޒުއެލާ އާއި އީރާނުން ސެންކްޝަން ކޮށްފައިވާ ތެޔޮ ބަދަލުކުރުމަށް ބޭނުން ކުރާ ކުރޫޑް އޮއިލް ޓޭންކަރެއް" ކަމުގައެވެ.

ވެނެޒުއޭލާ އިން މި އަމަލު ކުށްވެރިކޮށް، މިއީ "ބައިނަލްއަގުވާމީ ކަނޑުފޭރުން" ކަމަށް ބުނެފައިވެއެވެ.

ޓްރަމްޕް ސަރުކާރުން ވެނެޒުއެލާ އަށް ތުހުމަތު ކުރަނީ އެމެރިކާ އަށް މަސްތުވާތަކެތި ފޮނުވަމުންދާ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ރައީސް މަދޫރޯ އެކަހެރި ކުރުން އިތުރުކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ.

ވެނެޒުއެލާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ގައުމެވެ. ވެނެޒުއޭލާ އިން ބުނަމުން އަންނަނީ އެމެރިކާ އިން އުޅެނީ އެ ގައުމުގެ ތެލުގެ ޚަޒާނާ އަށް އަތްގަދަ ކުރަން ކަމަށެވެ.

މިފަދަ ހާދިސާ ތަކާ ގުޅިގެން ވެނެޒުއޭލާގެ ތެލުގެ ސަޕްލައި އަށް ހުރަސް އެޅިއްޖެ ނަމަ ދުނިޔޭގެ ތެލުގެ އަގަށް ބަދަލު އަތުވެދާނެ ކަމަށް ތަޖުރިކާބާރުން ވަނީ ބުނެފައެވެ.

ނިކޮލާސް މަދޫރޯއެމެރިކާ-ވެނެޒުއެލާވެނެޒުއޭލާތެޔޮ ޓޭންކަރު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
05 ޑިސެމްބަރު 2025

މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ

05 ޑިސެމްބަރު 2025
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
05 ޑިސެމްބަރު 2025

ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ
01 ޑިސެމްބަރު 2025

ރައީސް ޓްރަމްޕްގެ ފަރާތުން ވެނެޒުއޭލާ އަށް ކުރިމަތިވަމުން އަންނަ "ނުރައްކާތަކާ" ކުރިމަތިލުމަށް އެހީތެރިވެ ދިނުމަށް ރައީސް މަދޫރޯ އޯޕެކް ގެ މެމްބަރުންނަށް ގޮވާލައްވައިފި

01 ޑިސެމްބަރު 2025
ރައީސް ޓްރަމްޕްގެ ފަރާތުން ވެނެޒުއޭލާ އަށް ކުރިމަތިވަމުން އަންނަ "ނުރައްކާތަކާ" ކުރިމަތިލުމަށް އެހީތެރިވެ ދިނުމަށް ރައީސް މަދޫރޯ އޯޕެކް ގެ މެމްބަރުންނަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު