Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ މުޒާހަރާ

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

އެ މީހުން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްްތަކާއި، އދ. ހިމެނޭހެން ބައިނަލްއަގުވާމީ ފަރާތްތަކާއި، އިދިކޮޅު އެމްޑީޕީ އާއި ބައެއް ސިޔާސީ ލީޑަރުން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 01:18
 ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން

ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން

ރައީސް މުއިއްޒު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ކުރި މުޒާހަރާ ގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ. 

 އެ މުޒާހަރާ ފެށީ ގައުމީ ފެންވަރު ގައި ފާހަގަކުރާ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10، ގަ އެވެ. ހުޅުމާލޭ ކަންނެލި ޖެޓީން ފެށި މުޒާހަރާ ގައި ބައިވެރިވި 49 އުޅަނދު އެ ދުވަހު މެންދުރު މިސްރާބު ޖެހީ މާލެއަށެވެ. މާލޭގެ ނެރުތައް އެމްއެންޑީއެފް އާއި ފުލުހުން ބަންދުކުރިއިރު އެ ރޭ ދޯނިތައް ނަގިލި ލައިގެން ތިބީ މާލޭ އެއް ނަންބަރު ފާލަމުގެ ބޭރުން ކަނޑުގަ އެވެ. ނަމަވެސް ޖެހިގެން އައި ޑިސެންބަރު 11 ވަނަ ދުވަހު އިހުތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް ފުލުހުން އަރައިގެންނެވެ.

Advertisement - newsAdvertisement

ދޯނިތަކަށް އަރާ ފުލުހުން ހައްޔަކުރި މީހުންގެ ތެރޭގައި ހިމެނެނީ ބީކޭއެމްޔޫ ގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) ގެ ނައިބު ރައީސް މުހައްމަދު ސޯދިގުގެ އިތުރުން ދެ ކެޔޮޅުން ކަމަށްވާ މުހައްމަދު މުސްތަފާ އާއި އަބްދުއްލަތީފު އަހުމަދު އެވެ. ބާސިރު މިއާ، ރިއާޒުއްދީން، ގޮލަމް ސަރޮވާރު އަދި މުހައްމަދު މިޓޫ ގެންދިޔައީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ. އެއީ އެ ދޯނިތަކުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ.

އެ މީހުން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްްތަކާއި، އދ. ހިމެނޭހެން ބައިނަލްއަގުވާމީ ފަރާތްތަކާއި، އިދިކޮޅު އެމްޑީޕީ އާއި ބައެއް ސިޔާސީ ލީޑަރުން ވަނީ ގޮވާލާފަ އެވެ. 

އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ފަރާތްތަށް ދޫކޮށްކުމުން ބީކޭއެމްޔޫ އިން ނެރެނު ނޫސްބަޔާނެއްގައި ބުނީ،  މިއީ އެ މަސްވެރިން ދޫކޮށްލަން ގޮވާލައި، އިންސާފު ހޯދުމަށް ޔޫނިއަންގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އިހުތިޖާޖު ގެ ބައިވެރިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ނަމަވެސް އެ ޔޫނިއަންގެ މެންބަރުންގެ ހަނު ތިބުމަށް އިންކާރު ކުރި ކަމަށް ބީކޭއެމްޔޫ އިން ބުނެފައިވެ އެވެ. އެ ސާބިތުކަމުން ދައްކުވައިދެނީ މަސައްކަތްތެރިން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހައްގުތައް ދިފާއު ކުރުމުގެ ބާރު އޮތްކަން ކަމަށް ވެސް ބީކޭއެމްޔޫއިން ބުނެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަސްވެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ބީކޭއެމްޔޫއިން ވަނީ ދީފަ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ސުލްހަވެރިކަމާ އެކު ވަނީ އިހުތިޖާޖު ކޮށްފަ އެވެ. ބޮޑުކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލާ ކުރި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރަށް 3 ޑިމާންޑެއް ކޮށްފަ އެވެ. އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

ބީކޭއެމްޔޫބޮޑު ކަންނެލި މަސްވެރިކަންމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

މިނިސްޓަރ ޝިޔާމް ވަނީ ބޮޑުކަންނެލި ގަންނަ ކުންފުނި ތަކުގެ ދަށުވެފަ؛ ބޭނުމަކީ ބޮޑު ކަންނެލި މަސްވެރިން މަގުމަތިކޮށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު