Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ނާޒިލް

ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

14 ޑިސެމްބަރު 2025 | އާދީއްތަ 07:38

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ސަރުކާރު ޖަވާބުދާރީކުރުވަން ދެއްކޭނެ ވާހަކަތައް މަދުވާނެ ކަމަށެވެ. ރައީސް މުއިއްޒަށް ބޭނުންވާހާ ގޮތަކަށް ޚަރަދުކުރެއްވޭނެ ކަމަށް ހީވެފައިވާ ކަމަށް ނާޒިލް ވިދާޅުވެ ބަޖެޓް ޚަރަދުކުރި ގޮތް ސާފު ނުވާތީ ފާޑުވިދާޅުވިއެވެ. މަސްވެރިން ވެސް ސަރުކާރާ މެދު މާޔޫސްވެފައިވާ ކަމަށް ނާޒިލް ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޑިސެމްބަރު 2025 | އާދީއްތަ 07:38
އެމްޑީޕީގެ ޕީޖީ ލީޑަރ, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ޕީޖީ ލީޑަރ, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަނީ

ސަރުކާރުން ކުރާ ކަންކަމާ މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ބޭރުގައި ކުރިއަށް ދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާ އެއް ނުނެރެވިއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވެސް ދެން ދެއްކޭނެ މާ ގިނަ ވާހަކަ އެއް ނުއޮންނާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީ އިން ރަނގަޅު ނަތީޖާ އެއް ނެރެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ރައީސް ޚަރަދުކުރެއްވުމަށް އާއްމުން ފައިސާ ދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހީފުޅު ވެފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިލް ވަނީ ބަޖެޓް ޚަރަދުކޮށް މި އަހަރުވެސް ސަރުކާރުން ހުސްކޮށްލި ގޮތް ސާފު ނުވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

"އެ ބޭފުޅާ އަށް ހީފުޅުވަނީ އެހެން ބޭނުންހާ ގޮތަކަށް ކުރަން އޮންނަ ކަމެކޭ އެއީ. އެކަން ހައްލުކުރެވެން އެބަ އޮތް. ކައުންސިލް އިންތިޚާބުގައި ނޫނެކޭ ބުނެވިއްޖެއްޔާ އެއީ ސަރުކާރު އިތުރަށް ވިސްނަން ޖެހޭ ހިސާބަށް ގެންދިއުން. ވިސްނޭނީ ރައްޔިތުން ވޯޓުލާ ނަތީޖާ ނެރޭ ގޮތަކުން." ނާޒިލް ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ރައްޔިތުންގެ މަޖިލީހުން، ރައީސް އާއި ހަވާލުކުރަނީ ބޭނުންވާހާ ގޮތަކަށް ޚަރަދުކުރަން ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. ނަމަވެސް އެކަންކަމަށް ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ސަރުކާރުން އިޖާބަ ނުދޭކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ނާޒިލް ވަނީ މިހާރު މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ވެސް އަލިއަޅުވާލާފަ އެވެ. އެކަހަލަ އެތައް މަސައްކަތްތެރިންނެއް ސަރުކާރާއި މެދު އިންތިހާ އަށް މާޔޫސްވެފައިވާ ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ އެ މެސެޖު ސަރުކާރަށް ދޭންވީ ވަގުތު ކަމަށް ނާޒިލް ވިދާޅުވި އެވެ.

އިބްރާހިމް ނާޒިލްރައީސް ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

13 ޑިސެމްބަރު 2025
 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
10 ނޮވެމްބަރު 2025

ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު

10 ނޮވެމްބަރު 2025
ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް