Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓޫ

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިންގެ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ މިހާރު 16 ރުފިޔާއަށް ގަންނަ މަހުގެ އަގު އެންމެ ދަށްވެގެން 16 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މަސްވެރިންނަށް ރައީސް ވައުދުވި މަސް ގަންނަ އެންމެ ދަށް އަގު 20 އަށް ހަދައި ދިނުމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 11:57
މަސްވެރިން ދުވަހުގެ ޖަލްސާ

މަސްވެރިން ދުވަހުގެ ޖަލްސާ

މަސްވެރިން ގެ ދުވަހު ގައުމުގެ ރައީސް މަސްވެރިންނަށް ބޮޑު ހަދިޔާއެއް ދިން ވާހަކަ އަޑު އެހީމު އެވެ. އެހާ ބޮޑު ޝައުގުވެރިކަމެއް އެކަމަކަށް ނުދެވުނެވެ. އެކަމަކު ފޭސްބުކް އަށް ވަދެ ހަވާލީމަ އެއް ވީޑިއޯއެއް ބަޔަކު ޝެއާކޮށްފަ ހުންނަތަން ފެންނާތީ ބަލާނުލާ ހަމަ ފަރުޖައްސާ ވެސް ނުލެވުނެވެ. "ޝުކުރިއްޔާ ރައީސް މުޢިއްޒު" މިހެން ޖަހާފައި އެ ޕޯސްޓު ޝެއާ ކޮށްފައި ހުންނަނީ ވެސް ދަންނަ ގާތް ރައްޓެހިންނެވެ. ސަރުކާރުގެ ވަޒީފާ ތަކުގަޔާއި ސިޔާސީ މަގާމު ތަކުގައި އުޅޭ މީހުންނެވެ. 

ކުއްލިއަކަށް ޝައުގުވެރިވީ އެ ވީޑިއޯ އަކީ ރައީސް މުޢިއްޒު މަސްވެރިން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަ ފުޅަކަށް ވީތީ އެވެ. މީހަކު ރަނގަޅު ވާހަކައެއް ދައްކާފާނޭ ހިތާ އެ ވީޑިއޯ މަ ޕްލޭ ކޮށްލީމެވެ. އަސްތާ އެ ފެށީ ވެސް މިއަދުން ފެށިގެން ގެންނަ މައިގަނޑު އެއް ބަދަލޭ ކިޔާފަ އެވެ. މަ ހިތަށް އެރީ މިވާނީ ހާދަ ބޮޑު ހަދިޔާ އަކަށްތާ އެވެ. ހަމަޖެހިލާފައި ބާކީ ބައި އަޑު އަހާލީ ވަރަށް ޝައުގުވެރި ކަމާއެކު އެވެ. ރައީސް ވިދާޅުވި ގޮތަށް ބުނެލަދޭނަމެވެ.

މިއަދުން ފެށިގެން ގެންނަ މައިގަނޑު އެއް ބަދަލަކީ، ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯ އިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގަ މަސް ގަންނަ ގޮތަށް ބަދަލުކުރުން ..އާދެ އެންމެ މަތީ ރޭޓޭ މިދެންނެވީ 16 ރުފިޔާ އަށް މިހާރު މިގަންނަ ގަތުން އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މިގެންނަނީ އެންމެ ދަށްވެގެން 16 ރުފިޔާ އަށް ގަންނަގޮތަށް މިފްކޯ އިން މާދަމައިން ފެށިގެން ފަށާނެ
ރައީސް ޑރ މުހައްމަދު މުޢިއްޒު

އަސްތާ ޖަލްސާގެ ބައިވެރިން އަތާ ފަޔާ ޖަހާ އަޑުން މުޅި ޖަލްސާ ގުގުމާލީ އެވެ. އެކަމަކު މަ ގާތަށް އައީ ހިންޏެވެ. ހިތަށް އެރީ ރައްޔިތުން ގަމާރު ވެފައި މުޢިއްޒު ގެ ޓްރިކް މޮޅީބާ އެވެ. ނޫނީ މުޢިއްޒު އަށް ވެސް ބުނެވުނު އެއްޗެއް ހަމަ ނޭނގުނީ ބާ އެވެ. ދެން މައްސަލައެއް ނެތެވެ. އެ ބުނި އެއްޗެއް ބުނީ އެއްވެސް ކަހަލަ އަޅައިގަތުމެއް ނެތި ސާފު ސީދާ ކޮށެވެ. 

ފުރަތަމަ ކަމަކަށް މަސް ގަންނަ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ވައުދު ފުޅެކެވެ. އެއީ ރިޔާސީ އިންތިހާބު ގައި މަސްވެރިންނަށް ވެވަޑައިގަތް ވައުދުފުޅެވެ. އޭގެ ދެ އަހަރު ފަހުން މަސް ވެރިންގެ ދުވަހު މި ވިދާޅުވަނީ 16 ރުފިޔާ އަށް ގަންނަ ގަތުން އެންމެ ދަށް ވެގެން 16 ރުފިޔާ އަށް ގަންނަން ފަށާނެ ކަމަށެވެ. އަޅެފަހެ މީހަކު އަޖައިބު ނުވާނެ ހެއްޔެވެ. މަހުގެ އަގު އެރީ މައްޗަށްތަ ނޫނީ ދިޔައީ ދަށަށްތަ؟ މި ސުވާލު ސުވާލެއްގެ ގޮތުގައި ބާއްވާފައި މުޢިއްޒު ގެ މި ވީޑިއޯ ސޯޝަލް މީޑިއާ ގައި ޝެއަރ ކުރި މީހުންނަށް އެ ބުނާ އެއްޗެއް ސާފު ކޮށްދެން މިހިސާބުން މަޖުބޫރު ވެއްޖެ އެވެ. ބަޔަކަށް ނުވަތަ މީހަކަށް ކަމެއް އޮޅިފައި އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ރައީސް އެ ވިދާޅުވި އެއްޗެއް ވަރަށް ތިލަ ކޮށްލާނަމެވެ. އެ ވިދާޅުވީ ތިމަންނަ މީގެ ކުރިން ދުވަހަކު ވެސް ނުކައި ތަނަކަށް ފުރާފައެއް ނޯންނޭ، މާދަމައިން ފެށިގެން ތިމަންނަ ހަޔާތަށް ގެންނަ އެންމެ ބޮޑު ބަދަލަކީ، ދެން ތަނަކަށް ފުރާނީ ކައިގެންނެވެ. މިވަރުން ގެޓު ވާނެ ކަމަށް އުންމީދު ކުރަމެވެ. 

 ރައީސް  މުޢިއްޒު އެވެ. މަސްވެރިންނަށް ހަދިޔާ އަަކަށް ތި ދިނީ ލަނޑެއް ނޫންތޯ އެވެ. 16 ރުފިޔާ އަށް މަސް ގަންނަ ގަތުން 20 އަށް ބަދަލު ކޮށްދޭނަމެ ވިދާޅުވި ނަމަ ވަރަށް ފުރިހަމަ ވީހެވެ. އެކަމަކު ތިޔަ އުޅުއްވީ ހިންޏަށް ހަކުރު އޮޅުވާލަން ނޫންތޯ އެވެ.

ރައީސް މުޢިއްޒު ގެ މި ބަސްކޮޅު ސޯޝަލް މީޑިއާގައި ޝެއަރ ކުރާ މީހުންނަށް ބުނަން އޮތީ، ތަނަކުން ހަމަ އެއްޗެއް ފެނުނަސް އޭގެ އަގުމަގު ކުރަންވާނީ އޭގެ އަސްލު އެނގިގެންކަން ދަންނަންވާނެ އެވެ. ސޯޝަލް މީޑިއާގައި ޝުކުރިއްޔާ ރައީސް މުޢުއްޒު ޖަހާފައި ޝެއާކުރެވުނު ޕޯސްޓުން ތިޔަވަނީ ކޮހަކަށެވެ. ތިމާގެ އަގު ހިފައްޓާނީ ތިމާ އެވެ. މުޢިއްޒު ހީފުޅު ކުރެއްވީ ހިންޏަށް ހަކުރު އޮޅުވާލެވިދާނެ ކަމަށެވެ. ދިރިތިބީންނަށް މިއީވެސް އިބުރަތެކެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްވެރިކަންމަސްވެރިންގެ ދުވަސްމަހުގެ އަގުމިފްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

14 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު