Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

ހިދުމަތް ނުދޭ ޑިވަލޮޕްމަންޓް ބޭންކް އަށް 10 މެނޭޖަރުން ހޯދަނީ

16 ޑިސެމްބަރު 2025 | އަންގާރަ 14:23

ޑިވެލޮޕްމަންޓް ބޭންކް އިން 10 މެނޭޖަރުންނާއި 3 އެގްޒެކެޓިވުން ހިމެނޭ 13 މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި. މި ބޭންކް އުފެއްދީ 2024 މެއި 16 ގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުން ކަމަށާއި އޮކްޓޯބަރު 13 ގައި ލައިސަންސް ދީފައިވާނަމަވެސް އަދި ހިދުމަތް ނުދެ އެވެ. މިދިޔަ އޮގަސްޓް މަހާ ހަމައަށް އެ ބޭންކަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ

އަލީ ޝާހީން
އަލީ ޝާހީން | 16 ޑިސެމްބަރު 2025 | އަންގާރަ 14:23
ރައީސުލްޖުމްހޫރިއްޔާ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވަނީ - ފައިލް

ރައީސުލްޖުމްހޫރިއްޔާ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވަނީ - ފައިލް

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ގެ އެއްވެސް އޮޕަރޭޝަނެއް ނުފަށައި ހިދުމަތް ނުދިން ނަމަވެސް އެ ބޭންކް އަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

ޑިވެލޮޕްމަންޓް ބޭންކް އިން ގެޒެޓުގައި ކުރި އިއުލާނެއް ގައި ވާގޮތުން،  ޑީބީއެމަށް 10 މެނޭޖަރަކާއި ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އެ މަގާމުތަކަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ވެސް ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ބޭންކް އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭ އިން ލައިސަންސް ދީފައިވަނީ 13 އޮކްޓޯބަރު 2024 ވީ އާދިއްތަ ދުވަހުއެވެ. އެ ބޭންކު ހިންގަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ނަމަވެސް، އަދިވެސް އެ ބޭންކުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ނޭނގެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތު ތަކަށް ބަލާއިރު ބޭންކު އުފެއްދި ތާރީހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެތަނަށް 11،998،267 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ ބޭންކް އިފްތިތާހުކުރުމާ އެކު އައްޔަންކުރި އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަހުންވަނީ އެނާ މަސައްކަތް ކުރެއްވި މުއްދަތު ގައި މުސާރަ ލިބިފައިނުވާ ކަމަށް ވިދާޅުވެ އެމައްސަލަ ހުށައަޅުއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރާއްޖޭގެ ތަރައްޤީމިނިސްޓަރ މުޙައްމަދު ސަޢީދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
14 ޑިސެމްބަރު 2025

އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

14 ޑިސެމްބަރު 2025
އަންނަ އަންގާރަ ދުވަހު ރައީސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
14 ޑިސެމްބަރު 2025

ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް

14 ޑިސެމްބަރު 2025
ސަރުކާރުން ކުރާ ކަންކަމާއި މެދު ސަރުކާރަށް ވިސްނޭ ހިސާބަށް ދެވޭނީ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެގެން: ނާޒިލް
13 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި

13 ޑިސެމްބަރު 2025
 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދީފި
13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
13 ޑިސެމްބަރު 2025

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

13 ޑިސެމްބަރު 2025
ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި
13 ޑިސެމްބަރު 2025

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް