Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމު ދަތުރުފަތުރުގެ ބިލު

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

ޓެކްސީ ޑްރައިވަރުން ކުރި ހަޅުތާލަކީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ކޮށްގެން ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ލައިސަންސް ބާތިލް ކުރެވޭ ނަމަ އެއީ ބަލައިގަނެވޭ ކަމެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2025 | ބުރާސްފަތި 14:22
އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

އެއްގަމު ދަތުރުފަތުރުގެ ބިލުގައި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ހިމަނާފައިވާ ކަންކަމުގައި ބޮޑު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި އެހެން ޤާނޫނަކާއި ޚިލާފު ވެގެން ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

އިހަކަށް ދުވަހު ޓެކްސީ ޑްރައިވަރުން ކުރި ހަޅުތާލަކީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ކޮށްގެން ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ލައިސަންސް ބާތިލް ކުރެވޭ ނަމަ އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެނިހެން ޤާނޫނުތަކަށް އަމަލު ނުކުރުމުން ލައިސަންސް ބާތިލްކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"މިއަދު ލައިސެންސް ލިބުމާއި އެކު މާދަމާ ޓެކްސީ ޑްރައިވަރަކަށް ވުން އެބަ ޖެހޭ ބަދަލުކުރަން. އެ ނިޔަތުގައި މަސައްކަތް ކުރާ ނަމަ އެއީ ރަނގަޅު ކަމެއް ނޫން. އެބަ ހުރި އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން. " ނާޒިލް ވިދާޅުވި އެވެ.

ސަރުކާރުން ބުނި ގޮތުގައި މި ޤާނޫނު އެކުލަވާލާފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމެނޭގޮތަށެވެ. ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު ހުށަހަޅުއްވާފައިވާ އެ ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ ބުރާސްފަތި ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދިނުމަށް ވަނީ ހުށަހަޅާފަ އެވެ. އެ ބިލުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށް ފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ނަމަ ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ މަގު ފަހިވާނެ ކަމަށެވެ.

އިބްރާހިމް ނާޒިލްޑްރައިވިންގ ލައިސަންސްމުހައްމަދު ޝަމްއާން ވަހީދު ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
10 ނޮވެމްބަރު 2025

ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު

10 ނޮވެމްބަރު 2025
ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު