Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު

އަބަދުވެސް ސަރުކާރަކުން ވެރިކަމާ ހަވާލުވާއިރު ދައްކަން ޖެހޭ ލޯނުތައް ހުންނާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2025 | ހޯމަ 13:43
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު

މި ސަރުކާރަށް ފަހު ދެން އަންނާނެ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ ކަމަށް ރައީސް މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އަބަދުވެސް ސަރުކާރަކުން ވެރިކަމާ ހަވާލުވާއިރު ދައްކަން ޖެހޭ ލޯނުތައް ހުންނަ ކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ނިމިދިއަ އެމްޑީޕީ ސަރުކާރުން ވެސް އޭގެ ކުރީ ސަރުކާރުން ނެގި ލޯނުތައް ދެއްކި ކަމަށެވެ.

އަބަދުވެސް ސަރުކާރެއް ހަވާލުވާއިރު ލޯނުތަކެއް ހުންނާނެ. ނިމިދިއަ ސަރުކާރުން ވެސް އޭގެ ކުރީ ސަރުކާރުން ނަގާފަހުރި ބޮޑެތި ލޯނުތައް، އެއަރޕޯޓް ރަންވޭ ހަދަންށާ ދަރުމަވަންތަ ހޮސްޕިޓަލް ހަދަންށާ ބްރިޖު ހަދަންށާ ނެގި ފައިސާ ދެއްކި. އެކަމު އަބަދު އެ ލޯނުގެ ވާހަކަޔާ އަޅައިގަނެގެނެއް ނޫޅޭ. 2028 ނިމޭއިރު، ދެން ހަވާޅުވާ ސަރުކާރަކުން ދައްކަން ޖެހޭ ލޯނެއް އޮންނާނެތޯ؟
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ދަރަނި ހުންނާނެ ކަމަށެވެ. ދެން އަންނާނެ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި އޮންނާނެ ކަަމަށާ ސަބަބަކީ ރާއްޖޭގެ މާލީ ނިޒާމު ބައްޓަންވެފައި ވަނީ ދަރަންޏާ ނުލާ ގައުމު ހިންގޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއަށް ފަހު ނާޒިލް ވަނީ ބަޖެޓް ފޮތުގައި ތަފްސީލުތައް ހިމަނާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. ނާޒިލް ވިދާޅުވީ މިހާރު ބަޖެޓު ފޮތް އޮންނަ ގޮތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިދިކޮޅު މެންބަރުން ނޫން ކަމަށެވެ. އެގޮތުން މި ހަފްތާގައި އޮޑިޓަރ ޖެނެރަލް ވެސް މަޖިލީހުގެ ކޮމިޓީއެއްގައި އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވި ކަމަށް މެންބަރު ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލްވެސް ފާހަގަކުރެއްވި ތަފްސީލު ނެތީމަ ދިމާވާ ކަންތައްތަކުގެ ވަހަކަ. އޮޑިޓަރ ޖެނެރަލް ވެސް އެ ވިދާޅުވަނީ އެކަން ހިނގާ ދިޔައީމައޭ ތަފްސީލު މިނިސްޓްރީން ދެއްވަނީ،
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރުގެ އެ ސުވާލާ ގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ މި އަހަރުގެ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު އެއްވެސް ވަރަކަށް ނުހިމަނަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

މާލެ ސަރަހައްދުގައި ތިބޭ ބަޔަކަށް ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުންނަ މައްސަަލަތަކެއް ނޭނގޭނެ ކަމަށާއި، އެ ސިއްހީ މަރުކަޒަކަށް ބަދަލު ގެންނަން އެނގޭނީ އެ ރަށަކަށް ސީދާ ގޮސް އެ ތަނުގެ ހާލަތު އަންދާޒާ ކުރެވުމުން ކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެ އެކުލެވިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މަޝްރޫއުތައް ހިންގާ މެކޭނިޒަމް ތަފާތުވާނެ ކަމަށާ ބަޖެޓުގައި އެ ތަފްސީލުތައް ނުހިމަނަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު މެންބަރު ނާޒިލް ވަނީ އެހެންވީމާ ދެން ކޮންމެ އަހަރަށް ވެސް ބަޖެޓް ފިގަރ އެއް ޖަހާލުމަށްފަހު ނިންމާލަން ވީ ނޫންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އަދި އެ އަހަރެއް ނިމިދިއުމުން ދެން ޖެހިގެން އަންނަ އަހަރު ތަފްސީލު ލިޔާ ގޮތަށް ނިޒާމު ބަދަލު ކުރަން ވީ ނޫންތޯ ވެސް ނާޒިލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރުއިބްރާހިމް ނާޒިލްރައްޔިތުންގެ މަޖިލިސް2026 ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު