Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ-އުރުދުން ގުޅުން

ސޫރިޔާއާއި އުރުދުން ގުޅޭ ނަޞީބު ބޯޑަރު އަލުން ހުޅުވަނީ، ވައިގެ ހަމަލާތައް ބެލުމަށް ދެ ޤައުމުން ސަލާމަތީ ކޮމިޓީއެއް އެކުލަވާލަނީ

28 އޮކްޓޯބަރު 2026 | ބުދަ 07:18

އުރުދުންގެ އަސްކަރިއްޔާއިން ސޫރިޔާއަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ބަޔަކު މަރުވުމާ ގުޅިގެން، އެ ހާދިސާ ތަހުގީގުކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފައި. މި ނުތަނަވަސްކަމަށްފަހު، ސޫރިޔާއާއި އުރުދުން ގުޅޭ މައި ބޯޑަރު ހުރަސް އަލުން ހުޅުވައި، ދަތުރުފަތުރާއި ވިޔަފާރީގެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ފެށުމަށް ވެސް ވަނީ ނިންމާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2026 | ބުދަ 07:18
ސޫރިޔާގައި ހުރި އައިއެސްގެ އަމާޒުތަކަށް ކަމަށް ބުނެ އުރުދުނުން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ ބާއްވަނީ

ސޫރިޔާގައި ހުރި އައިއެސްގެ އަމާޒުތަކަށް ކަމަށް ބުނެ އުރުދުނުން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ ބާއްވަނީ | އޭއެފްޕީ

ސޫރިޔާއާއި އުރުދުން ގުޅޭ މައި ބޯޑަރު ހުރަސް އަލުން ހުޅުވުމަށް ސޫރިޔާގެ ސަރުކާރުން ނިންމައިފި އެވެ. އަދި އުރުދުންގެ އަސްކަރިއްޔާއިން ސޫރިޔާގެ ދެކުނުގައިވާ އައިއެސްގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއްގައި ހަތް މީހަކު މަރުވި މައްސަލަ، ދެ ޤައުމު ގުޅިގެން ތަހުގީގުކުރުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.

ސޫރިޔާއާއެކު އޮންނަ އުރުދުންގެ ހަމައެކަނި ބޯޑަރު ހުރަސް ކަމަށްވާ ނަޞީބު ބޯޑަރު ބުދަ ދުވަހުގެ ހެނދުނު އަލުން ހުޅުވާނެ ކަމަށާއި، އާންމު ދަތުރުވެރިންނަށާއި ވިޔަފާރި މުދާ އުފުލުމަށް ބޯޑަރުގެ ޚިދުމަތް ކުރިއެކޭ އެއްފަދައިން ފެށޭނެ ކަމަށް ސޫރިޔާގެ ދައުލަތުގެ ޚަބަރު ފަތުރާ ސަނާއިން ރިޕޯޓުކުރި އެވެ. މި ބޯޑަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ، އުރުދުންގެ ދެކުނުގައިވާ ކަރަކް ސިޓީގެ ފައްޅިއަކަށް ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އޭގެ ރައްދެއްގެ ގޮތުން އުރުދުންގެ ވައިގެ ސިފައިން ހޯމަ ދުވަހު ސޫރިޔާގެ ދެކުނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ހުކުރު ދުވަހު ކަރަކްގެ ފައްޅިއަށް ދިން މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އައިއެސްއިންނެވެ.

Advertisement - worldAdvertisement

ހަމަލާތަކުގެ ނުރައްކަލާއި އާންމުންގެ ފުރާނަ ގެއްލުން

އުރުދުންގެ އަސްކަރިއްޔާއިން ސޫރިޔާގެ ދަރްޢާއާއި އަލް-ސުވައިދާގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި ހަތް މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ހިމެނޭއިރު، އޭގެ ތެރެއިން ތިން މީހުންނަކީ ކުޑަކުދިންނެވެ. ސޫރިޔާގެ ކާރިސާތަކާއި ކުއްލި ހާލަތްތައް ބަލަހައްޓާ ވުޒާރާއިން ހާމަކުރި ގޮތުގައި، ހަމަލާ އަމާޒުވި ހަތަރު ސަރަހައްދެއްގައި އެ ވުޒާރާގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ހަމަލާތަކަށްފަހު އުފެދުނު ކުއްލި ނުތަނަވަސްކަން ފިނިކުރުމަށް ޓަކައި، ހާދިސާގެ އަސަރުތައް ބަލައި މުރާޖާކުރާނެ ސަލާމަތީ ކޮމިޓީއެއް އެކުލަވައިލުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ. ދެ ޤައުމުގެ އެންމެ އިސް ޑިޕްލޮމެޓުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކަށްފަހު، ޚާރިޖީ ވަޒީރުން ވަނީ މި ކަން ބަޔާނެއް މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފަ އެވެ.

ޖާސޫސީ މައުލޫމާތާއި ޑިޕްލޮމެޓިކް މަޝްވަރާތައް

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލް-ޞަފަދީ ވިދާޅުވީ، ހޯމަ ދުވަހުގެ ވައިގެ ހަމަލާތަކަކީ ޖާސޫސީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، "އުރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށް ހިންގަން އުޅުނު ކަށަވަރުވެފައިވާ ނުރައްކާތަކާއި، ވަގުތުން ވަގުތަށް ކުރިމަތިވެދާނެ ނިރުބަވެރިކަމުގެ އަމަލުތައް ނައްތައިލުމަށް" ދިން ހަމަލާތަކެއް ކަމަށެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްޢަދު އަލް-ޝައިބާނީއާ ފޯނުން ވާހަކަފުޅު ދައްކަވަމުން، އާންމު ރައްޔިތުންތަކެއްގެ ފުރާނަ ގެއްލިގެން ދިޔުމާ ގުޅިގެން އަލް-ޞަފަދީ ވަނީ "ހިތާމަ" ފާޅުކުރައްވާފަ އެވެ. ހަމަމިއާއެކު، ސޫރިޔާގެ އިސްތިގުލާލަށާއި ޤައުމީ ހަމަޖެހުމަށް އުރުދުންއިން ފުރިހަމައަށް އިހުތިރާމުކުރާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މި ހަމަލާތައް ދީފައި ވަނީ ސޫރިޔާ ސަރުކާރާ މަޝްވަރާކުރުމަށްފަހު ކަމަށް އުރުދުންއިން ކުރިން ބުނި ނަމަވެސް، ދިމިޝްޤުން ވަނީ އެ ކަން ދޮގުކޮށްފަ އެވެ.

އަލަށް އެކުލަވައިލާ ސަލާމަތީ ކޮމިޓީގެ މައިގަނޑު މަގުސަދަކީ މި ހަމަލާތައް ތަހުގީގުކުރުމުގެ އިތުރުން، ކުށެއްނެތް އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ޓަކައި "ނިރުބަވެރިންގެ ނުރައްކާތަކާ ދެކޮޅަށް މައިދާނީ އަދި ޖާސޫސީ ގޮތުން ގުޅުން ބަދަހިކުރުން" ކަމަށް ބަޔާނުގައި ވެ އެވެ.

މި ހަމަނުޖެހުންތަކުގެ އަސްލަކަށްވި ކަރަކްގެ ފައްޅިއަށް ދިން ބަޑީގެ ހަމަލާގައި ނުވަ މީހުން މަރުވެ، 34 މީހަކު ޒަޚަމުވި އެވެ. އުރުދުންގެ ސަލާމަތީ ބާރުތަކުން ވަނީ އެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި އެއްބަނޑުއެއްބަފާ ދެބެއިންނާއި އެ މީހުންގެ ޅިޔަނު ހައްޔަރުކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ސޫރިޔާ-އުރުދުންއައިސިސްނަޞީބު ބޯޑަރުކަރަކް ސިޓީއައިމަން އަލް-ޞަފަދީއަސްޢަދު އަލް-ޝައިބާނީ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

އުރުދުންގެ ވައިގެ ހަމަލާތަކެއްގައި ސޫރިޔާއިން ކުޑަކުދިން ހިމެނޭހެން ހަތް މީހުން މަރުވެއްޖެ

27 އޮކްޓޯބަރު 2026
އުރުދުންގެ ވައިގެ ހަމަލާތަކެއްގައި ސޫރިޔާއިން ކުޑަކުދިން ހިމެނޭހެން ހަތް މީހުން މަރުވެއްޖެ
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
30 ސެޕްޓެމްބަރު 2026

އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި

30 ސެޕްޓެމްބަރު 2026
އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި
29 އޯގަސްޓު 2026

ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟

29 އޯގަސްޓު 2026
ހޫދުއަށް ޓެރަރިޒަމްގެ ދައުވާތައް ސާބިތުވުން: އެފްބީއައި އިން ފޯނު ތަހުލީލުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވޭތަ؟
25 ޖޫން 2026

ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި

25 ޖޫން 2026
ސޫރިޔާ އަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް ބުނެފި
16 މެއި 2026

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި
26 ޑިސެމްބަރު 2025

އެމެރިކާ އާ ގުޅިގެން ސީރިޔާގައި އައިއެސް ޖަމާއަތުގެ އިސްވެރިޔަކު މަރާލައިފި ކަމަށް ބުނެފި

26 ޑިސެމްބަރު 2025
އެމެރިކާ އާ ގުޅިގެން ސީރިޔާގައި އައިއެސް ޖަމާއަތުގެ އިސްވެރިޔަކު މަރާލައިފި ކަމަށް ބުނެފި
20 ޑިސެމްބަރު 2025

އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި

20 ޑިސެމްބަރު 2025
އުރުދުން އާ ގުޅިގެން އައިސިސްގެ ޓާގެޓު ތަކަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާ ދީފި
15 ޑިސެމްބަރު 2025

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

15 ޑިސެމްބަރު 2025
ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް