Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޙްމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި

މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރުވެފައި ވާއިރު، ޝިއާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައި ނުވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އޮތްކަމަށް ނުފެންނަ ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 08:38
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.

ނަމަވެސް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އަދި ދައުލަތުން އެ މައްސަލަ މި އަހަރުގެ ޖެނުއަރީ މަހު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ދައުވާ ފޯމް ބާތިލުކޮށް ހައިކޯޓުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕީޖީ އޮފީހުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ބަލަމުންދާ މި މައްސަލަ ޕީޖީ އޮފީހުން އިތުރަށް މުރާޖާ ކުރިއިރު، މި މައްސަލައިގެ ހާދިސާ ހިނގައިދިޔަފަހުން 7 އަހަރު ފާއިތުވެފައިވާތީއާއި، އިސްތިއުނާފު ރައްދުވާ އަހުމަދު ޝިޔާމުގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅިފައި ނުވާތި މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އޮތްކަމަށް ޕީޖީ އޮފީހަށް ނުފެންނާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް ބަޔާންކޮށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލްކޮށްދިނުމަށް އެދި ޕީޖީ އޮފީހުން 29 ޖޫން 2025 ގައި އަންގާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ) އަދި (ނ) އައި ހަވާލާދީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އަޙްމަދު ޝިޔާމްދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުވީ.އައި.ޕީ އިމާރާތްކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު