Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ.މިލަންދޫ ސިއްހީ މަރުކަޒު

މިލަންދޫ ސިއްހީ މަރުކަޒުގައި ބަހައްޓަން ގެނެސްފައިވާ އެކްސްރޭ މެޝިން ބޭރުގައި ބައްޓާފައި ހުންނަތާ ގާތްގަނޑަކަށް 5 މަސް

ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާ ކުރުމަށް ރައްޔިތުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2025 | ބުރާސްފަތި 08:01
ށ. މިލަންދޫ އެކްސްރޭ މެޝިން

ށ. މިލަންދޫ އެކްސްރޭ މެޝިން

ށ.މިލަންދޫ ސިއްހީ މަރުކަޒުގައި ބަހައްޓަން ގެނެސްފައިވާ އެކްސްރޭ މެޝިންގައި ސަތަރިއަޅައި ބޭރުގައި ބައްޓާފައި ހުންނަތާ ގާތްގަނޑަކަށް 5 މަސްވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

އެކްސްރޭ މެޝިން ބާއްވާފައި އޮތީ މަތި ނިވާވާ ގޮތަށް ޓިނު ޖަހާފައި އޮތް ތަނެއްގައެވެ. ދެ ފަރާތުން ހާމައަށް އޮތްއިރު، އެކްސްރޭ މެޝިން ވަށައި ހުދު ސަތަރިއަޅާ ވަނީ ބަންދުކޮށްފައެވެ. އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކުރެއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާ ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި، އެކްސްރޭގެ ޚިދުމަތަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެރަށަށް ގެނެސްފައިވާ އެކްސްރޭ މެޝިންއަކީ ށ.ފުނަދޫ ހޮސްޕިޓަލް ބޭރުގައި ވަރަށް ދުވަހު ބާއްވާފައި އޮތް އެކްސްރޭ މެޝިނެއް ކަމަށާއި، އެއީ ބޭނުން ކުރެވޭ ފެންވަރުގެ އެއްޗެއް ކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެޝިން މިލަންދޫއަށް ގެނެސް ބާއްވާފައި އޮންނަތާ ގާތްގަނޑަކަށް 5 މަސްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފުނަދޫގެ ހޮސްޕިޓަލްގެ ދެ ބައި އިންނާނެ. އެއީ ބޮޑު ކުރި ބަޔާއި ހޮސްޕިޓަލްގެ ކުރީގެ ބައި. އެ ދޭތެރޭގައި ގާތްގަނޑަކަށް ބުނަންޏާ ދެ އަހަރު ތިން އަހަރު ވަންދެން ބާއްވަބާއްވާފައި ސަތަރި އައު ކޮށްލަ ކޮށްލާފައި އެ ގޮތަށް ބާއްވާފައި އޮތް އެއްޗެއް. އޭތި މިތަނަށް ގެނައީމަ އަޅުގަނޑުމެން މި ބުނިން ކީއްކުރަން މިތަނަށް ގެނައި އެއްޗެއްހޭ. ތިއީ ފޮނަދޫ ދެ ހޮސްޕިޓަލް ދޭތެރޭގައި ބައިންދާފައި ހުރި އެއްޗެކޭ. ބޭނުންނުކުރެވޭތީއެއްނުންހޭ ބައިންދާފައި އޮތީ. ދެން މިތަނަށް ގެނެސްފައި ބާއްވާފައި.
މިލަންދޫ ކައުންސިލް މެންބަރު އަހުމަދު ޝިޔާމް

އެރަށުގެ ރައްޔިތުން މައުލޫމާތުދޭ ގޮތުގައި އެކްސްރޭ މެޝިން ބެހެއްޓުމަށް އެރަށަށް ދިޔަ ޓީމް މިހާރު ވަނީ ފުރައިގެން ގޮސްފައެވެ. ސިއްހީ ޚިދުމަތްތެރިންނާ ހަވާލާދީ މިފަދަ ތަނެއްގައި މިމެޝިން ނުބެހެއްޓޭނެ ކަމަށާއި ރައްކާތެރި ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނާޒިމްއާ ސުވާލުކުރި ނަމަވެސް ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.

ށ.މިލަންދޫ ސިއްހީ މަރުކަޒުއެކްސްރޭ މެޝިންށ.ފުނަދޫ ހޮސްޕިޓަލްއަޙްމަދު ޝިޔާމް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

10 ޑިސެމްބަރު 2025
2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ
31 އޮކްޓޯބަރު 2025

ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި

31 އޮކްޓޯބަރު 2025
ދ.މީދޫ އަށް ފިޝަރީޒް މިނިސްޓަރ ވަޑައިގަތުމުން މަސްވެރިންގެ ކަންބޮޑުވުންތައް ބަންޑުންކޮށް، ލަދުގަންނަވާލައިފި
03 ޖުލައި 2025

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި

03 ޖުލައި 2025
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންގޮސްފި
03 ޖޫން 2017

ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން

03 ޖޫން 2017
ރޯދަ ހަދީޔާއެއްގެ ގޮތުގައި ސައުދީ އެމްބަސީން އިސްލާމީ މަރުކަޒުގައި ރޯދަ ވީއްލުން
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު