Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ މަޝްރޫއު

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

ޔާމީން ވިދާޅުވީ ރަސްމާލެ އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށާއި ރައީސް މުއިއްޒު އެކަމަށް އިއުތިރާފުވެފައިވާ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 18:40
މި ސަރުކާރުގެ ފުރަތަމަ މަޝްރޫއު "ރަސްމާލެ"

މި ސަރުކާރުގެ ފުރަތަމަ މަޝްރޫއު "ރަސްމާލެ"

ފުށިދިއްގަރުފަޅު ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއަކީ މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހު ފެށުނު، މި ސަރުކާރުގެ އެންމެ ބޮޑު ކޮރަޕްޝަން މަޝްރޫއު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލެ އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. އަދި އެކި ފަހަރު މަތިން ދެއްކެވި ވާހަކަތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މަޝްރޫއު ފެށުމާއެކު މި ސަރުކާރުން ކުރި މަސައްކަތަކީ ބިންތައް އެތަން މިތަނުން ނުވެސް އެނގޭ ބަޔަކަށް ބަހާލުމުގެ މަސައްކަތް ކަމަށެވެ.

އެކަމާ ދެކޮޅަށް އަޑު އުފުލީމަ ދެން އެބުނީ މިތަނުން ދެން ހިކޭ ކޮންމެ ވެލިފުކަކީ ދިވެހިންގެ އެއްޗަކަށް ވާނެއޭ ކިޔާފަ. ޑިއު ޑިލިޖަންސެއް، މިއީ ކިހާވަރެއްގެ މަސައްކަތެއް ކަމެއް. ދާނީ ކިހާވަރެއް ކަމެއް ބެލުމެއް ނެތި މިކަން މި ކުރަނީ. އެއީ އެންމެ ބޮޑު ކޮރަޕްޝަން. މި ސަރުކާރު އައުމާއެކު ފެށި ކޮރަޕްޝަނަކީ ރަސްމާލެ މަޝްރޫއު. އަދިވެސް އެކަން ތަހުގީގެއް ނުކުރޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް

ޔާމީން ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގައި ނުޖަހާ ކުރިއަށް ގެންދެވޭނެ މަޝްރޫއު އެއް ނޫނެވެ. މިހާރު ސަރުކާރުން އެކަން ކުރާ ގޮތުން އޭގައި ކޮރަޕްޝަން ހިމެނޭނެ ކަމަށް ޔާމީން ވަނީ މީގެ ކުރިން ވެސް ތުހުމަތު ކުރައްވާފަ އެވެ.

ކުރިޔަށް އޮތް ފަސް މަސް ދުވަސް ތެރޭގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެ ބިން ހިއްކާ ނިމޭ އިރު 15000 ގޯތި ދޫކުރާނެ ފަރާތްތަށް ކަނޑައަޅާ ނިމިފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ.

ރަސްމާލެ ހިއްކާ ނިންމާނެ ތަފާތު ތާރީހުތައް ރައީސް މުއިއްޒު މިވަނީ އެކި ފަހަރު މަތިން ދެއްވާފަ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ފެށީ 8 މަސް ދުވަސް ތެރޭ މަސައްކަތް ފުރިހަމަވާނެ ކަމަށް ބުނެ އެވެ.

ނަމަވެސް މިހާރު އޭގެ ފަހުން 22 މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވާ 1100 ހެކްޓަރުގެ ތެރެއިން އަދި ނިމިފައިވަނީ އެންމެ 16 އިންސައްތަ ބިން ހިއްކުމުގެ މަސައްކަތެވެ. ސަރުކާރުގެ ބަޖެޓުން އެންމެ ލޯ ލާރިއެއްވެސް ހަރަދު ނުކުރާނަމޭ ރައީސް މުއިއްޒު ވިދާޅުވި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން މިހާރުވެސް ވަނީ އެތައް މިލިއަން ޑޮލަރެއް ހަރަދު ކޮށްފަ އެވެ. އަދި ކުޅޭ ކުޅިވަރަކަށް ހަދާ މަސައްކަތުގެ ކޮންޓްރެކްޓަރުން ވެސް އެކި ފަހަރުމަތިން ބަދަލު ކޮށްފައިވެ އެވެ.

ފުށިދިއްގަރު ފަޅުއަބްދުﷲ ޔާމީންރައީސް މުއިއްޒުކޮރަޕްޝަން ރަސްމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު