Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މިރޭ ކުނޫޒު ޖަލްސާއެއް، ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނެ!

9 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:23

އިދުކޮޅު ޕާޓީތަކުގެ ހަރަކާތްތައް މެދުކަނޑާލީ އީދު ބަންދަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 09:23
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުންއައި ޖަލްސާތަކާއި ހަރަކާތްތައް އަޟްހާ އީދަށް މެދުކަނޑާލުމަށްފަހު، ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށް ނިންމައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހާއްސަ ޖަލްސާއެއް ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އަމީތު ވިދާޅުވީ މި ޖަލްސާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އީދު ބަންދަށްފަހު ޖަލްސާތަކާއި ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު ރައީސް މައުމޫން ފިޔަވާ އެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުން ތިއްބެވީ ޖަލުގަ އެވެ. ރައީސް މައުމޫން ޖަލަށް ނުލެއްވި ނަމަވެސް ރައީސް މައުމޫންގެ އަރިހުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހުންނެވީ ވަކި މުއްދަތެއް ނެތްގޮތަށް ޖަލުގައެވެ. އަދި އެމަނިކުފާނާއެކު މަސައްކަތް ކުރައްވާ ގިނަ މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުންވެސް ދަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުންތައް ތަންފީޒު ކުރަމުންނެވެ.

އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން ހުންނެވީ 12 އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަލި ހާލުކޮޅުގަިއ އައިޖިއެމްއެޗްގައި ފަރުވާ ދެއްވަމުން ގެންވަނިކޮށް، އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރަށް ޖަލަށްކުމަށް ހުކުމް ކޮށްފަ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރުގަ އެވެ.

ކުރީގެ ރައީސް ނަޝީދު ޖަލަށްލުމަށްފަހު ސަރުކާރަށް އައި ޕްރެސަރު ކުޑަކުރުމަށް މަޝްވަރާތަކަށް އޭރު ގޮވާލެއްވި ގޮތަށް ގާސިމް ޖަލަށްލެއްވުމަށްފަހު، ސަރުކާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް އަނެއްކާވެސް ވަނީ މަޝްވަރާއަށް ގޮވާލައްވާފަ އެވެ. ނަމަވެސް ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންނުވާކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް