Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

އުމުރުފުޅުން 80 އަހަރުގެ ޒިޔާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ފުއްޕާމޭގެ އިންފެކްޝަނެއްގެ އަލާމާތްތަކާ އެކު އެވެ. ޒިޔާ ނިސްބަތްވެ ވަޑައިގަންނަވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފައި ވަނީ އެކަމަނާ އަށް ފަރުވާ ދެމުން އަންނަނީ އިންޓެންސިވް ކެއާ ޔުނިޓުގައި ކަމަށެވެ.

80 އަހަރުގެ ޚާލިދާ ޒިޔާ ފުއްޕާމޭގެ އިންފެކްޝަނާއެކު ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލަތު ވަރަށް ނާޒުކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 06:08
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޞިއްޙީ ޙާލު ގޯސްވެ، ސީރިއަސް ވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ.

އުމުރުފުޅުން 80 އަހަރުގެ ޒިޔާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ ފުއްޕާމޭގެ އިންފެކްޝަނެއްގެ އަލާމާތްތަކާ އެކު އެވެ. ޒިޔާ ނިސްބަތްވެ ވަޑައިގަންނަވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފައި ވަނީ އެކަމަނާ އަށް ފަރުވާ ދެމުން އަންނަނީ އިންޓެންސިވް ކެއާ ޔުނިޓުގައި ކަމަށެވެ.

ބީއެންޕީގެ މިރްޒާ ފަޚްރުލް އަލަމްގީރު ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ޒިޔާގެ ޙާލު އިތުރަށް ސީރިއަސް ވެފައިވާ ކަމަށް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަނާގެ ޙާލުކޮޅު ރަނގަޅުވުމަށް އެދި ވީހާ ވެސް ގިނަ ބަޔަކު ދުއާ ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން ބީއެންޕީގެ ބައެއް އިސް ލީޑަރުންނާއި، އެ ޕާޓީ އަދި ޒިޔާ އަށް ސަޕޯޓު ކުރާ ބައެއް މެމްބަރުން ވަނީ ހޮނިހިރު ދުވަހު ހޮސްޕިޓަލް އަށް ޒިޔާރާތްކޮށް، ޒިޔާގެ ޞިއްޙީ ޙާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރައްވައިފަ އެވެ.

އިނގިރޭސި ބަހުން ނެރެމުން އަންނަ ނޫހެއް ކަމަށް ދަ ޑެއިލީ ސްޓާ އިން ބުނެފައި ވަނީ، ޒިޔާ އަށް ހިތުގެ މައްސަލަ ތަކާއި، ފުއްޕާމޭގެ މައްސަލަ ތަކާއި، ކިޑްނީގެ މައްސަލަ ތަކާއި، ހަކުރު ބަލީގެ މައްސަލަ އަދި ލޮލުގެ ބައްޔެއް ވެސް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ޒިޔާގެ ހިތުގައި ދާއިމީ ޕޭސް މޭކަރެއް ހަރުކޮށްފައިވާއިރި، ކުރިން ހިތުގެ ސްޓެންޓިން ޕްރޮސީޖާ ވެސް ހައްދަވާފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

ޒިޔާގެ ޞިއްޙީ ޙާލު ސީރިއަސްވުމާ ގުޅިގެން، 2008 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅެމުން އަންނަ އޭނާގެ ދަރިފުޅު ޠާރިޤު ރަޙުމާން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ގޮވާލާފައި ވަނީ، އޭނާގެ މަންމަ އަށް އަވަސް ޝިފާ އަކަށް އެދި ދުއާ ކޮށްދިނުމަށެވެ.

އުމުރުން މިހާރު 60 އަހަރުވެފައިވާ ރަޙުމާތް އިތުރަށް ވިދާޅުވީ، ބަންގްލަދޭޝް ރައްޔިތުންގެ ފަރާތުން މިހާރު ވެސް ޒިޔާ އަށް ލިބެމުން އަންނަ އިޙުތިރާމާއި، ލޯތްބާއި އަދި ހެޔޮ ބަސް ތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ރަޙުމާން ވިދާޅުވެފައި ވަނީ އޭނާގެ އަމިއްލަ ކޮންޓްރޯލްގައި ނެތް ޙާލަތްތަކެއްގެ ސަބަބުން މިވަގުތު ބަންގްލަދޭޝް އަަށް ވަޑައިގެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް، ކުއްލި ޙާލަތް ތަކުގައި މަންމައެއްގެ ލޯބި ލިބުމަށް ކޮންމެ ދަރިއެއްގެ ކިބައިގައި ހުންނަ ވިސްނުން އޭނާގެ ވެސް ހުންނަ ކަމަށް ރަޙުމާން ވިދާޅުވެފައިވެ އެވެ.

ޒިޔާ ވަނީ ތިން ދައުރު ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. ނަމަވެސް، 2018 ވަނަ އަހަރު ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުން ވަނީ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި، އޭނާ ޖަލަށް ލައިފަ އެވެ. އޭގެ ފަހުން ބަލި ޙާލަތު ހުރި ގޮތުން ޤައުމުން ބޭރުން ފަރުވާ ހޯއްދެވުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޒިޔާގެ ފަރާތުން އެދުނު ނަމަވެސް، ހަސީނާގެ ސަރުކާރުން އޭނާ އަށް އެ ފުރުސަތު ދީފައި ނުވެ އެވެ.

ނަމަވެސް، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ކަމުގެ މަގާމުން ހަސީނާ އިސްތިއުފާ ދެއްވި ފަހުން ޒިޔާ ވަނީ މިނިވަން ކޮށްފަ އެވެ. ހަސީނާގެ ސަރުކާާރާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އޭނާ ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ.

ޒިޔާގެ ޙާލު ސީރިއަސްވުމާ ގުޅިގެން ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުޙައްމަދު ޔޫނުސް ހުކުރު ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޑިމޮކްރަސީ އަށް ބަދަލު އައިސްފައިވާ މި ދައުރުގައި ޚާލިދާ ޒިޔާ އަކީ ޤައުމަށް ވަރަށް ގިނަ ޚިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޚާލިދާ ޒިޔާގެ ޙާލު ކޮޅު ރަނގަޅުވެ، އޭނާ ގަދަވެ ސަލާމަތުން ހުރުމަކީ ޤައުމަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ޔޫނުސް ވިދާޅުވެފައިވެ އެވެ.

ޒިޔާގެ ޞިއްޙީ ޙާލަތު ގޯސްވި ނަމަވެސް، 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންތިޚާބަށް ކެމްޕެއިން ކުރައްވާނެ ކަމަށް އެކަމަނާ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެ އިންތިޚާބުގައި ޒިޔާގެ ބީއެންޕީ އިން ކުރި ހޯދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މަސްދަރު: އޭއެފްޕީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާބަންގްލަދޭޝްބީއެންޕީބީމުޙައްމަދު ޔޫނުސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު