Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިލިޕީންސް

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

މާކޯސްގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ބާރު ގަދަ ސިޔާސީ ލީޑަރުންގެ މައްޗަށް ވަނީ ފެން ބޮޑުވުމުން ރައްކާތެރި ވުމުގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން ބިލިއަން ޕެސޯ ރިޝްވަތުގެ ގޮތުގައި ލިބިފައި ކަމަށް ތުހުމަތު ކުރެވިފައި.

ފިލިޕީންސްގައި ފެން ބޮޑުވުމުގެ ޕްރޮޖެކްޓްތަކުގައި ބިލިއަން ޑޮލަރު ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުވެފައިވާ ކޮރަޕްޝަން ސްކޭންޑަލެއް ފެންމަތިވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 08:19
ފިލިޕީންސްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ފިލިޕީންސްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ އިސްތިއުފާ އަށް ގޮވާލައި، އެތައް ހާސް ބަޔަކު މުޒާހަރާ ކޮށްފި އެވެ.

މުޒާހަރާތައް ކޮށްފައި ވަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ފެން ބޮޑުވުމުން ރައްކާތެރި ވުމުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓް ތަކަށް ހޭދަ ކުރި ފައިސާއާ ގުޅިގެން ފެންމަތިވެފައިވާ ކޮރަޕްޝަންއާ ގުޅޭ މައްސަލައިގެ ސަބަބުނުންނެވެ.

ކޮރަޕްޝަންއާ ދެކޮޅު ރައްޔިތުންގެ ޙަރަކާތް (ކޭބީކޭކޭ) އިން އިންތިޒާމު ކޮށްގެން ބާއްވާފައިވާ މި މުޒާހަރާތައް ފަށާފައި ވަނީ އާދީއްތަ ދުވަހު މެނީލާގެ ލުނެޓާ ނަޝަނަލް ޕާކުންނެވެ. މުޒާހަރާ ކުރި މީހުން ވަނީ ރައީސް އޮފީހާ ދިމާލަށް ވެސް ގޮސްފަ އެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ގެންގުޅެފައި ވަނީ ރައީސް މާކޯސް އާއި، ނައިބު ރައީސް ސާރާ ޑުޓާޓޭގެ ސޫރަ ތަކެކެވެ. އެ ސޫރަތަކުގައި ރައީސް އާއި ނައިބު ރައީސް ދައްކުވައިފައި ވަނީ ކިނބުލެއްގެ ސިފައިގަ އެވެ.

މުޒާހަރާގައި ބައިވެރިވި އެހެން ފަރާތްތަކުން ވަނީ ރައީސް މާކޯސް އިސްތިއުފާ ދޭން ޖެހޭ ކަމަށް ލިޔެފައިވާ ބެނާތައް ހިފައިގެން ތިބެފަ އެވެ. އަނެއް ބައި ބެނާ ތަކުގައި ލިޔެފައި ވަނީ، ކޮރަޕްޓު ވެފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން ވަގުތަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

ފިލިޕީންސްގެ ރައީސް އާއި ނައިބު ރައީސް އަދި ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކުރި މުޒާހަރާގައި 20،000 މީހުން ބައިވެރިވެފައިވާ ކަމަށް މުޒާހަރާ އިންތިޒާމު ކުރި ފަރާތުން ވަނީ ބުނެފަ އެވެ.

މިއީ ޓްރިލިއަން ޕެސޯގެ ކޮރަޕްޝަންއާ ގުޅިގެން ރައްޔިތުންގެ މެދުގައި އިންތިހާ އަށް ނުތަނަވަސްކަން އުފެދިފައިވާކަން ދެއްކުމަށް ބޭއްވި އެންމެ ފަހުގެ އަދި އެންމެ ވަރުގަދަ އެއްވުން ކަަމށް ފާހަގަ ކޮށްފައިވެފަ އެވެ.

މި މައްސަލައިގައި ރައީސް މާކޯސްގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ބާރު ގަދަ ސިޔާސީ ލީޑަރުންގެ މައްޗަށް ވަނީ ފެން ބޮޑުވުމުން ރައްކާތެރި ވުމުގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން ބިލިއަން ޕެސޯ ރިޝްވަތުގެ ގޮތުގައި ލިބިފައި ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އެ މަސައްކަތުގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފައި ވަނީ ދަށް ފެންވަރުގައި ކަމަށާއި، އަނެއް ބައި މަސައްކަތްތައް ފެށިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަހުން ކުރި ބާރުގަދަ ދެ ވިއްސާރައިގެ ސަބަބުން 250 އަށް ވުރެ ގިނަ މީހުން މަރުވުމާާއި، އެތައް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވުމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ވަނީ އިންތިހާ އަށް ރުޅިވެރިކަން ވެސް އުފެދިފަ އެވެ.

އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި އުމުރުން 21 އަހަރުގެ ދަރިވަރެއް ކަމަށްވާ މެޓް ވޯވީ ވިލާނުއޭވާ ހިމެނެ އެވެ. އޭނާ ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި މުޒާހަރާއެއްގައި ވެސް ރައީސްއާ ދެކޮޅަށް ބައިވެރިވެފަ އެވެ. މި މުޒާހަރާ މިހާރު ނިންމާލަފައިވާއިރު، މުޒާހަރާގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ މުޒާހަރާގައި ބައިވެރިވެ ވާހަކަ ދައްކަމުން ވިލާނުއޭވާ ބުނެފައި ވަނީ، ކުރީ ފަހަރުގެ މުޒާހަރާގައި އޭނާ އަށް ހަމަލާ ވެސް ދީފައިވާ ކަމަށާއި، އެ ފަހަރު ފަސް ދުވަހުގެ މުއްދަތަކަށް ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް، ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު، މިހާރު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ޖެހޭ ސަބަބުތައް ގިނަވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ސަރުކާރުން ގެންދަނީ ރައްޔިތުން ފޫހިވާ ޒާތުގެ ވާހަކަތައް ދައްކަމުން ކަމަށާއި، ރައްޔިތުން ބޭނުން ވަނީ ހަގީގީ އިންސާފު ކަމަށް އޭނާ ބުންޏެވެ. އަދި ރައްޔިތުން ބޭނުންވާ ހަގީގީ އިންސާފުވެރިކަން ލިބޭނީ ރައީސް މާކޯސް އާއި ނައިބު ރައީސް ޑުޓާޓޭ އިސްތިއުފާ ދީގެން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މާކޯސްގެ ނައިބު ރައީސް ޑުޓާޓޭ އަކީ، ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ދަރިކަލުންނެވެ. އޭނާ އާއި ރައީސް މާކޯސްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އަދި މީގެ ކުރިން އޭނާ އަށް ވަނީ، ސަރުކާރުގެ ފައިސާގައި ނަހަމަ ގޮތުގައި ޖެހި، އެ ފައިސާ ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ފިލިޕީންސްރައީސް ފާޑިނަންޑް މާކޯސްސާރާ ޑުޓާޓޭކޮރަޕްޝަން އިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު