Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިން

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025 | ހޮނިހިރު 08:09

ޔާމަކް އަކީ ޔުކްރެއިންގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ނުފޫޒެއް އޮންނަ ބޭފުޅެކެވެ. ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޒެލެންސްކީގެ އެންމެ އަރިސް ލަފާ ދޭ ފަރާތެއްގެ ގޮތުގައި ވެސް ހުންނެވީ ޔާމަކް އެވެ.

ރައީސް ޒެލެންސްކީ އިންޒާރު ދެއްވީ ޔުކްރެއިން ނަފްސާއި ގައުމާއި ކުރިއެރުން ގެއްލުވާލުމުގެ ހިތާމައެއްގައި ތިބި ކަމަށާއި އެއްބައިވަންތަކަމަށް ދައުވަތު ދެއްވިއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:09
ޒެެލެންސްކީ އަދި ޔާމަކް، ފާއިތުވި އަހަރު ތަކުގައި ޔާމަކް އަކީ ޒެލެންސްކީގެ އެންމެ ގާތް ބޭފުޅާ

ޒެެލެންސްކީ އަދި ޔާމަކް، ފާއިތުވި އަހަރު ތަކުގައި ޔާމަކް އަކީ ޒެލެންސްކީގެ އެންމެ ގާތް ބޭފުޅާ

ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޗީފް އޮފް ސްޓާމް އަންޑްރީ ޔާމަކް އަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވަނިކޮށް، އޭނާގެ އިސްތިއުފާ ދެއްވައިފި އެވެ.

ޔާމަކް އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، ޔުކްރެއިންގެ ތަޙުގީގީ އިދާރާ ތަކުން އޭނާ ދިރިއުޅުއްވާ ގެޔަށް ރެއިޑު ވެސް ޖަހާފައި ވަނިކޮށެވެ.

ޔާމަކް އަކީ ޔުކްރެއިން ގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ނުފޫޒެއް އޮންނަ ބޭފުޅެކެވެ. ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ޒެލެންސްކީ ގެ އެންމެ އަރިސް ލަފާ ދޭ ފަރާތެއްގެ ގޮތުގައި ވެސް ހުންނެވީ ޔާމަކް އެވެ. ޔާމަކްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ އަށް އެތައް ފާޑު ކިޔުން ތަކެއް އަމާޒުވި ނަމަވެސް، އޭނާގެ މައްޗަށް އެއްވެސް ކަމެއްް ސާބިތުވެފައި ނުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ފެއްޓެވި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމުގެ މަސައްކަތުގައި ޒެލެންސްކީ އައްޔަން ކުރައްވާފައި ހުންނެވީ ވެސް ޔާމަކް އެވެ. އޭނާ ފާހަގަ ވެފައި ވަނީ އެ މަޝްވަރާ ތަކުގައި ޔުކްރެއިން ގެ ފަރާތުން އިސް ދައުރެއް އަދާ ކުރެއްވި މުހިންމު ލީޑަރެއްގެ ގޮތުގަ އެވެ.

ޔާމަކްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޔުކްރެއިންގެ ސިޔާސީ މައިދާނަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ. ޚާއްސަކޮށް އެމެރިކާއާ އެކު ވަރަށް ހައްސާސް ވާހަކަ ތަކެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ވަގުތެއްގައި، މި މައްސަލައިގެ ސަބަބުން އެކަމަށް ވެސް އަސަރު ކުރާނެ ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.

އެމެރިކާގެ ފަރާތުން ހަނގުރާމަ ނިންމުމަށް ޕްލޭނެއް ހުށަހަޅާފައިވާއިރު، ޔުކްރެއިން އާއި އެ ޤައުމުގެ ބައިވެރިން ބުނެފައި ވަނީ އެއީ ރަޝިޔާ އަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭނަށް ބަދަލު ތަކެއް ގެނެސް، ޕްލޭން އިސްލާހު ކުރަން ޖެހޭ ކަމަށް ވެސް އެ ޤައުމު ތަކުން ވަނީ ބުނެފަ އެވެ.

ޔާމަކްއާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޔުކްރެއިންގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާ އިން ވަނީ ހުކުރު ދުވަހު ޔާމަކްގެ ގެކޮޅަށް ރެއިޑު ކޮށްފަ އެވެ. ޔުކްރެއިންގެ ވެރި ރަށް ކީވްގައި ހުންނަ އެ ގެކޮޅަށް ރެއިޑު ކުރުމަށް ފަހު، އޮފިޝަލުން ވަނީ ބަލައި ފާސް ކުރުން ކުރިއަށް ގެންގޮސްފަ އެވެ. އެކަމާ ގުޅޭ ގޮތުން ޔާމަކް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، އެކަމުގައި އޭނާގެ ފަރާތުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ މަޝްވަރާ ތަކުގެ މަރުހަލާގައި އަބަދު ވެސް ޔާމަކް އިސް ކޮށްފައި ވަނީ ޔުކްރެއިންގެ މަސްލަޙަތު ކަމަށާއި، އޭނާ ވަކާލާތު ކޮށްފައި ވަނީ ސީދާ ޔުކްރެއިން އިން ބޭނުންވާ ގޮތަށް ކަމަށެވެ. އެކަމަށްޓަކައި ޔާމަކް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި، އޭނާ އަކީ ވަޠަނީ ބޭފުޅެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މީގެ އިތުރުން، ޔާމަކްގެ އިސްތިއުފާއާ ގުޅިގެން އޭނާގެ ބަދަލުގައި ދެން އެ މަޤާމަށް އައްޔަން ކުރައްވާނެ ފަރާތެއް ކަނޑައަޅަން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. ޚާއްސަކޮށް ހަނގުރާމަ ނިންމުމުގައި ޔުކްރެއިން އިން ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭއިރު، އެކަމަށް އިތުރު ބާރެއްް ބޭނުންވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

ވުލެޑިމިއަރ ޒެލެންސްކީއަންޑްރީ ޔާމަކްޔުކްރެއިންރަޝިޔާ-ޔުކްރެއިންކޮރަޕްޝަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް