Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހީނާ ވަލީދު

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

ހީނާ ވަލީދު އަންހެނަކަށް ވީތީ ބުލީ ކުރާކަމަށް ބުނިއިރު، އޭނާ އެޑިޓަރުކަމުގައި ހިންގި ދިޔަރެސް ނޫހުން އެތައް އަންހެނުންގެ އަބުރުކަތިލިކަން ރައްޔިތުންނަށް އޮޅިފައެއް ނެތެވެ. މިއަދު ރައްޔިތުން ހީނާ އަށް ރައްދުވާ ގޮތައް ދައްކާ ވާހަކަ އެއް ދައްކަނީ އަންހެނަކަށް ވީތީ އޭ ބުނެވޭނީ ކިހިނެއްބާވައެވެ؟ 39 މިލިއަން ރުފިޔާގެ ވައްކަމާއި ހިޔާނާތް އެންސްޕާގެ ތެރޭގައި ހިނގި ކަމަށް ތުހުމަތު ކުރެވުމުން އެތަން ހިންގަން ހުރި މީހާ އެކަމުގެ ޒިންމާ ނަގާނެ ކަމަށް ބަލާފައި ބުނާ އެއްޗެއް ބުނަނީ ނޫންބާވައެވެ؟

އެންސްޕާ ހިންގަވަން ހުންނެވި ހީނާ ވަލީދު މާސިންގާ ބޮޑު ވައްކަމެއް ކުރެއްވީތީ ރައްޔިތުން އެވާހަކަ ދައްކަނީ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 13:41
ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ވެރިޔާ ހީނާ ވަލީދު

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ވެރިޔާ ހީނާ ވަލީދު

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ބުނި އިރު ހީނާގެ އެޑިޓަރު ކަމުގައި ހިންގި ދިޔަރެސް ނޫހުން އަންހެނުންނަށް މަލާމަތް ކޮށް ބުލީކޮށް އަބުރު ކަތިލި ވަރާ ގާތައް ވެސް ހީނާ އަށް ރައްދުވާ ގޮތައް މީހަކަށް އެއްޗެއް ބުނެވޭނެހެން ހިޔެއް ނުވެއެވެ.

ގަބޫލު ކުރަން ޖެހޭ ހަގިގަތަކީ މާސިންގާ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު އެންސްޕާ ގެ ބޮލުގައި އެޅިފައިވާއިރު އެތަން ހިންގަން ހުރީ ހީނާ ވަލީދު ކަމާއި އޭނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ވާ ކަމެވެ. ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ އިރު އަންހެނަކަށް ވީތީއޭ ބުނެ އެކަމުން ރެކެން އުޒުރު ދެއްކޭނީ ވަކި ކިހިނެއް ބާވައެވެ؟

ބޮޑެތި މަގާމުތަކަށް ދާއިރު އަދި އަމުދުން ރައްޔިތުން އަބަދުމެ ހިދުމަތް ހޯދަން ދާ ތަނެއްގެ ވެރިއަކަށް އަންހެނަކު ހުރިކަމުގައި ވިޔަސް ނުވަތަ ފިރިހެނަކު ހުރިކަމުގައި ވިޔަސް ސިއްސައިގެން ދާވަރުގެ ވައްކަމެއް އެތަނުގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ހާލަތެއްގައި ނަމަ ރައްޔިތުން އެވާހަކަ ދައްކާނެ އެވެ. ބޮޑެތި މަގާމުތަކަށް އަންނަން ޖެހެނީ ހަމައެކަނި އެ މަގާމުތަކުގެ އަރާމާއި އުފާ ހާސިލު ކުރާކަށް ނޫނެވެ. ހުރިހާ މާނަ އެއްގައި ވެސް ޒިންމާ އުފުލާ ކަންކަމުގައި ޖަވާބުދާރީ ވުމަށެވެ.

މީހުން ހީނާ އަށް ފުރައްސާރަކުރި ވާހަކަ ބޮޑު ޖަލްސާ އެއް ގައި ރޮއެ، ގިސްލަމުން ދެއްކި އިރު، ހީނާ އަކީ ދިޔަރެސް ކިޔާ ނޫހެއް ހަދައިގެން މީހުންގެ އަބުރުކަތިލަމުން ހޭބޯ ނާރާ އުޅުނު މީހެއްކަން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ އަބުރުކަތިލާ އެއްޗެހި ގޮވީ ހަމަ ހީނާ ހިންގި ނޫހުންނެވެ. ހަމަ އެގޮތައް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ އަބުރު ކަތިލީ ވެސް ހަމަ ހީނާގެ ނޫހުންނެވެ. އެއީ މުޅިން ވެސް އަންހެން ބޭފުޅުންނެވެ. މިފަދަ އެތައް މިސާލެކެވެ. މިވަރުގެ ކަންކަން ކޮށްފައި ހުރި މީހަކު އިއްޔެގެ މަތިން ހަނދާން ނައްތައިލައި، އަންހެނަކަށް ވީތީ އޭނާ އަށް މީހުން ފުރައްސާރަ ކޮށް ބުލީ ކުރާ ވާހަކަ ދެއްކީމާ އައިބުވާ ގޮތްވެއެވެ.

ތިމަންނާއޭ ކިޔައިގެން އެކި ޒަތްޒާތުގެ ވާހަކަ ދައްކާއިރު ހަގީގަތަކީ މިއަދު ރައްޔިތުން އެއްޗެހި ކިޔަނީ ވަކި ނަމެއް ކިޔާ މީހަކަށް ވީތީ އެއް ނޫނެވެ. ނޫސްތަކުގައާއި މީސްމީޑިއާ ގައި މީހުން ކަންބޮޑުވެގެން ދައްކާ ވާހަކަ އަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކައުތެރިކަން ހޯދައިދިނުމަށް ރައްޔިތުންގެ ފައިސާ އިން ހިންގާ އެންސްޕާ އިން ޓީވީ އެއް ހަދަން 39 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކަ އެވެ. ކޮންމެ ބަޔަކު ކުރި ނަމަވެސް އެވާހަކަ ދައްކާނެ ނޫން ބާވައެވެ؟ ތަހުގީގު ވެސް ކުރަންޖެހޭނެ ނޫން ބާވައެވެ؟ ފިޔަވަޅު ވެސް އަޅަން ޖެހޭނެ ނޫން ބާވައެވެ؟ ކަރަޕްޝަން ނައްތާލާނެ ކަމަށް އެއް ކޮޅުން ގަދައަޑުން ރައީސް އެބަ ވާހަކަ ދައްކަވައެވެ. އެއްވެސް ޖާގަ އެއް އެމަނިކުފާނުގެ ސަރުކާރުގައި ކަރަޕްޝަނަށް ނޯންނާނެ ކަމަށް ވެސް އެބަ ވިދާޅުވެއެވެ. އެއީ ހަގީގީ މާނައިގައި ދައްކަވާ ވާހަކަ ނަމަ ބޮޑު ޚިޔާނާތެއްގެ ވާހަކަ ފެންމަތި ވުމުން ޖަޒުބާތުގައި އެއާ އިދިކޮޅަށް ވާހަކަ ދައްކާ އޮއްބާލަންވީ އެއް ނޫނެވެ. އެކަންކަން ބަލާ ރައްޔިތުންގެ ފައިސާ އިން އެއްޗެއް ގެއްލިފައިވާ ނަމަ އެކަމުގެ އިންސާފު ރައްޔިތުންނަށް ހޯދައިދޭންވީ އެވެ.

ހީނާ ވަލީދު އެންސްޕާދިޔަރެސްކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

04 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު