Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންސްޕާ

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

އިންޑިޔާގެ ހޮސްޕީޓަލެއްގެ އައިސީޔޫ އިން ހޯދި ފަރުވާ ހަރަދު އެންސްޕާއިން ހަމަޖައްސަދޭނެކަމަށް ބުނި ނަމަވެސް 8 މަސް ފަހުންވެސް ފައިސާ ޖަމާކޮށް ނުދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 03:51
ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، ޕީއެންސީ ޖަލްސާ އެއް ގައި ވާހަކަ ދައްކަވަނީ

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، ޕީއެންސީ ޖަލްސާ އެއް ގައި ވާހަކަ ދައްކަވަނީ

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިޔާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އައިސީޔޫ ހިދުމަތުގެ ހަރަދު އެންސްޕާއިން ހަމަޖައްސަދޭން އެއްބަސްވި ފަހުން، 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް ސަރުކާރުގެ ފަރާތުން ފައިސާ ހަމަޖައްސައިދީފައި ނުވާކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާރުވެސް ކިމްސް ހޮސްޕިޓަލުން ތަފާތު އެތައް ކަމަކަށް ފަރުވާ ހޯދަމުންދާ ބަލިމީހާގެ އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނީ ބަލިމީހާ ފަރުވާ ހޯދުމަށް އިންޑިޔާއަށް ގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ ގައި ކަމަށެވެ. އިންޑިޔާ އަށް ގެންދެވުމުގެ ކުރިން އައިޖީއެމްއެޗް ގައި އެއް މަސް ދުވަހު ފަރުވާ ދީފައިވާ ކަމަށާއި، އެ ހޮސްޕިޓަލުން ބަލިމީހާގެ ފައިގެ އިނގިއްޔެއް ބުރި ކޮށްލާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

Advertisement - newsAdvertisement

އާއިލާއިން ވަނީ ފަރުވާ ދިނުމުގައި އައިޖީއެމްއެޗްއިން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމުގެ ތުހުމަތު ކޮށްފަ އެވެ. އަދި އިންޑިޔާ އަށް ފުރަން އާސަންދަ ހަމަޖެހުނީވެސް ވަރަށް އުނދަގޫ މަސައްކަތްތަކަކަށް ފަހު ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވެ އެވެ.

ބަލިމީހާގެ ހާލަތު ކިޔާދެމުން އާއިލާގެ ފަރާތުން ބުނީ، ކުރިން އިނގިލި ބުރިކޮށްލުމުގެ ތެރޭގައި އެ ސަރަހައްދު އިންފެކްޓް ވުމުގެ ސަބަބުން އިންޑިޔާ އަށް އައިސް ފައިގެ އިތުރު 3 އިނގިލި ބުރިކޮށްލަން ޖެހުނު ކަމަށެވެ. އެއަށްފަހު އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ދަނިކޮށް އެނގުނީ އައިޖީއެމްއެޗްއިން ފަރުވާ ހޯދި އިރު މައިލްޑް ހާޓް އެޓޭކެއް ވެސް ޖެހުނު ކަމެވެ.

އާއިލާއިން ފާހަގަކުރި ގޮތުގައި، ސިކުޑީގެ ބޭރު ފަށަލަ ދުޅަވެގެން ދެ ފަހަރަށް ބްރެއިން ސްޓްރޯކެއްވެސް ޖެހިފައިވުމުން، ކުރިން ހީކުރި ވަރަށްވުރެ ބޮޑަށް މީހާގެ ހާލު ދެރަވެފައިވާކަމަށް ހޮސްޕިޓަލުން އެންގި އެވެ. މީގެ އިތުރުން ބަލިމީހާގެ ފުއްޕާމޭގައި ފެން ހެދި، ހިތުގެ ނާރެއް ބްލޮކް ވެފައިވާކަން ވެސް ފާހަގަވި އެވެ. ޕޭޝަންޓްގެ ހާލަތު ހުރި ގޮތުން ނާރުގެ ބްލޮކް ފިލުވުމުގެ ތެރޭގައި ޑައިލެސިސް ހަދަން ވެސް ޖެހިދާނެ ކަމަށް ހޮސްޕިޓަލުން ލަފާދެއްވި އެވެ. އޭގެ ފަހުން ދިހަ ދުވަހު އައިސީޔޫ ގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު ބަލިމީހާ އައިސީޔޫއިން ދޫކޮށްލި ކަމަށް އާއިލާ އިން ބުންޏެވެ.

ބަލިމީހާގެ އާއިލާގެ ފަރާތުން ބުނީ ބަލިމީހާގެ ބިލްތައް ހޮސްޕިޓަލުގެ ފަރާތުން އާސަންދަ އޮފީހަށް ފޮނުވުމުން، ބޭސްފަރުވާގެ ހަރަދުތައް ހަމަޖެހިގެން އައީ ބަލިމީހާގެ ފަރާތުން ވެސް ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް ކަމަށެވެ. އާއިލާއިން މިކަމުގައި އާސަންދަ އޮފީހަށް ގުޅުމުން ބުނީ، އާސަންދައިން ހަމަޖެހެން ޖެހޭ ބައި އަމިއްލައަށް މިހާރު ދެއްކުމުން ފަހުން އެބައި އެންސްޕާ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ.

އާސަންދައިން ދިން އިރުޝާދަށް ބިނާކޮށް، ބަލިމީހާގެ އާއިލާއިން އެގޮތް މިގޮތުން ދަރަނިވެރިވެގެން ދެ ދުވަހެއްގެ ތެރޭ އެ ފައިސާ ދެއްކުމަށްފަހު ބަލިމީހާ އައިސީޔޫއިން ޑިސްޗާޖު ކުރި އެވެ. އޭގެ ފަހުން އާސަންދަ އޮފީހުން އިރުޝާދު ދިންގޮތަށް އެންސްޕާއިން އެހީ ހޯދުމަށް ހުށަހެޅި އެވެ.

ހުށަހަޅައިގެން ޖަވާބެއް ނުލިބި ހަފްތާއެއް ހޭދަވުމުން، އަނެއްކާވެސް އާސަންދަ އޮފީހަށް ގުޅުމުން ދިން ޖަވާބަކީ 3 ހަފްތާތެރޭގައި ފައިސާ ޖަމާވާނެކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން މިހާތަނަށް 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަދިވެސް ފައިސާ ޖަމާވެފައި ނުވާކަން އާއިލާގެ ފަރާތުން ފާހަގަކުރި އެވެ. އަދި މިހާ ދުވަސް ވީއިރުވެސް އެންސްޕާގެ ފަރާތުން ދޭ ޖަވާބަކީ އެ ފައިސާ ހަމަޖެހޭނެކަމެވެ.

ދަތި ހާލުގައި އުޅޭއިރު ފައިސާ ހަމަޖެހޭނެކަމަށް ބުނެ ސަރުކާރުގެ އިދާރާއަކުން މިގޮތަށް ކަންތައް ކުރުމުން، އިތުރު ހިތްދަތިކަމެއް ލިބިފައިވާކަމަށް މިހާރުވެސް އިންޑިޔާގައި ފަރުވާހޯދަމުންދާ ބަލިމީހާގެ އާއިލާގެ ފަރާތުން ބުންޏެވެ. އަދި އިންޑިޔާގައި މިހާރު ފަރުވާގެ ކަންކަން ހަމަޖައްސަމުން ދަނީ ދަރަންޔަށް އެކި މީހުން އަތުން ފައިސާ ހޯދައިގެން ކަމަށާއި، މިހާރުވެސް އިންޑިޔާގައި ދިރިއުޅޭ ތަނުގެ އެއް މަސް ދުވަހުގެ ކުލިވެސް ނުދެއްކިވާކަމަށް އާއިލާއިން ފާހަގަކުރި އެވެ.

މިކަމުގައި އާއިލާގެ ފަރާތުން ސަރުކާރުގެ އިދާރާތަކާއި ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު އާއިލާގެ ފަރާތުން ވަނީ ރާއްޖެ އެމްވީއާ ހިއްސާކޮށްފަ އެވެ. މި އަހަރުގެ މާރޗް މަހުން ފެށިގެން އާއިލާއިން އަންނަނީ މިކަމުގައި ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މެއިލް ކުރަމުންނެވެ.

އެންސްޕާއިން ބޭސްފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ޝަކުވާތައް ފާއިތުވެދިޔަ ދެ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ކަން މިހެން އޮތް އިރު ރައީސް މުއިސްޒު އަށް ސަނާ ކިޔަން، އެންސްޕާ މެދުވެރިކޮށް ހިންގި ހިޔާނާތެއްގެ ތެރެއިން އެތައް މިލިއަން ރުފިޔާގެ އަގުބޮޑު ޓީވީ ޗެނަލް އެއް އުފައްދާފައި ވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

އެންސްޕާއާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

02 ޑިސެމްބަރު 2025
ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

ބޭސް ނުލިބޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު: ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށް

26 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު