Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ލަނޑުން އޮޑި ސްޕޯޓްސް ކްލަބުން ނިއުރޭޑިއަންޓް 1-0 އިން ބަލިކޮށް، ލީގުގެ ދެވަނަ ޖަހައިލައިފި.

އޮޑި ސްޕޯޓްސް ކްލަބުން ނިއުރޭޑިއަންޓް 1-0 އިން ބަލިކޮށް ލީގުގެ ދެ ވަނަ ޖާގައަށް ޖެހިލައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 12:16
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި އޮޑި އަށް ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ 66 ވަނަ މިނިޓްގައި އޮޑީގެ އަހުޒަމް ރަޝީދު ނަގައިދިން ހުރަހަކުން އިއްބެ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ކީޕަރު ކަވީޝް އަތުގައި ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް އެޓޭކަށް ޖެހި ކުރިއަށް ގިނަ ބޯޅަތަކެއް ކުޅެގެން ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ. ދެ ޓީމުގެ ޑިފެންޑަރުންނާއި ކީޕަރުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި، ދެ ޓީމު އެއްވަރުވެފައި އެވެ.

ދެ ވަނަ ހާފުގައި އިއްބެ ޖަހައިދިން ލަނޑުން އޮޑި އަށް ލީޑު ލިބުމާ އެކު، ނިއު އިން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރި ނަމަވެސް، އޮޑީގެ ޑިފެންޑަރުންނާއި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނިއު އިން ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޮޑީގެ ދިފާއީ ފަރާތުން ދެއްކި ވަރުގަދަ ކުޅުމުގެ ސަބަބުން މެޗު ނިމުނީ އޮޑީގެ 1-0 ގެ މޮޅާ އެކު އެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންގެ ގޮތުގައި އައި އޮޑިން ފުރަތަމަ ޑިވިޝަނުގައި އަލަށް މި ކުޅޭ ސީޒަނުގައި، އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި މޮޅާ އެކު، އޮޑިން ލީގުގެ ދެ ވަނަ ޖާގައަށް ޖެހިލީ، އަށް މެޗުން ހޯދި 19 ޕޮއިންޓާ އެކު އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި ވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. އެ ޓީމުން އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 24 ޕޮއިންޓާ އެކު އެވެ. މި މެޗުން ބަލިވި ނިއު ލީގުގެ ތިން ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. މިއީ މި ސީޒަންގެ ލީގުގައި ނިއު ބަލިވި ފުރަތަމަ މެޗެވެ.

ނިއު އިން މިރޭ އޮޑިއާ ކުޅުމުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވަނީ އެއްވަރުވެފަ އެވެ. ލީގުގައި ދެން އެންމެ އަވަހަށް ނިއު އަށް އޮތީ އަންނަ ހުކުރު ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްދިވެހި ޕްރިމިއާ ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު