Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ބާންލީއާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ބާންލީ މެޗުގެ ފުރަތަމަ ހާފަކީ، މި ސީޒަންގެ މެޗެއްގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެއްކި އެންމެ ރަނގަޅު ކުޅުމަށް ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2025 | އާދީއްތަ 07:21
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އާސެނަލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ވިކްޓަ ޔޯކެރޭޝް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ގަބްރިއެލް މަގާޅައެސް އެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ޑެކްލަން ރައިސް އެވެ. އެއީ ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރައިސް ޖެހި ލަނޑެކެވެ.

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 10 މެޗުން އާސެނަލް އަށް ލިބެނީ 25 ޕޮއިންޓެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ބޯންމައުތަށް 18 ޕޮއިންޓު ލިބޭއިރު، ދެން ކުޅޭ މެޗުން މޮޅުވެ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ބޯންމައުތަށް އޮންނާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ބާންލީއާ ދެކޮޅަށް އާސެނަލްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ބާންލީ މެޗުގެ ފުރަތަމަ ހާފަކީ، މި ސީޒަންގެ މެޗެއްގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެއްކި އެންމެ ރަނގަޅު ކުޅުމަށް ކަމަށް ވެސް އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޚާއްސަކޮށް ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ލަނޑު ޖަހާފައިވާއިރު، އިތުރު ދެ ލަނޑު ނުވަތަ ތިން ލަނޑު ޖަހާނެ ފުރުސަތު އެ ޓީމަށް ލިބުނު ކަމަށް ވެސް އާޓެޓާ ބުންޏެވެ. ނަމަވެސް ދެ ވަނަ ހާފުގައި އާސެނަލް އަށް އުނދަގޫ ތަކެއް ކުރިމަތިވީ، ކޮންމެ ވެސް ވަރަކަށް ކުޅުމުގެ ފެންވަރު ދަށްވުމުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވާހަކަ ދައްކަމުން އާޓެޓާ ބުނެފައި ވަނީ، މިހާރު އާސެނަލް އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، އޭނާ ޤަބޫލު ކުރާ ގޮތުގައި އާސެނަލްގެ ފޯމު ދަމަހައްޓަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް މިހާރު ޓީމު އޮތް ހިސާބުގައި ދެމި އޮންނަން ވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި، ކުޅުންތެރިން އެކުގައި ކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޕްރިމިއަރ ލީގުއާސެނަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު