Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

މޮޅާއެކު އާސެނަލް އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ، އާސެނަލް އެއް ވަަނައިގައި އޮތީ 18 ޕޮއިންޓާ އެކު. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާާތަނަށް މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އާސެނަލް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 03:45
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެ ޓީމުގެ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ކުލަބު ބްރޫޖްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އާސެނަލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ނޯނީ މަޑުއޭކޭ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި މަޑުއޭކާ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ނުވަ މިނެޓު ފަހުން މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ގަބްރިއެލް މާޓިނެލީ އެވެ.

މޮޅާއެކު އާސެނަލް އިން ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ، އާސެނަލް އެއް ވަަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާާތަނަށް މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އާސެނަލް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅޭއިރު މޮޅުވުމަކީ އިންތިހާ އަށް އުނދަގޫ ކަމެއް ކަމަށެވެ. ކުލަބު ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލް އިން ރެކޯޑު ދެމެހެއްޓުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އާޓެޓާ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އާސެނަލްގެ ޓީމުން ވަރަށް ގިނަ ރަނގަޅު ކަންކަން ވެސް ފެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އާސެނަލްގެ ކުޅުންތެރިން އެކުވެގެން ވަރަށް ރަނގަޅަށް މަަސައްކަތް ކޮށްފައިވާ ކަމަށެވެ. ޓީމެއްގެ ހައިސިއްޔަތުން އަދި ވަކި ވަކި ކުޅުންތެރިންގެ ފެންވަރުގައި ވެސް ދައްކާފައިވާ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ހުރި ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގު މެޗާ ކުރިމަތި ލުމުގެ ކުރިން، އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެފައިވާއިރު، އެކަމަށް އިޝާރާތްކޮށް އާޓެޓާ ބުނީ ބައްޔަކަށް ފަހު ކޮންމެހެން ވެސް ދެން ބޭނުން ވާނީ ކުރިއަށް އޮންނަ މެޗުން މޮޅުވާން ކަމަށެވެ. އާޓެޓާ ބުނީ ބައްޔަށް ފަހު ޗެމްޕިއަންސް ލީގުގެ މެޗާ އާސެނަލް ކުރިމަތިލީއިރު، ދެ ކުޅުންތެރިން މަދު ކަމަށެވެ. ނަމަވެސް، ޓީމުގެ ކުޅުމުން ކުޅުންތެރިން އެކަން ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

އިތުރަށް އާޓެޓާ ބުނީ އާސެނަލް ކުރިއަށްދާ ގޮތާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ރަނގަޅު ކުރަން ހުންނަ ކަންކަން އަބަދު ވެސް ފާހަގަ ވަމުން އަންނަ ކަމަށެވެ. އެއާއެކު، އެކަންކަން ރަނގަޅު ކުރުމަށް އާސެނަލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެއް ދުވަހުން އަނެއް ދުވަހަށް ޓީމު ވަރުގަދަ ވުމަށް ބޭނުންވާ ކަމަށެވެ. މިވަގުތު އާސެނަލްގައި އޮތް ރޫޙާއި، ކުޅުންތެރިންގެ މަސައްކަތަށް ބަލާއިރު އާސެނަލް އަށް ރަނގަޅު މިސްރާބުގައި އޮވެވޭނެ ކަަމަށް އޭނާ ބުންޏެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު