Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހައްދު ޕްރިމިއާކުރުން

ދިވެހި ފިލްމް "ހައްދު" ޕްރިމިއާކޮށްފި

6 ސެޕްޓެމްބަރު 2017 | ބުދަ 16:13

ހައްދު ފިލްމްގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށް

ލީވާން އަލީ
ލީވާން އަލީ | 6 ސެޕްޓެމްބަރު 2017 | ބުދަ 16:13
ހައްދު ފިލްމުގައި ހިމެނޭ ބައެއް ތަރިން ފޮޓޯއަކަށް ހުއްޓިގެން

ހައްދު ފިލްމުގައި ހިމެނޭ ބައެއް ތަރިން ފޮޓޯއަކަށް ހުއްޓިގެން

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ "ހައްދު" ޕްރިމިއާ ކޮށްފި އެވެ.

ހާއްސަ ރެޑްކާޕެޓް އިވެންޓަކާއެކު ޝްވެކް ސިނަމާގައި ހައްދު ޕްރިމިއާކޮށްފައިވާއިރު، މި ފިލްމް ހުޅުމާލޭ ޝެވެކް ސިނަމާ އަދި އޮލިމްޕަހުގައި ބުދަ ދުވަހުން ފެށިގެން ދަނީ އަޅުވަމުންނެވެ.

ފިލްމު އެޅުވުމުގެ ކުރިން ވެސް ދިވެހި އެހެން ފިލްމެއް "ހައްދު" އާ އަޅައިނުކިޔޭނެ ކަމަށް ފައްތާހު ބުނެފައިވާއިރު، ޕްރިމިއާ ހަފުލާގައި އޭނާ ވިދާޅުވީ ހައްދަކީ ދެން ދިވެހި ފިލްމްތަކުގެ ބެންޗްމާކަށް ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5.1 ސައުންޑް (ސަރައުންޑް ސައުންޑް) ހަދާފައިވާ ފިލްމަކަށް ހައްދު ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގެ ހުރިހާ މަންޒަރަކާއި ނެގުންތަކާއި އެކްޓިން ވެސް ތަފާތެވެ.

ފައްތާހުގެ ޓްރޭޑްމާކް ސްޓައިލްގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާއިރު، އެ މަންޒަރުތަކަށް ހިތްތައް ދަމައިގަންނައިރު، މި ފިލްމުން އަލަށް ތައާރަފުކުރި އަހުމަދު ޝިބާންގެ އާކަމެއް ފެނިގެނެއް ނުދެ އެވެ. އޭނާގެ ވަރުގަދަ ހަށިގަނޑަށް ފިލްމު ޕްރިމިއާ ހަފުލާގައި ބައިވެރިވި މީހުންގެ ވެސް ޝައުގު ހުއްޓެވެ.

ފިލްމީ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފައްތާހުގެ 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް ފަހު ފައްތާހު ޑައިރެކްޓްކުރި ހައްދުގައި ވެސް ތަފާތު ކަމެއް ކޮށްލާފައިވެ އެވެ. މި ފިލްމުގައި ހާއްސަ ފެނިލުމެއްގެ ގޮތުގައި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒު ދައްކާލާފައިވެ އެވެ. ފައިރޫޒު ފެނިގެން ދަނީ، ފިލްމުގައި އައިމިނަތު ރިޝްފާގެ އަލަތު ފިރިމީހާގެ ގޮތުގަ އެވެ. ކުޅަދާނަ ނޫސްވެރިއެއްގެ އިތުރުން ފައިރޫޒުގެ މި ފެނިލުމުގައި އޭނާ އެކްޓިން ވެސް ވަރަށް ފައްކަ އެވެ. ސަޅިއެވެ.

މާލޭ ޝްވެކާއި ހުޅުމާލޭ ޝްވެކްގެ އިތުރުން އޮލިމްޕަހުގައި މި ފިލްމުގެ 18 ޝޯ އަޅުވާއިރު، ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ ފޭދޫގައި އަޅުވާނެ އެވެ. ، މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީގައި ފިލްމް އަޅުވާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ބައެއް ރިސޯޓުތަކުގައި ތަރުހީބު ލިބެމުންދާވަރަކަށް ފިލްމު ދައްކަން ހަމަޖެހިފައިވާކަމަށް ފައްތާހު ވަނީ ބުނެފައެވެ.

މި ފިލްމްގެ ހުރިހާ ޓިކެޓެއް ވެސް 100 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް