Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫނިއަން ބަޖެޓް 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

ބަޖެޓު ހުށަހެޅިއިރު ފިލްމް އިންޑަސްޓްރީ ވަނީ "ބާކީކޮށްލާފައި"

އާލާ އިބުރާހިމް
އާލާ އިބުރާހިމް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2017 | ބުރާސްފަތި 09:00
އިންޑިޔާގެ 2017 އަދި 18އިގެ ބަޖެޓުގައި ފިލްމް އިންޑަސްޓްރީގެ ނަމެއް ނުވެސް ނެތް

އިންޑިޔާގެ 2017 އަދި 18އިގެ ބަޖެޓުގައި ފިލްމް އިންޑަސްޓްރީގެ ނަމެއް ނުވެސް ނެތް

އިންޑިޔާގެ 2017 އަދި 18 ވަނަ އަހަރުގެ އަހަރީ ބަޖެޓު އިޢުލާން ކުރުމާއެކު މުޅި ފިލްމް އިންޑަސްޓްރީ މާޔޫސްވެއްޖެއެވެ.

އިންޑިޔާގެ ފިލްމް އިންޑަސްޓްރިއަކީ ސަރުކާރަށް ރެވެނިއު ވަންނަ މައި ދާއިރާއަކަށް ވުމުގެ އިތުރުން އެތައްހާސް ވަޒީފާގެ ފުރުޞަތުތަކެއް އޮތް ދާއިރާއަކަށްވާއިރު، އިންޑިޔާގެ މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ޔޫނިއަން ބަޖެޓްގައި ބޮލީވުޑް 'ބާކީ ކޮށްލާފައިވާ" ކަމަށް އެ ދާއިރާގެ ގިނަ ފަންނާނުން ދަނީ ބުނަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ ފިލްމް އިންޑަސްޓްރީއަށް އެއްވެސް ކަހަލަ އެހީއެއް ކަނޑައަޅާފައި ނެތުމާއެކު، ޓެކްސް އަދާކުރުމުގައި އެއްވެސް ކަހަލަ ލުޔެއް ފޯރުކޮށްދީފައި ނުވުމެވެ.

އިންޑިޔާގެ ފިލްމް ޕްރޮޑިއުސަރު މުކޭޝް ބަޓްއާ ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި މިއަހަރުގެ ބަޖެޓު އިޢުލާން ކުރިއިރު ބޮލީވުޑްގެ ނަމެއް ވެސް އޭގައި ހިމެނިފައެއް ނެތެވެ. ސަރުކާރުން ހީކުރަނީ ބޮލީވުޑަކީ ވުޖޫދުގައި ވެސް ނެތް އެއްޗެއްގެ ގޮތުގައި ކަމަށް މުކޭޝް ބަޓް ވަނީ ބުނެފައެވެ. އަދި އެކަމާ އިންތިހާއަށް ދެރަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަޖެޓުގައި ފިލްމް އިންޑަސްޓްރީގެ ވާހަކަ ހިމެނިފައި ނެތުމަކީ ހިތާމަ ހުރި ކަމެއް ކަން ފާހަގަކުރަމުން ފިލްމް އުފެއްދުންތެރިޔާ ކުނާލް ކޯލީ ވަނީ މަޖިލީހުގައި ތިއްބަވާ ފިލްމް އިންޑަސްޓްރީގެ މެމްބަރުންގެ ދައުރާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނީ، ސަރުކާރުގައި މަސައްކަތްކުރާ ފިލްމީ ދާއިރާގެ މެމްބަރުންނަކީ، މުޅި އިންޑަސްޓްރީ ތަމްސީލްކުރަންޖެހޭ ފަރާތްތައް ކަމުގައިވީއިރު، އެފަރާތްތަކުން މިފަދަ ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅަންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ފިލްމް އިންޑަސްޓްރީގެ އަނެއް ކަންބޮޑުވުމަކީ، ފިލްމު އުފައްދާ ފަރާތްތަކުން ޤައުމުގައި ނުވަތަ ވަކި ސްޓޭޓެއްގައި ޝޫޓް ކުރުމަށް ސަރުކާރުން ސަބްސިޑީ ހުށަނާޅާ މައްސަލައެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން އިންޑިޔާގެ ފިލްމް އިންޑަސްޓްރީއަށް ސަރުކާރުން ސަބްސިޑީ ހުށަނާޅާ މައްސަލައަށް ގިނަ ފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވާއިރު، އިންޑިޔާގައި ފިލްމުތައް ޝޫޓް ކުރުމަށް ސަބްސިޑީ ހުށަހަޅާފައިވަނީ އުއްތަރް ޕްރަދޭޝްގައި އެކަންޏެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

15 ފެބުރުއަރީ 2017
ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި
15 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު