Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

ކާބިލް ސިނަމާ ތަކުގައި އަޅުވަން ހަވާލުކުރި އެގްޒިބިޓަރުން ދެކެ ރުޅިގަދަ ވެއްޖެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 10:12
ކާބިލް އާއި ރައީސްގެ ޕޯސްޓަރު

ކާބިލް އާއި ރައީސްގެ ޕޯސްޓަރު

ފިލްމް "ކާބިލް" އާއި "ރައީސް" ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު ޕްރޮޑިއުސަރ ރާކެޝް ރޯޝަން އޭނާގެ ފިލްމް ކާބިލް ސިނަމާތަކުގައި އަޅުވަން ހަވާލުކުރި އެގްޒިބިޓަރުން ދެކެ ރުޅިގަދަ ވެއްޖެއެވެ.

އެގްޒިބިޓާރުން ދެކެ އޭނާ ރުޅިއައިސްފައިވަނީ މި ދެ ފިލްމު އެކުއެކީގައި ރިލީޒްކުރަން ހަމަޖެހުމާއެކު ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުން ސްކްރީންތަކުގެ ފަންސާސް ޕަސެންޓް ރާކޭޝް އާއި ޙިއްސާ ކުރާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ފިލުމް ރިލީޒް ކުރި ދުވަހު އޭނާގެ ފިލްމަށް މާ މަދު ސްކްރީންތައް ލިބިފައިވުމުންނެވެ.

ކުރިން ދެ ފިލްމަށް ހަމަހަމަ ވާގޮތަށް ސްކްރީންތައް ބަހާލުމަށް ކަމަށް އެއްބަސްވި ނަމަވެސް، އެންމެ ފަހުން ފިލްމް ރިލީޒް ކުރިއިރު ސްކްރީންތައް ބެހިގެން ގޮސްފައިވާ ގޮތުން ކާބިލް އަށް ލިބިފއިވަނީ 40 ޕަސެންޓް އެވެ. އަދި ރައީސް އަށް 60 ފަސެންޓް އެވެ.

ފިލްމު "ކާބިލް" އާއި "ރައީސް" އެއްދުވަހެއްގައި ރިލީޒްކޮށްފައިވާއިރު، "ރައީސް" ވަނީ 3،400 ސްކްރީނުގައި ރިލީޒްކޮށްފައެވެ. އަދި "ކާބިލް" ރިލީޒްކޮށްފައިވަނީ 800 އެއްހާ ސްކްރީނުގައެވެ.

މިކަމާ ނުރުންވެގެން "ބޮލީވުޑްލައިފް"އަށް ދިން އިންޓިވައުއެއްގައި ރާކޭޝް ބުނީ، އިންޑިޔާގެ ފިލްމް އިންޑަސްޓްރީ އެއްދުވަހުން އަނެއް ދުވަހަށް ތަހުޒީބުވަމުން އަންނާނެ ކަމަށް ހީކުރެވުނު ނަމަވެސް، މި އިންޑަސްޓްރީ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ކޯޅުންތައް އުފެދޭ ގޮތަށް ކަންކަން ނުނިންމުމަށް ބުނެފައިވާނެ ކަން ފާހަގަކުރަމުން ރާކޭޝް ބުނީ، މިއީ ފިލްމުތަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ރާކޭޝް އިތުރަށް ބުނީ ޕްރޮޑިއުސަރުންނާއި، ޑިސްޓްރިބިއުޓަރުންގެ އިތުރުން އެގްޒިބިޓަރުން ވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ކަމަށާއި އޭގެ ސަބަބުން ފިލްމުތައް ބެލުމަށް ވަންނަ އޯޑިއަންސް ވެސް ގެއްލެމުން އަންނަ ކަމަށެވެ.

ވާދަވެރި ދެ ފިލްމު އެއްފަހަރާ ޕްރިމިއާރ ކުރުމުން، ދެ ފިލްމަށް އެއްފަހަރާ ޓިކެޓު ގަންނަން ފައިސާ ހުރީ ކޮން ބައެއްގެ އަތުގައިތޯ ރާކޭޝް ސުވާލު އުފެއްދިއެވެ. އަދި މިކަމަށް އޮތް ހަމައެކަނި ޙައްލަކީ ސްކްރީންތައް ހަމަހަމައަށް ދިނުން ކަމަށާއި އޭރުން ކުރިއަށް އޮތްތަނުގައި މިފަދަ ކޯޅުމެއް އުފެދޭނެ ފަދަ ގޮތަކަށް ފިލްމުތައް ޕްރިމިއާރކުރާ ތާރީޚުތައް ފައިނަލް ކުރުމުގައި ކޮންމެ މީހަކު ވެސް ދެފަހަރު ވިސްނާނެ ކަމަށް ރާކޭޝް ބުންޏެވެ.

މި ގޮތަށް ކަންކަން ވަމުންދާނަމަ ފިލްމް އުފެއްދުމުގެ ޚިޔާލް އޭނާ އެއްކޮށް ދޫކޮށްލާނެ ކަމަށް ރާކޭޝް ވަނީ ބުނެފައެވެ.

އިންޑިއާ ފިޔަވާ ފިލްމް ރިލީޒްކުރި ޑުބާއީ، ޔޫކޭ، ޔޫއެސްއޭ ނިއުޒިލެންޑް އަދި ސިންގަޕޫރު ފަދަ ތަންތަނުގައި ދެ ފިލްމަށް އެއްވަރަކަށް ސިނަމާތައް ދީފައިވާއިރު އިންޑިއާގައި އެގޮތަށް ކަންކުރަން ޖެހެނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ

ބެލެވޭ ގޮތުގައި ރާކޭޝްގެ ފިލްމް ކާބިލްއުޅެނީ ޝާހުރުކް ޚާންގެ ރައީސް އަށް ވުރެން ވިޔަފާރީގެ ގޮތުން ފަހަތުގައެވެ.

ދެފިލްމު އެއްފަހަރާ ޕްރިމިއާ ކުރުމުން އުފެދުނު ކޯޅުންގަނޑާ އެކު ރާކޭޝް ވަނީ ޝާހުރުކް އާއި އޭނާއާ ދެމެދު އޮތް ރަޙުމަތްތެރިކަމާ މެދު ވެސް ސުވާލު އުފައްދާފައެވެ.

އެގޮތުން ރާކޭޝް ބުނީ ހުރިހާ ކަމެއްގައި ވެސް "ހަޑި ހާވާ"، މިންގަނޑުތަކާ ވެސް ޚިލާފުވަމުން އަންނަތަން ފެންނައިރު، އެއްވެސް ޕްރޮފެޝަނަލިޒަމެއް އަދި ރަޙުމަތްތެރިކަމުގެ ކަންފުޅެއް ވެސް މިހާރު ބޮލީވުޑްގައި ނޯންނަ ކަމަށެވެ. އެވާހަކަ އިތުރަށް ތަފްޞީލު ކޮށްދެމުން ރާކޭޝް ބުނީ، އޭނާގެ ކެރިއަރު ފެށިތާ ކުރީކޮޅު އޭނާ އާއި ރިޝީ ކަޕޫރާއި ޖީތެންދްރާއަކީ އެންމެ ގާތް ރަޙުމަތްތެރިން ކަމަށެވެ. އަދި އަދަށްދާންދެން ވެސް ތިން މީހުންގެ މެދުގައި އޮންނަ ރަޙުމަތްތެރިކަމަށް ބަދަލެއް ނާންނަކަން ފާހަގަކުރަމުން ރާކޭޝް ބުނީ، އޭރު މަސައްކަތްކުރަމުން އައި ފިލްމް އިންޑަސްޓްރީއަކީ އެއީ ކަމަށެވެ. އެހެންނަމަވެސް، މިހާރު އަތާ އަތް ޖޯޑުކޮށް ސަލާމްކުރާއިރު މޫނުމަތިން ހިނިތުންވެފައި ހުންނަ މަންޒަރު ފެނުނެއް ކަމަކު ހިތުގައި އޮތް އެއްޗެއް ނޭނގޭ ކަމަށެވެ. ރާކޭޝް އިތުރަށް ބުނީ މީޑިއާ ކުރިމަތީގައި ހީލާ، ކޮނޑާ ކޮނޑު ޖައްސާލުމަކުން އެއީ ރަޙުމަތްތެރިކަމެއް ނޫން ކަމަށެވެ.

ތިން ދުވަހުގެ ތެރޭގައި ކާބިލްއަށް 38.87 ކްރޯޑް ރުޕީޒް ލިބުނުއިރު ރައީސް އަށް ވަނީ 59.83 ކްރޯޑް ރުޕީޒް އަށް ވުރެން ބޮޑު އާމްދަނީއެއް ލިބިފައެވެ.

"ކާބިލް" އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވީއިރު، ބަޖެޓުގައި ރިތިކްގެ މުސާރައެއް ނުހިމެނެއެވެ. މިފިލްމަށް އިންޑިޔާއިން ބޭރުން ލިބުނު އާމްދަނީއަށް ބަލާއިރު، އޮސްޓްރޭލިއާއިން 4،000 ޑޮލަރު އަދި ނިއުޒިލޭންޑުން 3،500 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއާ ޚިލާފަށް ރައީސްއަށް އޮސްޓްރޭލިއާއިން 3،900 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ނިއުޒިލޭންޑުން 16،096 ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ޝާހުރުކްގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ހަތަރުވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މި ފިލްމަށް ވީއިރު، މި ފިލްމަށް ވުރެ ކުރީގައި އަދިވެސް އުޅެނީ، "ހެޕީ ނިއު އިޔާ" އާއި، "ޗެންނާއީ އެކްސްޕްރެސް" ގެ އިތުރުން "ދިލްވާލޭ" އެވެ. 85 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މިފިލްމު ހިޓަކަށް ވެގެންދާނީ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

15 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު