Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބޭރު ކޮށްލައިފި

ކޯޓުތަކުން ފަރުދުންގެ މެދުގައި ތަފާތު ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 09:09
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ކޯޓުތަކުން މީހުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ރިޔާސަތުން ބޭރުކޮށްލައިފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ރިޔާސަތުން ބޭރު ކޮށްލާފައި ވަނީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ނެތް ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

ރިޔާސަތުގައި އިންނަވާ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެހެން ނަމަވެސް މެންބަރު މީކާއިލް ފޮނުއްވާފައިވާ މައްސަލައިގައި އެ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިއްމު މުއައްސަސާތައް ކަމުގައިވާ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާ ކަން ނުހަނު ބޮޑަށް ފާހަގަވާން ފަށާފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައި ވެއެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައި، މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ޒަޚަމްތަކަކާއެކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައި ހައްޔަރުކުރި މީހުންގެ ބަންދަށް އެންމެ ތިން ދުވަސް ދިން ކަން ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ބުނީ އެމްޑީޕީ އިން އިސްނަގައިގެން އޮކްޓޫބަރު ތިން ވަނަ ދުވަހު ނުހަނު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބޭނުންކޮށް އެތައް ބަޔަކު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން 15 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވީއައިއޭ އަށް ވަދެ ބީއެމްއެލް މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން އެންމެ ފަސް ދުވަހަށް ބަންދުކުރަން އަމުރު ކުރިއިރު ހަމަ އެ ދުވަހު މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އެކަންކުރީ ކުށެއް ކުރުމުގެ ގަސްތުގައި ނޫން ކަމާއި، ބަނޑުހައިވެގެން ކަމަށް ކޯޓުގައި ބުނުމުން ވެސް އޭނާ 10 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތު ޖަހަމުން ދާ ކަމަށެވެ. އަދި ހަމަހަމަ ކަމާއި އިންސާފުން އެއްކިބާވެ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީ ގޮތެއްގައި ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސްމީކާއިލް އަހުމަދު ނަސީމްކްރިމިނަލް ކޯޓްއަދުލު އިންސާފުގެ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

މައުރޫފް ހައްޔަރުކޮށް މުއްދަތު ޖެހީ ޤާނޫނާއި ޚިލާފަށް، މިއީ އަސާސީ ހައްގުތަކަށް އަރައިގަތުން : ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު