Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޅ. ކުރެންދޫ

ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ތަރައްގީގެ މަސްރޫއެއް ނުހިންގާ ދެއަހަރު ދުވަސް ދުއްވާލުމަށް ފަހު ސަތަރި އަޅާފައިވާ ގޮތްނޭނގޭ ބާޖަކުން ރައްޔިތުން ގުނބޯ ހެެއްދަޭނެތޯ ކުރެންދޫގެ ރައްޔިތުން ދަނީ ސުވާލު އުުފައްދަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 11:50
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ޅ. ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދެއްކެވުން 27-10-2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ޅ. ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދެއްކެވުން 27-10-2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް، ކުރެންދޫ އަށް ސަތަރި އަޅާފައިވާ ގޮތްނޭނގޭ ބާޖެއް ގެންގޮސް، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ބަނދަރުގެ މަޝްރޫއު:

ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއް މައްސަލައަކީ ބަނދަރު އަދި ބަނދަރާއި ގުޅިފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ. އެގޮތުން ރޭމްޕަކާއި އެއްގަމު ތޮށީގެ މަސައްކަތްތައް ކީވޯލް ޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެނައުމާއި ނެރުފައިކަށްޓައް ވެސް މުހިންމު ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ މަސައްކަތެއް ހިމެނޭހެން މަސައްކަތް ގެންދަވާނީ ރަށު ރައްޔިތުންގެ އުންމީދުތައް ހާސިލްވާގޮތަށް ކަމުގައި ވިދާޅުވެފަ އެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު މިކަމުގެ ކަންބޮޑުވުން އެރަށު ރައްޔިތުން ދަނީ ފާޅުކުރަމުންނެ އެވެ. އެގޮތުން އެއްވެސް ތަރައްގީގެ މަސްރޫއެއް ނުހިންގާ ދެއަހަރު ދުވަސް ދުއްވާލުމަށް ފަހު ސަތަރި އަޅާފައިވާ ގޮތްނޭނގޭ ބާޖަކުން ރައްޔިތުން ގުނބޯ ހެެއްދަޭނެ ކަމަށް މަނިކުފާނު ހީފުޅު ކުރައްވަނީތޯއޭ ވިދާޅުވެ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

ޞިއްޙީ މަރުކަޒު:

ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތަކީ ރަށުގެ އާބާދީގެ ގިނަ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި މިހާރު ނުދެވޭ ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި އިތުރުކުރެވޭ އިމާރާތެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި އިމާރާތް ހަދާނީ 4 އެނދުގެ ވޯޑަކާއި ނަރސް ސްޓޭޝަން، އެކްސް ރޭ ކޮޓަރިއާއި ކޮންސަލްޓޭޝަން ކޮޓަރިއާއި ޕްރައިވެޓް ކޮޓަރި ހިމެނޭހެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި މަޝްރޫޢާއެކު ރަށުގައި ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ބިމުގެ ޖާގައިގެ މައްސަލަ:

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރެންދުއަށް އެންމެ ބޮޑުވެފައިވާ އެއް މައްސަލަކަމުގައިވާ، ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރެއްވުމަށް، ޅޮސްއަލަފުށި އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، އެ މަސައްކަތުގެ ތަފްސީލުތައް ހާމަކުރެއްވި އެވެ. އަދި ބިމުގައި ޖާގަ އޮތް މިންވަރަކުން ގެދޮރު އަޅައިދިނުމުގެ މަޝްރޫޢު ފަދަ މުހިންމު ކަންކަމަށް އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ބައެއް އެއްބަސްވުންތައް:

މިރަސްމިއްޔާތުގައި ޅ. ކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމުކުރުމުގެ މަސައްކަތާއި ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އެ މަސައްކަތްތައް ވަނީ ޙަވާލުކުރައްވާފަ އެވެ.

ޅ. ކުރެންދޫރައީސް މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު