Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައްޔިތުން ކައިރީ ގަރުދިޔަ ކާންބުނެ، ފްލެޓްތަކުގެ ކުލި ސަރުކާރުން ކުރީ ބޮޑު - މިމަހުގެ 31 ގައި އިހުތިޖާޖަށް ނުކުންނާނަން: އެމްޕީ މައުރޫފް

އެމްޑީޕީން އޮކްޓޯބަރު 31 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ޚާއްޞަ އެއްވުމެއް ބޭއްވުމަށް ނިންމައިފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 14:24
ބުދަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީ މައުރޫފް ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީ މައުރޫފް ވާހަކަ ދައްކަވަނީ

ރައްޔިތުން މިއަދު ތިބީ ގަރުދިޔަ ކާންޖެހޭ ހާލަތުގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވުމަށްފަހު، ފްލެޓްތަކުގެ ކުލި ބޮޑުކޮށް އިތުރު ޑައުންޕޭމަންޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް މަލާމާތް ކުރުމުގެ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މި ކަންބޮޑުވުން ފާޅުކުރައްވަމުން އެމްޑިޕީ ގެ ފަރާތުން ބުދަ ދުވަހު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވީ، އެމްޑީޕީން އޮކްޓޯބަރު 31 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ޚާއްޞަ އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި އެއްވުމަކީ 17 ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ އެއްވުމުގެ ކުރިން، ޚާއްޞަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ އެއްވުމެކެވެ.

Advertisement - newsAdvertisement
ދިވެހި ރައްޔިތުން މިއަދު ތިބީ ގަރުދިޔަ ކާންޖެހޭ ހާލަތުގައި ކަމަށް ރައީސް އޮފީހުގެ ވަޒީރު ވިދާޅުވުމަށްފަހު، މިކޮށްލާ އަނެއްކަމަކީ ފްލެޓްގެ އަދު ބޮޑުކުރުން އަނެއްކާ އިތުރު ޑައުންޕޭމަންޓެއް ނެގުން. މިއީ ކޮން ކަހަލަ ދެކޮޅު ނުޖެހޭ ސިޔާސަތެއްތޯ، މިކަންކަން ހުއްޓުވުމަށްޓަކާ މި ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައީސް މުއިއްޒު އަރައިގަންނަމުންދާ އަރައިގަތުން ހުއްޓުވުމަށްޓަކާ އެމްޑީޕީ އިން 31 އޮކްޓޯބަރުގަ މި ބާއްވަނީ ބޮޑު އެއްވުމެއް ބޯހިޔާވަހިކަމަށް ހާއްސަ އެއްވުމެއް
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގައި 7,000 ފްލެޓް އެޅުމަށް ވައުދުވެ، ފުރަތަމަ ބުރުގައި 11,000 ފަރާތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން 7,000 ފްލެޓް އެޅުމަށް އިންޑިއާގެ އެލްއޯސީގެ ދަށުން ކުންފުންޏަކާ ހަވާލުކުރެވި، 4,000 ފްލެޓް ނިމި، އިތުރު 3,000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އޭގެ އިތުރުން 1,000 ފްލެޓް އެޕޯލޯއާ ހަވާލުކުރެވިގެން ކުރިއަށްދާކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ސަރުކާރު ނިމުނުއިރު 200,000 އެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަގުފަހިވާނެ ގޮތަށް ކަންކަން ރޭވިފައިވެއެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކުމަށް 600 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވާއިރު، އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގުޅީފަޅު، އުތުރު ތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ގެ މަޝްރޫޢުތަކަށް ބޭނުންވަނީ އެންމެ 300 މިލިއަން ޑޮލަރު ކަމަށް މައުރޫފް ވިދާޅުވިއެވެ.

200،000 އެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފަހިވާނެ މަގު އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު މިދިޔައީ ކޮށްދީފަ. މިއަދު ކުރިމަތިވެފަވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް މުއިއްޒި ވެރިކަމަށް ގެނައުން. ރައީސް މުއިއްޒު ވެރިކަމަށް ނުގެނެވުނުނަމަ މި ދެންނެވި 200،000 އެއްހާ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަން މިއަދު އޮތީހީ ކަށަވަރުވެފަ. އެމްޑީޕީ ސަރުކާރު ނިމުނުއިރު ހިއްކަން އޮތީ ވަރަށް ކުޑަ ތަންކޮޅެއް، މިދެންނެވި ފަޅުތަކުން، ހަމަ އެހެންމެ ފްލެޓް އަޅަން ހަވާލުކޮށްފަހުރި ކުންފުނިތަކަށް ފައިސާ ހަމަޖައްސަދީ މިހުރިހާ ކަމެއްހުރީ ކޮށް ނިންމާފަ. އެހެން ނަމަވެސް މި ސަރުކާރުގެ ނާގާބިލު ކަމުން، އަދި ދިވެހި ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަމަކަށްވާތީވެ އެކަން ރައްޔިތުންނަށް ކޮށް ނުދެންވެގެން، ތިމަންނާ މާމޮޅުކަމެއް ކުރާނަމޭ ހިތުއަޅައިގެން ފުށިދިއްގަރުފަޅު މިތާ ބޮޑު ކަނޑެއް ހުރަސްކޮށް، އެހެން ސަރަހައްދެއްގަ އޮތް ފަޅެއް ހިއްކަން ފެށީ، 600 އެތައް މިލިއަން ޑޮލަރެއް އެތަނަށް ހަރަދުކޮށްގެން. ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށް މިވަގުތު ބަލާލާއިރުގާ، ދަރަނީގެ ނިސްބަތަށް މިވަގުތު ބަލާލާއިރުގާ އެއީކީ މިއަދު ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އެމްޑިޕީ ސަރުކާރުން ފަށާފައިވާ ގުޅީފަޅާއި، އުތުރު ތިލަފަޅާއި، ގިރާވަރުފަޅާއި ހުޅުމާލެ ފޭސް ތިނެއް ހިއްކާ އެސަރަހައްދުތަކުގެ މަގުހަދާ، އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ފެނާ ނަރުދަމާ އަޅާ މިކަންކަން ގާއިމްކުރުމަށް ބޭނުންވަނީ ގާތްގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރު.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ އަދި މުޤައްދަސް ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤު، އެހެންކަމުން ބޯހިޔާވަހިކަމުން މަޙްރޫމްވެފައިވާ އެންމެހާ ރައްޔިތުން 31 އޮކްޓޯބަރުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް މައުރޫފް ވަނީ ގޮވާލައްވާފައެވެ.

މައުރޫފް ޒާކިރުއެމްޑީޕީބޯހިޔާވަހިކަންފްލެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު