Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯ ބައިޑަން

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

ބައިޑަންގެ ތަރުޖަމާނު ކެލީ ސްކަލީ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ރޭޑިއޭޝަން ފަރުވާގެ މަރުޙަލާއެއް ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފަރުވާގެ ކުރިއަށް ހުރި މަރުޙަލާގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ. އަދި ހަމަ އެއާއެކު، ބައިޑަންގެ މުޅި ފަރުވާ ނިމިފައިވާ ކަމެއް ވެސް ސާފެއް ނުވެ އެވެ.

82 އަހަރުގެ ބައިޑެންއަށް ރޭޑިއޭޝަން އަދި ހޯމޯން ފަރުވާ ދޭން ފެށީ ފާއިތުވި މަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 01:01
އެމެެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދުމުގެ ރޭޑިއޭޝަންގެ ފުރަތަމަ ރުހަލާ ނިންމާލައިފި އެވެ.

އަންގާރަ ދުވަހު އެކަން ހާމަ ކޮށްފައި ވަނީ ބައިޑަންގެ ތަރުޖަމާނު އެވެ. އުމުރުފުޅުން 82 އަހަރުގެ ބައިޑަން އަށް ރޭޑިއޭޝަން އަދި ހޯމޯން ފަރުވާ ދޭން ފެށީ ނިމުނު ސެޕްޓެމްބަރު މަހު އެވެ. އޭނާގެ ކަށިތަކަށް ފެތުރިފައި ވަނީ ގަދަ ފަދަ ބާވަތެއްގެ ޕްރޮސްޓޭޓް ކެންސަރެއް ކަމަަށްވާއިރު، އެ ބަލި ދެނެ ގަނެވިފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ބައިޑަންގެ ތަރުޖަމާނު ކެލީ ސްކަލީ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ރޭޑިއޭޝަން ފަރުވާގެ މަރުޙަލާއެއް ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ފަރުވާގެ ކުރިއަށް ހުރި މަރުޙަލާގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ. އަދި ހަމަ އެއާއެކު، ބައިޑަންގެ މުޅި ފަރުވާ ނިމިފައިވާ ކަމެއް ވެސް ސާފެއް ނުވެ އެވެ.

މީގެ އިތުރުން ބައިޑަންގެ ދަރިކަނބަލުން އޭޝްލީ ބައިޑަން ވަނީ، ފިލަޑެލްފިއާގެ ޕެން މެޑިސިން ރޭޑިއޭޝަން އޮންކޮލޮޖީގައި އޭނާ ރަނގަބީލު ޖެހި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. މިއީ ފަރުވާގެ މުހިންމު މަރުހަލާއެއް ނިމުމުން ބަލި މީހުން އާންމުކޮށް ކުރާ ކަމެކެވެ. އެކަން ފާހަގަކޮށް އޭޝްލީ ލިޔުއްވާފައި ވަނީ، ރަނގަބީލު ޖަހާފައިވާ ކަމަށާއި، ޕެން މެޑިސިންގެ ޑޮކްޓަރުންނާއި، ނަރުހުންޏާއި، މުވައްޒަފުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ބައިޑަން ހުންނެވިއިރު، 2023 ވަނަ އަހަރު އޭނާ ހެއްދެވި އާންމު މެޑިކަލް ޗެކަޕަށް ފަހު، އޭނާގެ ހަމުން ވަނީ ލީޝަނެއް ނަގައިފަ އެވެ. އެއީ ބޭސަލް ސެލް ކާސިނޯމާ ކަމުގައި އޭރު ވަނީ ދެނެގަނެވިފަ އެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބައިޑަން ވަނީ ހަމުގެ ކެންސަރުގެ ސާޖަރީއެއް ވެސް ކޮށްފަ އެވެ. އެ ސާޖަރީ އަކީ "މޯސް ސާޖަރީ"ގެ ނަމުން މަޝްހޫރު، އާންމުކޮށް ހަމުގެ ކެންސަރަށް ފަރުވާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮސީޖާ އެކެވެ.

ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރަކީ ވަރަށް ބާރަށް ފެތުރޭ ބާވަތެއްގެ ކެންސަރަކަށް ވީ ނަމަވެސް، ހޯމޯން ފަރުވާ އަށް އިޖާބަދޭ ބާވަތެއްގެ ކެންސަރެއް ކަމަށް ބައިޑަންގެ ޞިއްޙީ ޓީމުން ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން، ފަރުވާ އިން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އޭރު ވަނީ ފާހަގަ ކޮށްފަ އެވެ.

ބައިޑަންގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވުން ތަކެއް ކުރިން ވެސް އުފެދުނެވެ. އެގޮތުން ރައީސް ކަމުގައި ބައިޑަން ހުންނެވިއިރު، ޞިއްޙީ ގޮތުން އޭނާ ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތެއްގައި ނޫން ކަމަށް ބުނެ، ގިނަ ބަޔަކު ވަނީ އެ ވާހަކަތައް ދައްކައި، ފާޑު ވެސް ކިޔައިފަ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ބައިޑަން އަށް ލިބިވަޑައިގެންނެވިއިރު، ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމެންސްއާ ގުޅިގެން ވެސް ފާޑު ކިޔުން އަމާޒުވި އެވެ. ބައިޑަންއާ ވާދަ ކުރެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު އޮތް ބަހުސް އަށް ފަހު، ބައިޑަންގެ ޤާބިލު ކަމާ މެދު އިތުރު ސުވާލު ތަކެއް އުފެދުނެވެ.

ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން އައިއިރު، އޭގެ ދެ ހަފުތާ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވާން ނިންމަވައިފަ އެވެ.

މަސްދަރު: ނިއު ޔޯކް ޓައިމްސް

ޖޯ ބައިޑަންއެމެރިކާކެންސަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު